އެންމެ ގިނައިން ދުއްވޭނެ އުޅަދުގެ އަދަދު ކަނޑައަޅާނަން: އަމީން

ގާނޫނަށް ބަދަލު ގެނެސްގެން ވެސް މާލޭ ސަރައްދުގައި ދުއްވޭނެ ވެހިކަލްގެ އަދަދު (ކެރީން ކެޕޭސިޓީ) ކަނޑައަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެއްވެސް ހައްދެއް ހުދޫދެއްނެތި، އިންޖީނުލީ އެއްގަމު އުޅަނދު ރާއްޖެއަށް އެތެރެ ކުރަމުން ދާއިރު، އަދި މާލޭސަރަހައްދަށް އެއްގަމު އުޅަނދު ގިނަވެ ދިއުޅުމަށް ދަތިވެފައިވާތީ، އެކަން ހައްލު ކުރުމަށް […]
މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުސަތު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނާ އެއްގޮތަށް އެކޮމިޝަނުގެ ރައީސްކަމަށް މެމްބަރު މުހައްމަދު ފަރުސަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އޭނާ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަން ކުރަން ފާސްކުރީ ކޮމިޝަނުގެ ހުރިހާ މެންބަރުންނާ އިންޓަރވިއު ކުރުމަށްފަހު އެވެ. އެމަގާމަށް ފަރުސަތު އައްޔަންކުރަން ފެންނަކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީ ނިންމުމާ އެއްގޮތަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުސަތު އައްޔަންކުރަން ފާސްކުރީ 49 މެންބަރުންގެ […]
ޑޮލަރު ފޭރުން: މީހުންނާއި ފިލަން ބޭނުންކުރި ލޯންޗު ހޯދައިފި

ރޭ ފަތިހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޑޮލަރުތަކެއް ފޭރުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. އޭގެ އިތުރުން ފައިސާ ހިފައިގެން ފިލަން އެ މީހުން ބޭނުން ކުރި ލޯންޗު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ފުލުހުން މިއަދު ވިދާޅުވީ، ވީއައިއޭގެ ޓާމިނަލް-1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅު ފައިސާ ހުރި ސޫޓު ކޭހެއް، ފޭރިގެންފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ކަމަށެވެ. މިއަމަލު […]
ތިންވަނަ ގްރޭޑް ކުދިންނަށް ރޮބޮޓިކްސް ކިޔަވައިދޭ ސްކޫލު

އިންޑިއާގެ ޕޫނޭގައި ހުންނަ ޒެޑް ޕީ ޖާލިންދަރްނަގަރު ސްކޫލަކީ އާދައިގެ ސްކޫލެއް ނޫނެވެ. މި ސްކޫލުން ދަނީ ތަޢުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސް، ދުނިޔޭގެ ސަމާލުކަން ހޯދަމުންނެވެ. ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ މި ސްކޫލުން ވަނީ، އާންމުކޮށް ކިޔަވައިދޭ އުސޫލުތައް ދޫކޮށްލާ، ހުނަރުވެރި މަސައްކަތްކުރުމަށާއި އީޖާދީ ހުނަރުތަކަށް އިސްކަންދޭ އުގަންނައި ދިނުމަށް ބަދަލުކޮށްފައެވެ. މި ސްކޫލަށް ޒިޔާރަތްކުރާ މީހުން ދަނީ މިއީ ދުނިޔޭގެ އެއްވަނަ ސްކޫލު ކަމަށް ބުނަމުންނެވެ. މި ސްކޫލުގެ އެންމެ ޚާއްސަ […]
ވީއައިއޭއަށް ގެންދިޔަ ފައިސާ ތަކެއް ފޭރިގެންފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ޓަރމިނަލް އެކަކަށް ގެންދިޔަ ފައިސާތަކެއް ފޭރިގެންފިއެވެ. އެ ފައިސާ ފޭރިގެންފައިވަނީ ފައިސާ ހިފައިގެން ޓަރމިނަލަށް ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފުން އަތުންނެވެ. ފުލުހުން ވިދާޅުވީ އެފައިސާ ހުރީ ސޫޓުކޭހެއްގައި ކަމަށެވެ. ފައިސާ ފޭރިގެންފައިވަނީ މޫނު ނިވާކޮށްގެންތިބި ބަޔަކު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިހާދިސާ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ ރޭ ފަތިހު 4:45 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެފައިވެއެވެ. މި ފައިސާ ގެންދިޔުމމުގައި ފުލުހުންގެ ސެކިޔުރިޓީ ބޭނުން ކޮށްފައި ނުވާކަމަށް ފުލުހުން […]
