ޕާކސްތާން: ބޮން ގޮއްވާލުމުން 10 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ބަލޫޗިސްތާނުގެ ޖައުފަރުއާބާދު ޑިސްޓްރިކްޓްގެ ދޭރާ އަތާއުﷲޔާރު ބައިޕާސް ސަރަހައްދުގައި ހިނގި ބޮން ގޮއްވާލުމުގެ ހާދިސާއެއްގައި 10 އަހަރުގެ ކުއްޖެއް ކަމުގައިވާ ޒާކިރު އަލީ މަރުވެއްޖެއެވެ. އަދި އޭނާއާއެކު އުޅުނު އޭނާގެ ކޮއްކޮއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވެފައިވެއެވެ. މި ބޮމަކީ ގޮތް ނޭނގޭ ބަޔަކު ހަރުކޮށްފައި އޮތް ބޮމެއް ކަމަށް ފުލުހުން ބުނެއެވެ. މި ބޮން ގޮވުމުގެ ސަބަބުން ކައިރީގައި ހުރި ފިހާރަތަކުގެ ކުޑަދޮރުތަކާއި އިމާރާތްތަކަށް ގެއްލުން ލިބިފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި މި ހަމަލާގެ އަމާޒަކީ […]

ސައޫދީ މުސާރަވެރިންގެ އަތުން ފައިސާ ބަލައި ނުގަންނަން ހިއުމަން ރައިޓްސް ވޮޗުން ނިންމައިފި

ސައޫދީ އަރަބިއްޔާގެ ރިޔާޟް ކޮމެޑީ ފެސްޓިވަލްގައި ބައިވެރިވެފައިޥާ ފަރާތްތަކުން އެއްވެސް މާލީ އެހީއެއް ލިބި ނުގަންނާނެ ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން އިއުލާން ކޮށްފިއެވެ. ރިޔާދު ކޮމެޑީ ފެސްޓިވަލްގައި ބައިވެރިވި ކޮމީޑިއަނުން ހުށަހެޅި މާލީއެހީތައް ބަލައި ނުގަންނާނެ ކަމަށް އިއުލާން ކުރި އިރު އެހީ ދިން ފަރާތްތަކުގެ ތެރޭގައި ތެރޭގައި ޕާކިސްތާންގެ އަޒީޒް އަންސާރީ ހިމެނެއެވެ. އޭނާ ހިއުމަން ރައިޓްސް ވޮޗްއަށާއި ރިޕޯޓަރސް ވިތައުޓް ބޯޑަރސްއަށް ހުށަހެޅި ހަދިޔާވެސް ވަނީ ބަލައި ގަތުމަށް ދެކޮޅު […]

އެމެރިކާގެ އަދުލު އިންސާފުގެ ނިޒާމު ޓްރަމްޕްގެ މުށު ތެރޭގައި

އެމެރިކާ ރައީސް ޓްރަމްޕް ދަނީ އޭނާ ރޭޕްކޮށްފައިވާ އަންހެނުންގެ މައްސަލަތަކާއި އޭނާގެ ވިޔަފާރި މަކަރު ހެދުމާ ގުޅޭ މައްސަލަތަކުގައި އޭނާއާ ދެކޮޅަށް ދައުވާކުރި ޕްރޮސެކިއުޓަރުންނާ ދެކޮޅަށް ބަދަލު ހިފުމުގެ އަމަލުތައް ހިންގަމުންނެވެ. ކުރިން ޓްރަމްޕްގެ އެދުމަށް އެމެރކާ ސަރުކާރުން ދައުޥާ ކުރީ އެފްބީއައިގެ ޑިރެކްޓަރ ޖޭމްސް ކޫމީގެ މައްޗަށެވެ. ހުކުރު ދުވަހު ޓްރަމްޕް ވަނީ ނިއުޔޯކްގެ އެޓަރނީ ޖެނެރަލް ލެޓީޝިއާ ޖޭމްސްއާ ދެކޮޅަށް ދައުވާ ކޮށްފައެވެ. އޭނާއަކީ ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް މަކަރާއި ހީލަތުގެ 450 މިލިއަން […]

