ދުނިޔޭގެ މަޝްހޫރު ފަންނާނުންނާއި ބުއްދިވެރިން ޣައްޒާގެ ޔަހޫދީ ޖެނޮސައިޑާ ދެކޮޅަށް އަޑު އުފުލައި މީހުން ހޭލުންތެރިކޮށް އަޑުއުފުލުމުގެ ސަބަބުން އިޒްރޭލުން ކުރިން މީޑިގައި ބާރު ދެއްކި ޒަމާން މިހާރު ނިމުމަކަށް އައިސްފިއެވެ.
އެންޖެލީނާ ޖޮލީ އަދި ރިޗަރޑް ގެއަރ ފަދަ ބޮޑެތި ތަރިން ވަނީ ޣައްޒާއަށް ތާއީދުކޮށް، އެމީހުންގެ މެސެޖު ސީދާ ސަތޭކަ މިލިއަނުން މީހުންނާ ހަމައަށް ފޯރުވައި ދީފައެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ”ޓުގެދަރ ފޮރ ޕެލެސްޓައިން“ ގެ ނަމުގައި ބޮޑު ޗެރިޓީ ޝޯއެއް ބާއްވައި ދީފައި ވެއެވެ. މި ޝޯގައި ފަލަސްތީނުގެ އެކި ޖަމްއިއްޔާތަކަށް އެހީ ހޯދުމަށް ދުނިޔޭގެ ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުން ބައިވެރިވިއެވެ. މީގެ ތެރޭގައި ފަލަސްތީނުގެ ފަންނާނުންވެސް ހިމެނެއެވެ.
370 އަށްވުރެ ގިނަ ފަންނާނުންނާއި ޑައިރެކްޓަރުން ސޮއިކޮށްފައިވާ ހުޅުވާލެވިފައިވާ ސިޓީއެއްގައި، ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޖެނޮސައިޑް ހޮލޮކޯސްޓްގެ ޢަމަލުތަކާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ”ހަނުހުރުން“ މި ފަންނާނުން ކުށްވެރިކޮށްފައިވެއެވެ. މީގެ ތެރޭގައި ޖޮއަކިން ފީނިކްސް، ޕެޑްރޯ ޕާސްކަލް، ރިޒް އަހްމަދު، ގުއިލަރްމޯ ޑެލް ޓޯރޯ އަދި އެހެން ގިނަ މަޝްހޫރު ތަރިން ހިމެނެއެވެ.
މި ފަންނާނުންގެ ބާރަކީ ސީދާ ސިޔާސީ ނިންމުންތައް ބަދަލުކުރުމަށް ބާރެއް ނޫނެވެ ނަމަވެސް ދުނިތޔޭގެ ޟަމީރު ހޭލައްވާލުމަށް ބާރެކެވެ. އަދި ދުނިޔޭގެ ޢާންމު ރައްޔިތުންގެ ވިސްނުން ބަދަލުކުރުމަށް ބާރެކެވެ.
ޔަހޫދީން ޣަދަރުވެރިވި އޯސްލޯ އެއްބަސްވުމަށްފަހު ފުރަތަމަ ފަހަރަށް މި ފަންނާނުންގެ ”ސޮފްޓް ޕަވަރ“ ގެ ސަބަބުން ފަލަސްތީނުގެ މައްސަލައާމެދު ދުނިޔޭގެ ވިސްނުން ބަދަލުވެފައިވެއެވެ.






