އީރާނުން އެމެރިކާގެ މަނަވަރަކަށް ދިން ހަމަލާ ދުނިޔެ ސިއްސުވާލި އަމަލެއް

އަޙްމަދު ސަޢީދުު
މެއި 5, 2026

އިސްލާމީ އުންމަތުގެ ހިތްވަރުގަދަ އީރާނުން މިވަނީ، މުޅި ދުނިޔެ ސިއްސުވާލައި، އެމެރިކާގެ ކިބުރުވެރިކަމަށް ވަރުގަދަ ހަމަލާއެއް ދީފައެވެ.

ޖާސްކް ރަށް ކައިރިން ދަތުރުކުރަމުންދިޔަ އެމެރިކާގެ އަސްކަރީ މަނަވަރުތަކަކަށް އީރާނުން ހަމަލާދިން ވީޑިއޯއެއް އާންމުކޮށްފިއެވެ.

މިހަމަލާގައި އީރާނުން ވަނީ އެ މަނަވަރަށް އަމާޒުކޮށް، ވަރުގަދަ ދެ މިސައިލް ފޮނުވާލައިފައެވެ. ހަމަލާ ވަނީ ސީދާ އަމާޒަށް އަރައިފައެވެ.

މިއީ ތާރީޚީ ގޮތުން ބަލާއިރު، އެމެރިކާގެ އަސްކަރީ ބާރުތަކަށް މިފަދަ ސީދާ ގޮތަކަށް ދީފައިވާ ފުރަތަމަ ހަމަލާ ކަމަށްވަނީ ފާހަގަކުރެވިފައެވެ. މިއީ އީރާނުގެ އަސްކަރީ ބާރުވެރިކަން އެމެރިކާއާއި މުޅިދުނިޔެއަށް ހާމަވެގެންދިޔަ ކާމިޔާބު ހަމަލާއެކެވެ. އަދި އެއްވެސް އަނިޔާވެރިކަމަކަށާއި އެއްވެސް ބައެއްގެ ފިއްތުންތަކުގެ ކުރިމަތީގައި ބޯތިރި ނުކުރާނޭކަން އީރާނުން މިވަނީ ދައްކުވައިދީފައެވެ.

މިއަދު މި ފެނިގެންދަނީ ބާރުގެ ނަމުގައި މުޅި ދުނިޔެއަށް ނުފޫޒު ފޯރުވަން އުޅޭ ފަރާތްތަކުގެ މައްޗަށް، ހައްގުގެ މަގުގައި ސާބިތުވެ ތިބި މުޖާހިދުންގެ އަތް ގަދަވަމުންދާ މަންޒަރެވެ. އީރާނުގެ މި ފިޔަވަޅަކީ، އިސްލާމީ ގައުމުތަކުގެ އިސްތިގުލާލަށް އަރައިގަންނަން އުޅޭ ކޮންމެ ބާރަކަށްދިން ހަރުކަށި އިންޒާރެކެވެ.

ނަޞްރާއި ކާމިޔާބީ ވަނީ ހައްގުގެ މަގުގައި ސާބިތުވެ ތިބި މީހުންނަށެވެ!

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *