ކެނެޑާއާއި އިންޑިއާގެ ވަޅޯގުޅުމަށް ދިރުމެއް

ކެނެޑާ އާއި އިންޑިއާ އިން އަލުން ޑިޕްލޮމެޓިކް ގުޅުން ތާޒާކޮށްފައި ވަނީ މަތީ ފެންވަރުގެ ބައްދަލުވުންތަކާއެކުގައެވެ. މިދިޔަ އަހަރުގެ ޑިޕްލޮމެޓިކް ގުޅުން ވަޅޯ ވުމަށްފަހު ފާހަގަކޮށްލެވޭ ބަދަލެއްގެ ގޮތުން ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އާނަންދު މި ހަފްތާގައި ދިއްލީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ. މިއީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން ރަނގަޅު ކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެއެވެ. މި ދަތުރުފުޅަކީ އާ ދައުރުގައި އާނަންދު އިންޑިއާއަށް ކުރައްވާ ފުރަތަމަ […]

ކާނާ ވިހަވެގެން ސްކޫލު ކުދިން ހަސްފަތާލަށް

ޗައިނާގެ ގުއަންގްޑޮންގް، ޝަންޑޮންގް އަދި ގުއިޒޯ ޕްރޮވިންސްތަކުގައި ސެޕްޓެމްބަރ މަހު، ކާބޯތަކެތިން ވިހަވުމުގެ 3 ހާދިސާއެއް ހިނގައިފައި ވެއެވެ. މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ކުޑަ ކުދިން ހޮސްޕިޓަލްގައި އެނދުމަތިކުރަން ޖެހުނެވެ. މި ހާދިސާތަކުން ކާބޯތަކެތީގެ ރައްކާތެރިކަން ބެލެހެއްޓުމުގެ ނިޒާމުގެ ބޮޑެތި  މައްސަލަތައް ހާމަވެގެން ދިޔައެވެ. ސެޕްޓެމްބަރ 11 ގައި ގުއަންގްޑޮންގްގައި އިބްތިދާއީ ސްކޫލްގެ 94 ކުދިން ބަލިވިއެވެ. ސެޕްޓެމްބަރ 12 ގައި ޝަންޑޮންގްގައި 138 ކުދިން އަދި ސެޕްޓެމްބަރ 18 ގައި ގުއިޒޯގައި 100 އަށްވުރެ […]

ހަމާސްއަށް ކާމިޔާބު ލިބުނީ ފަލަސްޠީނުގެ ސަރުކާރުގެ ކޮރަޕްޝަނާ ހެދި

1990 ގެ އަހަރުތަކުގެ ކުރީކޮޅު ޔާސިރު އަރަފާތާއި ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އިން ޑިޕްލޮމެޓިކް މަގެއް ކޮށުމަށްޓަކައި ކުރި މަސައްކަތުން އޮސްލޯގެ މުއާހަދާގައި ސޮއި ކުރެވުނެވެ. މި މުހިންމު އެއްބަސްވުމަކީ ސުލްހައާއި އަދި އެންމެ ފަހުން ފަލަސްތީނުގެ ދައުލަތަކަށް ވުމުގެ ބިންގާ އެޅުން ފަލަސްޠީނުގެ އޮތޯރިޓީ އުފަންވުމަށް މަގުފަހިވި އެއްބަސްވުމެވެ. ނަމަވެސް އޮސްލޯ މުއާހަދާއަށް ފަހު ޔަހޫދީ ޒަޔަނިސްޓުން ފަލަސްޠީނުވެސް ފަލަސްޠީނުގެ ރައްޔިތުންވެސް ބަލައެއް ނުގަތެވެ. އޮސްލޯގެ އޮނިގަނޑުގެ ތެރެއިން މަޖުބޫރުން އުފެއްދި ފަލަސްތީނު އޮތޯރިޓީ […]

ޗައިނާގެ ޓެކް ކުންފުނިތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަންފަށައިފި

