ކޮރަޕްޝަނާއި މުޒާހަރާތަކާ ހެދި ޕެރޫގެ ރައީސް މަގާމުން ދުރުކޮށްފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 10, 2025

ޕެރޫގައި ގިނަ ދުވަސްތަކެއް ވަންދެން ހިނގަމުން އައި އިހުތިޖާޖުތަކާއި، އިތުރުވަމުން އައި ގޭންގު ހަރަކާތްތަކާއި، ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ޕެރޫގެ ކޮންގްރެސްއިން ވަނީ ރައީސް ދީނާ ބޮލުއާޓޭ މަގާމުން އަޒުލު ކުރުމަށް ވޯޓުލައި ފާސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ”ދާއިމީ އަޚްލާޤީ ނުކުޅެދުންތެރިކަން“ ހުރި ކަމަށް ބުނެ 118 މެންބަރުންގެ ވޯޓުން އޭނާ މަޤާމުން ވަކިކުރުމަށް ފާސްކުރީއެވެ.

ރޭގަނޑު ޕާލަމެންޓުން ބޭއްވި އިމްޕީޗްމަންޓް އަޑުއެހުމަށް ބޮލުއާޓޭ ހާޒިރެއް ނުވިއެވެ. އަދި އޭނާގެ މައްޗަށް ހުރި ތުހުމަތުތަކުގެ ތެރޭގައި ”ރޯލެކްސްގޭޓް“ ސްކޭންޑަލްވެސް ހިމެނެއެވެ.

އޭނާއަށް ތުހުމަތު ކުރެވެނީ ގިނަ އަދަދެއްގެ ރޮލެކްސް ގަޑިތަކެއް ރިޝްވަތުގެ ގަތުގައި ހޯއްދެވި ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ ލީޑަރު ހޯސޭ ޖެރީ ވަނީ ވަގުތީ ގޮތުން ރައީސްގެ މަގާމާ ހަވާލުވެ ހުވާކުރައްވާފައެވެ. އަދި 2026 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށް އިންތިޤާލީ ސަރުކާރެއް ހިންގުމަށް އެއްބަސްވެފައިވެއެވެ.

މިހާރު ޕއެރޫގައި ވަނީ 9 އަހަރުގެ ތެރޭގައި 6 ރައީސުން ބަދަލުވެފައެވެ.

މި ލިޔުމާ ގުޅޭ