ޗައިނާ މުދަލަށް 100 އިންސައްތަ ޓެރިފް ނަގަން އިންޒާރު ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާގެ މުދަލަށް 100 ޕަސެންޓް އިތުރު ޓެރިފްއެއް ނަގާނެ ކަމަށް އިއުލާން ކުރައްވައިފައެވެ. އަދި ރައީސް ޝީ ޖިންޕިންއާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓެއް ކެންސަލް ކުރައްވާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ. ޓްރަމްޕްގެ މައްސަލައަކީ އެމެރިކާއިން ޗައިނާއަށް ބަރޯސާވާ ޗައިނާގެ ނާދިރު މައުދަންތައް އެކްސްޕޯޓް ކުރުން ހުއްޓާ ލުމެވެ. އަދި ތްރަމްޕް ވަނީ ބެއިޖިންއާއެކު ކުރިއަށް ގެންދިޔަ ވިޔަފާރީގެ ހަނގުރާމަ އަލުން ކުރިއަށް ގެންދަން ނިންމަވާފައެވެ. ޓްރަމްޕް ވިދާޅުވީ މި […]

ބޮން އުފައްދާ ފެކްޓްރީއެއްގައި ގޮވައިފި

ޔަހޫދީ ޖެނޮސައިޑް ސިފައިންނަށް ގޮވާތަކެތި ސަޕްލައި ކުރާ އެމެރިކާގއެ ޓެނެސީގެ އަސްކަރީ ގޮވާތަކެތި އުފައްދާ ޕްލާންޓެއްގައި ބޮޑު ގޮވުމެއް ގޮވައިފިއެވެ. މި ގޮވުމާއެކު އިމާރާތުގެ ފުރާޅު ފަޅައިގެން ގޮސް 19 މީހަކު ގެއްލިފައި ވެއެވެ. އަދި އެތައް ބަޔަކު މަރުވެފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ. އެމެރިކާގެ މީޑިއާއިން ބްރޯޑްކާސްޓް ކުރި ހެލިކޮޕްޓަރުން ނަގާފައިވާ މަންޒަރުން ދައްކާ ގޮތުގައި ޓެނެސީގެ ހިކްމަން ކައުންޓީގައި ހުންނަ ފެކްޓްރީން އަދިވެސް ދަނީ ދުން އަރަމުންނެވެ. އެ  ފެކްޓްރީގެ އެކި […]

ކުރީގެ ބޮޑު ވަޒީރާ އަލުން މަގާމު ހަވާލު ކުރައްވައިފި

ފްރާންސްގެ ސިޔާސީ ކާރިސާގައި ބޮޑު ވަޒީރު ކަމަށް އައްޔަން ކުރާނެ ފަރާތެއް ހަމަނުޖެހިގެން މެކްރޮން ރައީސް އަނެއްކާވެސް އިސްތިއުފާ ދެއްވި ބޮޑު ވަޒީރު މަގާމަށް އައްޔަން ކުރައްވަން ނިންމަވައިފިއެވެ. މެކްރޮން ވަނީ ބޮޑުވަޒީރު ކަމަށް ސެބަސްޓިއަން ލެކޯނޫ އަލުން އައްޔަން ކުރައްވައި، 2026 ވަނަ އަހަރުގެ ބަޖެޓަށް ޕާލަމެންޓްގެ ތާއީދު ހޯދުމުގެ މަގުސަދުގައި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އޭނާއާ ހަވާލު ކުރައްވާފަ އެވެ. ލެކޯނޫ ވަނީ ކެބިނެޓް އިއުލާން ކުރެއްވިތާ އިރުކޮޅެއްގ ތެރޭގައި މިދިޔަ ހަފްތާގައި […]

އިސްތިއުމާރީ ބާރެއް ބަލައި ނުގަންނާނެ ކަމަށް ފަލަސްޠީނު ޖަމާއަތްތަކުން ބުނެފި

ފަލަސްޠީނުގެ މިނިވަންކަމަށ މަސައްކަތް ކުރާ އިސްލާމީ ހަމާސް، އިސްލާމީ ޖިހާދު އަދި ޕޮޕިއުލަރ ފްރަންޓުން ފޯ ދަ ލިބަރޭޝަމން އޮފް ޕަލެސްޓައިން (ޕީއެލްއެފް) އިން އިއުލާން ކޮށްފައި ވަނީ ޣައްޒާއަށް އެއްވެސް އިސްތިއުމާރީ ބޭރުގެ ފަރާތެއްގެ ބެލެނިވެރިކަން ބަލައިނުގަންނާނެކަމަށެވެ. ޣައްޒާ ސަރަހައްދު ހިންގުމާއި ޣައްޒާގެ އިދާރީ ކަންކަމަކީ ފަލަސްޠީނުގެ އެތެރޭގެ ކަމެއްކަމަށް އެ ހަރަކާތްތަކުން ޔަގީން ކޮށްދީފައި ވެއެވެ. ނަމަވެސް ޔަހޫދީންގެ ޖެނޮސައިޑުން ވީރާކޮށްފައިވާ ސަރަހައްދު އާރާސްތުކުރުމަށާއި އިއާދަކުރުމުގެ މަސައްކަތުގައި އަރަބި އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ބަލައިގަންނާނެކަމަށް […]

އަދިވެސް ޣައްޒާގައި އޮތީ ހަމާސްގެ ބާރު

އިސްރާއީލުގެ މީޑިއާއާއި އަމިއްލަ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާއަށް ދެކޮޅަށް ކުރި ޖެނޮސައިޑް ހަނގުރާމައިގެ މައިގަނޑު ލަނޑުދަނޑިތައް ޔަހޫދީންނަކަށް ހާސިލެއް ނުކުރެވުނެވެ. އަދި ހަމާސްގެ ބާރުވެރިކަން ނައްތާލުމަށް ކުރި މަސައްކަތް ވެސް ނާކާމިޔާބުވެ، އެ ޖަމާއަތް ވެރިކަން ކުރާ ބާރެއްގެ ގޮތުގައި އަދިވެސް ދެމިއޮތްކަން އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ޔަހޫދީ ނޫސްވެރިޔާ އާވީ އިސަސްޚަރޯފް ބުނެފައިވަނީ، ހަމާސްގެ ހަނގުރާމަވެރިން ޣައްޒާގެ މަގުމަތީގައި ހަރަކާތްތެރި ވަމުންދާއިރު، އެމީހުން މޫނު ނިވާކޮށް، ރައްކާތެރި ހެދުން އަލައިގެން އުޅޭ ކަމަށެވެ. އަދި ހަމާސް […]

ބަހާއި އަދަބުން އުފާ ލިބިގަތުން

ބަހާއި އަދަބުން އުފާ ލިބިގަތުމަކީ އިންސާނާގެ ޠަބީޢަތުގައިވާ ކަމެކެވެ. އިންސާނާގެ ޝުއޫރުތައް ހިލިގެން އަންނަނީ ބަހުން ކަމަށްވާތީއެވެ. ޝުޢޫރު ފާޅުކުރާ އެންމެ ފުރިހަމަ ވަސީލަތަކީ ބަސްކަމަށް ވީތީއެވެ. ހިތުގެވޭނާއި ހަޔާތުގެ އުންމީދުތަކާއި މޭގައި ފޮރުވިފައިވާ ސިއްރުތަކުގެ އެކުވެރިޔަކީ ބަހެވެ. އިންސާނާގެ ނުފުދިފައި ހުންނަ އުންމީދުތަކަށް ފޮނިކަމެއް ގެނެސްދެނީ އަދަބިއްޔާތުންނެވެ. މި ދެގޮތުގައި ބަހާއި އަދަބިއްޔާތުގެ ކޮންމެ ބައްދަލުވުމަކުން ހިއްސުގެ އާ ރަހައެއް އުފަން ކުރުވައެވެ. މި ރަހައަކީ މުޖުތަމުގައި އެންމެން ހިއްސާކުރާ އެއްޗެކެވެ. ކުރުވާހަކަ އާއި ދިގުވާހަކަ […]

ޤަތަރާއި އިންޑިއާއިން ވިޔަފާރީގެ އައު ޒަމާނަކަށް

ވިޔަފާރިއާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގަތަރުގެ އަމީރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ދެ ފަރާތުން ވަނީ އިޤްތިސާދާއި ވިޔަފާރީގެ މަޝްވަރާތައް ބާއްވަވާފައެވެ. އިންޑިއާ އާއި ގަތަރުގެ މަޝްވަރާތަކުގައި އިގްތިސާދީ އަދި ހަކަތައާ ބެހޭ އެއްބާރުލުން ބަދަހި ކުރުމަށް ނިންމާފައި ވެއެވެ. ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އާލަސާނީގެ ދަތުރުފުޅުގެ ސަބަބުން ވިޔަފާރި ފުޅާކުރުމާއި އިންވެސްޓްމަންޓްތައް ފަހިކޮށް އިންވެސްޓު ކުރުމާ ބެހޭ، ގަވާއިދުތައް މިހާރަށް ވުރެން ހަރުދަނާކުރުމާއި ހަކަތައިގެ ރައްކާތެރިކަން ވަރުގަދަކުރުމުގެ މަގުސަދުގައި އެއްބަސްވުންތަކަކަށް […]