އަވާމީ ލީގްގެ މުޒާހަރާއަކަށް ހަމަލަ ދީ މީހުން ހައްޔަރުކޮށްފި

އަވާމީ ލީގުން އިންތިޒާމު ކުރި ސުލްހަވެރި ހިނގާލުމަކަށް ބަންގްލަދޭޝްގެ ފުލުހުންނާއި ސަރުކާރަށް ސަޕޯޓު ކުރާ ފަރާތްތަކުން ހަމަލަ ދީފިއެވެ. އަދި މުޒާހަރާތަކުން މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި ގިނަ ބަޔަކަށް ޒަޚަމްވެފައިވާ ކަމަށްވެސް އަވާމީ ލީގުން ބުނެއެވެ. ޑަކާގެ އެކި ސަރަހައްދުތަކުގައި ކުއްލި ހިނގާލުންތަކެއް ބޭއްވުމާ ގުޅިގެން އަވާމީ ލީގާއި އެ ޕާޓީއާ ގުޅުންހުރި ޖަމާއަތްތަކުގެ 131 މެންބަރުން ވަނީ ހައްޔަރުކޮށްފައެވެ. ހަމަލަ ދިން ފަރާތްތަކކުގެ ތެރޭގައި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ފވެސް ހިމެނޭ ކަމަށް ބުނެފައި […]

އައިސީޖޭއަށް އެމެރިކާއިން ފާޑު ކިޔައިފި

ޖެނޮސައިޑް ހިންގާ އިޒްރޭލުން އޮންރުވާއަށް ދަތިކުރުން ހުއްޓާލުމަށާއި ޣައްޒާއަށް އެހީ ވެއްދުމަށް ހުއްދަ ދިނުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން އަންގައިފިއެވެ. އެމެރިކާއިން ވަނީ އައި ސީޖޭގެ ނިންމުމަށް ފާޑު ކިޔައި ފައެވެ. ބުނެފައިވަނީ އެއީ ކޮރަޕްޓް ނިންމުމެއް ކަމަށެވެ. އެމެރިކާއަކީ ޖެނޮސައިޑް ހިންގުމަށް އިސްކޮށް ހިތްވަރުދޭ ގައުމެވެ. އައިސީޖޭއިން ބުނެފައި ވަނީ، އޮންރުވާގެ މުވައްޒަފުންނަކީ ހަމާސްގެ މެމްބަރުންކަމަށް ޖެނޮސައިޑް ހިންގާ އިސްރާއީލުން ބުނާ ވާހަކަ އެފަރާތަށް ސާބިތުކޮށް ނުދެވުނު ކަމަށެވެ. މިއީ އައިސީޖޭއިން  ދީފައިވާ އިސްތިޝާރީ […]

ޔޫރަޕްގެ ކާރު އުފައްދާ ކުންފުނިތަކުގެ މަސައްކަތް ހުއްޓުމަކަށް

ޗައިނާގެ ވިންގްޓެކް ޓެކްނޮލޮޖީއިން ނެދަލޭންޑްސްގެ ވެރިރަށް ދަ ހޭގްގައި ހިންގާ ނެކްސްޕީރިއާ ކުންފުނި ނެދަރލެންޑްގެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިއީ ޔޫރަޕްގެ ސެމިކޮންޑަކްޓަރ ސަޕްލައި އަދި އިޤްތިޞާދީ ސަލާމަތް ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެގައުމުން ބުނެއެވެ. މިކަމާ ގުޅިގެން ޗައިނާގެ ސެމިކޮންޑަކްޓަރ އިންޑަސްޓްރީ އެސޯސިއޭޝަނުން މިއީ ވަކި ފަރާތަކަށް އަމާޒުކޮށް އަޅާފައިވާ ތަފާތުކުރުމުގެ ފިޔަވަޅެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައިވެއެވެ. އަދި އެކަމަށް ބަދަލު ހިފުމުގެ ގޮތުން ޗައިނާއިން ވަނީ ޔޫރަޕަށް ސެމީކޮންޑަކްޓާ އުފެއްދުމަށް […]

ފުށިދިއްގަރު ފަޅުގައި ސަރުކާރުން ހިންގަނީ ސްކޭމެއް: މައުރޫފް

ފުށިދިއްގަރު ފަޅު (ރަސްމާލެ) ހިއްކުމަށް ކަމަށް ބުނެ ސަރުކާރުން ހިންގަމުންދަނީ ހަ ސަތޭކަ މިލިއަން ޑޮލަރުގެ ބޮޑު ސްކޭމެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިޔުޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިއަށްވުރެ ބޮޑުކަމެއް ރައްޔިތުންނަށް ދިމާނުވާނޭ ކަމަށެވެ. މިސަރުކާރު ނައިނަމަ އެމްޑީޕީ ސަރުކާރުން ކަނޑައެޅި ހުރިހާ ބޯހިޔާވަހިކަމެއް ހުންނާނީ ނިމިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ”ދިވެހިރާއްޖޭގެ އިގްތިސާދީ […]