ނޯބެލްގެ ސުލްހައިގެ އިނާމު ލިބުމަކީ މުސްތަހީލު ކަމެއް

ނޯބެލް ސުލްހައިގެ އިނާމު 2025 ލިބޭ ފަރާތް މިއަދު ހުކުރު ދުވަހު އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އިނާމު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އޭނާއަށް މި އިނާމު ލިބުން މުސްތަހީލު ކަމަށް ވެއެވެ. ޖެނޮސައިޑަށް ތާއީދު ކުރިނަމަވެސް ޓްރަމްޕްގެ ކުރިން އެމެރިކާގެ ހަތަރު ރައީސަކު މި އިނާމު ހާސިލްކޮށްފައި ވެއެވެ. އެއީ ބަރަކް އޮބާމާ (2009)، ޖިމީ ކާޓަރ (2002)، ވުޑްރޯ ވިލްސަން (1919) އަދި ތިއޯޑޯ […]

މި ވީޕީއެން އަޅައިގެން އުޅޭނަމަ އަވަހަށް ޑިލީޓްކޮށްލާ

ސައިބަރ ސެކިއުރިޓީ ކުންފުނި ”ކްލީފީ“ އިން ވަނީ ”މޮޑްޕްރޯ އައިޕީ ޓީވީ + ވީޕީއެން“ ގެ ނަމުގައި ފަތުރެމުންދާ ނުރައްކާތެރި އެޕަކާ ބެހޭގޮތުން އިންޒާރެއް ދީފައެވެ. މި އެޕްގައި ”ކްލޮޕަޓްރާ“ ގެ ނަމުގައި ފާހަގަކުރެވޭ ނުރައްކާތެރި މަލްވެއަރއެއް ހިމެނޭކަމަށާއި، މިއީ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ވަގަށް ނަގައި ޑިވައިސްތައް ރިމޯޓްކޮށް ކޮންޓްރޯލް ކުރެވޭ ގޮތަށް ހަދާފައިވާ މަލްވެއަރ އެކެވެ. އިޒްރޭލާ ގުޅުން ހުރި ކުންފުންޏަކުން އުފައްދާފައިވާ މި އެޕް ވަނީ  މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 3000 […]

ޖެނޮސައިޑް ނިންމަން އެއްބަސްވިއަސް އެކަން ދަނީ ވަރަށް ޔަހޫދީ ގޮތަކަށް

ޣައްޒާގައި ޖެނޮސައިޑް ނިންމަން ޔަހޫދީން އެއްބަސްވި ފަހުންވެސް ޣައްޒާއަށް ބޮން އަޅައި މީހުން ޝަހީދު ކުރަމުން ދެއެވެ. ފަލަސްތީނުގެ މެޑިކަލް މަސްދަރުތަކުން ބުނާ ގޮތުގައި ޖެނޮސައިޑް ނިންމަން އެއްބަސްވި ފަހުންވެސް މިއަދު ހެނދުނުން ފެށިގެން ޓެރަރިސްޓް ޔަހޫދީ ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅައި ހެދުމުން 35 މީހުން ޝަހީދުވެފައި ވެއެވެ. މިއަދު މެންދުރާ ކައިރި ވަނިކޮށްވެސް ޔަހޫދީން ޝަހީދުކޮށްފައިވާ 19 މީހެއްގެ ހަށިގަނޑު ޣައްޒާ ސިޓީގެ ސަރަހައްދުތަކުން ވަނީ ހޯދާފައެވެ.

ކުރީގެ ތިންވަޒީރަކު އޭސީސީއަށް ހާޒިރުކުރުން، ރޭވިގެން ކުރާކަމެއް: އިބޫ

އެމްޑީޕީގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ތިން ބޭފުޅަކު އޭސީސީއަށް ހާޒިރު ކުރާތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”އަޅުގަނޑުގެ ކެބިނެޓުގެ ތިން ވަޒީރުން ކަމަށްވާ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލާއި، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ އޭސީސީގެ ތަޙުޤީޤަކަށް ހާޒިރުވާން އަންގާފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި،“ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގެ […]

ދޮންމީހާއަށް ޒަޔަނސިްޓުންގެ ހަގީގަތް އެނގުނީ ކިހިނެއް؟

ހުޅަނގުގެ ދޮން މީހާއަށް ޔަހޫދީންގެ ޒަޔަނިސްޓުންގެ ނުލަފާ ކަމާމެދު އެއްޗެއް ބުނަން ކެރުނީ ޣައްޒާގައި ޖެނޮސައިޑް ހިންގާތާ ދޮޅު އަހަރު ފަހުންނެވެ. އިނގިރޭސި ފައިނޭންޝަލް ޓައިމްސް އަދި އިންޑިޕެންޑެންޓް ފަދަ ނޫސްތަކުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖެނޮސައިޑްގެ އަނިޔާވެރި ޢަމަލުތަކާއި ކުޑަކުދިންނަށް ކުރަމުންދާ އަނިޔާތަކާމެދު އަޑު އުފުލަން ކެރުނީ އެހިސާބުންނެވެ. މި ނޫސްތަކުން ވަނީ އެމެރިކާ އާއި ޔޫރަޕުން ޖެނޮސައިޑް އިސްރާއީލާއެކު އެއްބާރުލުން އިތުރުކުރަމުންދާތީ އެކަމަށް ފާޑުކިޔައިފައެވެ. ޖަރނަލިސްޓް ޖޮނަތަން ކުކް ގެ ސުވާލަކީ ހުޅަނގުގެ ޤައުމުތަކާއި […]

ޔަހޫދީންގެ ރަހުމުކުޑަ އަމަލުތަކާ ޣައްޒާ މީހުން ކުރިމަތިލީ ފަރުބަދަ ތަކެއް ފަދައިން: އަލްޙައްޔާ

ޣައްޒާގެ ރައްޔިތުންނަކީ ދުނިޔެ ނުދެކޭފަދަ ހަނގުރާމައަކާ ކުރިމަތިލައި، ޒަޔަނިސްޓް އިސްރާއީލްގެ އަނިޔާވެރިކަމާއި އަސްކަރީ ބާރުގެ ރަހުމްކުޑަ ޢަމަލުތަކާ ކުރިމަތިލައިފައިވާ ބަޔެއް ކަމަށް ހަމާސްގެ އިސްވެރިޔާ ޚަލީލް އަލްހައްޔާ ވިދާޅުވެއެވެ. އޭނާ ސިފަ ކުރައްވާ ގޮތުގައި ޣައްޒާގެ މީހުން ވަނީ ޔަހޫދީންގެ ރަހުމު ކުޑަ ޓެރަރިސްޓް އަމަލުތަކާ ފަރުބަދަތަކެއް ފަދައިން ސާބިތުކަމާއެކު ކުރިމަތިލައިފައެވެ. އަދި މަރާއި، ވަޒަނުން ބޭރުކުރުމާއި ބަނޑަށް ޖެއްސުމާއި، އަދި ގެދޮރު ގެއްލުމާ ކުރިމަތިލައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ޔަޙުޔާ އިބްރާހީމް ސިންވާރުގެ މެސްތިރި ކަމުގައި […]

ހުޅުޖެހި ސޮރު ހައްޔަރުކޮށް ދައުވާ ކޮށްފި

ލޮސް އެންޖެލަސް ކައުންޓީގައި ޖެނުއަރީ މަހު ހިނގި ޕެލިސޭޑްސް އަލިފާނުގެ ހާދިސާ ފެށްޓި ކަމަށް ތުހުމަތުކުރެވޭ 29 އަހަރުގެ ޖޮނަތަން ރިންޑަރނެކްޓްގެ މައްޗަށް ފެޑެރަލް ކޯޓުގައި ދަޢުވާ އުފުލައިފިއެވެ. މި ހާދިސާގައި 30 އަށްވުރެ ގިނަ މީހުން މަރުވެ، 17،000 އަށްވުރެ ގިނަ ގެދޮރާއި އިމާރާތްތައް ހަލާކުވެގެން ދިޔައެވެ. ތަޙުޤީޤުތަކުން ދައްކާ ގޮތުގައި ރިންޑަރނެކްޓް ވަނީ އައު އަހަރުގެ ދުވަހު ލައިޓަރެއް ބޭނުންކޮށްގެން ހިކި ހުއިތަކެއްގައި އަލިފާން ރޯކޮށްފައެވެ. މި އަލިފާން ބިމުގެ އަޑީން  ރޯވަމުން ގޮސް، […]

މިމީހުން ފަލަސްޠީނަށް ސަޕޯޓުކުރީ ސައިކަލުގައި އިސްޓިކާ ހިއްޕައިގެނެއް ނޫން

ދުނިޔޭގެ މަޝްހޫރު ފަންނާނުންނާއި ބުއްދިވެރިން ޣައްޒާގެ ޔަހޫދީ ޖެނޮސައިޑާ ދެކޮޅަށް އަޑު އުފުލައި މީހުން ހޭލުންތެރިކޮށް އަޑުއުފުލުމުގެ ސަބަބުން އިޒްރޭލުން ކުރިން މީޑިގައި ބާރު ދެއްކި ޒަމާން މިހާރު ނިމުމަކަށް އައިސްފިއެވެ. އެންޖެލީނާ ޖޮލީ އަދި ރިޗަރޑް ގެއަރ ފަދަ ބޮޑެތި ތަރިން ވަނީ ޣައްޒާއަށް ތާއީދުކޮށް، އެމީހުންގެ މެސެޖު ސީދާ ސަތޭކަ މިލިއަނުން މީހުންނާ ހަމައަށް ފޯރުވައި ދީފައެވެ. ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ”ޓުގެދަރ ފޮރ ޕެލެސްޓައިން“ ގެ ނަމުގައި ބޮޑު ޗެރިޓީ ޝޯއެއް ބާއްވައި […]

މިސްރުގެ އަހުރާމްތަކަށް އުދަގޫވާ މައްސަލަ ކޯޓަށް ހުށަހަޅައިފި

މިސްރުގެ ޕިރަމިޑް، އަހުރާމްތައް ކައިރީ ބާރަށް ލަވަޖަހައި ޕާޓީތައް ބާއްވައި ހެދުމުން އަހުރާމްތަކަށް އުދަގޫވާ ކަމަށް ބުނެ ޝަރީއަތަށް މައްސަލަ ހުށަހަޅައިފިއެވެ. މިސުރުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙައްޤުތަކުގެ މަރުކަޒުން ވަނީ އަހުރާމްތައް ހުންނަ ސަރަޙައްދުގައި ބާއްވާ މިއުޒިކް ޙަފްލާތަކުން އަހްރާމްތަކަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތް ކޮށްދިނުމަށް އެދިފައެވެ. މި ދަޢުވާގައި އެ ސަރަޙައްދުގައި ބާއްވާ ރޭގަނޑުގެ ޙަފްލާތަކުގައި ބޭނުންކުރާ އަޑުގަދަ އާލާތްތަކާއި ލޭޒަރ ލައިޓްތަކުން އާސާރީ ސަރަޙައްދަށް ގެއްލުން ލިބޭނެ ކަމަށް ރިއާޔަތް ކޮށްދިނުމަށް އެދިފައި […]

ސިސީގެ ވެރިކަމުގައި ދަންޖައްސަން ހުކުމް ކުރާ އަދަދު އިތުރު ވެއްޖެ

މިސްރުގެ ބާރުގަދަ މީހާ އަބްދުލްފައްތާޙު އައްސީސީގެ ވެރިކަމުގައި 2015 ން އިން 2025 އަށް މިސްރުގެ ޝަރުޢީ ކޯޓުތަކުން 2300 މައްސަލައެއްގައި މީހުން ދަންޖައްސަން ޙުކުމް، އެމައްސަލައިގައި އެންމެ ފަހުގެ ރައުޔު ހޯދުމަށް މުފްތީގެ ލަފައަށް ފޮނުވާފައިވާކަމަށް ހައްގަށް މަސައްކަތް ކުރާ މީހުން ބުނެފިއެވެ. މަރުގެ އަދަބު ދޭން އުޅޭ ސަރުކާރުތަކާ ދެކޮޅަށް ބޭއްވޭ ދުނިޔޭގެ ދުވަހާ ދިމާކޮށް އަލްޝިހާބު ހިއުމަން ރައިޓްސް ސެންޓަރުން ފަށާފައިވާ ކެމްޕެއިން ގައި ބުނަނީ ދަން ޖައްސަން ހުކުމް ކޮށްފައިޥާ ގިނަ […]