ކެނެޑާއާއި އިންޑިއާގެ ވަޅޯގުޅުމަށް ދިރުމެއް

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 14, 2025

ކެނެޑާ އާއި އިންޑިއާ އިން އަލުން ޑިޕްލޮމެޓިކް ގުޅުން ތާޒާކޮށްފައި ވަނީ މަތީ ފެންވަރުގެ ބައްދަލުވުންތަކާއެކުގައެވެ. މިދިޔަ އަހަރުގެ ޑިޕްލޮމެޓިކް ގުޅުން ވަޅޯ ވުމަށްފަހު ފާހަގަކޮށްލެވޭ ބަދަލެއްގެ ގޮތުން ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އާނަންދު މި ހަފްތާގައި ދިއްލީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ. މިއީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން ރަނގަޅު ކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެއެވެ.

މި ދަތުރުފުޅަކީ އާ ދައުރުގައި އާނަންދު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި ކެނެޑާގައި ސިކުންގެ ވަކިވެގަތުމުގެ ލީޑަރަކު މަރާލުމުގައި އިންޑިއާ ބައިވެރިވި ކަމަށް ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކުރެއްވި ތުހުމަތާ ގުޅިގެން އުފެދުނު ހަމަނުޖެހުމަށްފަހު ގުޅުން ރަނގަޅު ވުމުގެ ނިޝާނެކެވެ. އިންޑިއާއިން ވަނީ ސިކުންގެ ލީޑަރުގެ މަރުގެ ހާދިސާގައި ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ. އަދި ކެނެޑާއިން އެޅި ފިޔަވަޅަކަށް އިންޑިއާއިން ވަނީ ފިޔަވަޅެއް އަޅާފައެވެ.

ބޮޑު ވަޒީރު މޯދީ ވަނީ އަނަންދުގެ މި ދަތުރުފުޅަށް މަރުހަބާ ވިދާޅުވެ، ބައިލެޓަރަލް ޕާޓްނަޝިޕަށް އައު ދިރުމެއް ގެނައުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ވަނީ ”ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ އެއްބާރުލުންދޭ އޮނިގަނޑެއްގެ“ ބިންގަލެއްގެ ގޮތުގައި ޕްލޫރަލިޒަމް އާއި އޯޕަން ސޮސައިޓީސް ފަދަ ޝެއަރޑް ވެލިއުތަކަށް އަލިއަޅުވާލައްވާފައެވެ. އާނަންދު މިކަން ތަކުރާރު ކުރައްވައި، އިންޑޯ ޕެސިފިކްގައި ދެފަރާތުން އިސްކަންދޭ ކަންކަމަށް އަލިއަޅުއްވައި، ސަރަހައްދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް ކެނެޑާއިން ވައުދުވެފައިވާކަން އަލުން ކަށަވަރުކޮށްދެއްވިއެވެ.

އާނަންދުގެ މި ދަތުރުފުޅުގައި ކެނެޑާގެ ފުޅާ އިންޑޯ ޕެސިފިކް ސްޓްރެޓެޖީގެ ތެރެއިން ޗައިނާ އާއި ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން މުމްބާއީގައި ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލް އާއި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން ހިމެނެ އެވެ.

މި ޑިޕްލޮމެޓިކް ވަޅޫކަން ފިލައި ދިއުމުގެ ސަބަބުން އޮޓާވާ އާއި ދިއްލީއިން މީގެ އަސަރު ފެންނާނެއެވެ. އިންޑިއާގެ ނަސްލުގެ ގާތްގަނޑަކަށް 1.7 މިލިއަން މީހުން ކެނެޑާގައި ދިރިއުޅެމުން ދެއެވެ.

މި ލިޔުމާ ގުޅޭ