އެމެރިކާގެ ސްޓޭޓް އެޓާނީ ޖެނެރަލުން ވަނީ ޗައިނާގެ ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާން ފަށާފައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދީ ބާރު ކަމަށްވާ އެމެރިކާ އާއި ޗައިނާގެ ގުޅުމަށް އިތުރު ފިނިކަމެއް ގެނެސްދޭނެ ކަމެކެވެ. މި ފިޔަވަޅުތައް އަޅަމުންދަނީ ކޮންސިއުމަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުތަކާ ޗައިނާއިން ޚިލާފުވި ކަމަށް ތުހުމަތުކުރެވޭތީއެވެ. ޓެކްސަސް އިން ޓީޕީލިންކް އާ ދެކޮޅަށް ތަހުގީގެއް ފަށައިފިއެވެ. އަދި ޓެކްސަސްގެ އެޓާނީ ޖެނެރަލް ކެން ޕެކްސްޓަން ވަނީ ޗައިނާގެ […]

އިންޑޮނޭޝިއާ ރައީސްގެ ދަތުރުފުޅާއި ޓްރަމްޕްގެ ދަރިފުޅަށް ވިޔަފާރި ދިނުމާ ކޮންގުޅުމެއްބާ؟

މިސްރުގެ ޝަރަމުއްޝައިޚު ރިސޯޓުގައި ބާއްވާފައިވާ ޒަޔަނިސްޓު ޔަހޫދީން ހިންގާ ޖެނޮސައިޑް ނިންމާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އިންޑޮނޭޝިއާގެ ޕްރޮބޯވޯ ރައީސް ހިފާފައިވާ ފަލސްޠީނުގައި އިންދާފައިޥާ ޔަހޫދީ ދައުލަތަށް ޒިޔާރަތް ކުރައްވާނެ އެވެ. އުންމަތުގެ އެންމެ މީސްގިނަ ގައުމުން ކުއްލިއަކަށް ޔަހޫދީންނަށް ދީލާލުމުން ގިނަ ސުއާލުތައް އުފެދިފައި ވެއެވެ. މިކަން ޔަހޫދީންގެ މީޑިއާއިން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނިކޮށް، ޝަރަމުއްޝައިޚުގައި ޓްރަމްޕް ރައީސާއި ޕްރަބޯވޯ ރައީސް ސިއްރުން ދެއްކެވި ވާހަކަ ވަނީ އޮޅުމަކުން މައިކު ޖައްސާފައި ހުރުމުން ބޭޒާރުވެފައެވެ. […]

ޓްރަމްޕަށް ސުވަރުގެއަށް ނުވަދެވޭނެކަން އަމިއްލައަށް ޔަގީން ވެއްޖެ

ނޯބެލްގެ ސުލްހައިގެ އިނާމު ނުލިބިގެން ޝަކުވާ ކުރައްވާ އެމެރިކާގެ ރައިސް ވިދާޅުވަނީ އޭނާ ސުލްހައަށް ތަކައި ކުރައްވާ މަސައްކަތުން އޭނާއަށް ސަވާބު ލިބޭނީ އާޚިރަތް ދުވަހުން ކަމަށެވެ. ނަމަވެސް ހަމަ އެ ނޭވާގައި އޭނާ ވިދާޅުވީ އޭނާއަށް ސުވަރުގެއަށް ވަދެވޭނެ ކަމަށް ހީނުކުރާ ކަމަށެވެ. ޓްރަމްޕަށް ސުވަރުގެއަށް ނު ވަދެވޭނެ ކަމަށް އޭނާއަށް ޔަގީންވާ ކަން އޭނާ ހާމަ ކުރެއްވީ ޖެނޮސައިޑް ހިންގާ ޒަޔަނިސްޓުން ހިފާފައިވާ ފަލަސްޠީނަށް ވަޑައިގަތް މަގު މަތީގައި އެއާފޯސްވަން ގައެވެ. ޖެނޮސައިޑް ހިންގާ […]