މަސްވެރިންނަށް ލޯނު ދޫކުރަން ފެށުމަކީ ބޮޑު ކުރިއެރުމެއް: ޝަރީފް

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މަސްވެރިންނަށް ލޯނު ދޫކުރަން ފެށުމުން މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލު އައި ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.  މީގެ އިތުރުން މަސްވެރިންގެ އާންމު ދިރިއުޅުމުގެ ހާލަތުވެސް ރަނގަޅުވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް މިހެން ވިދާޅުވީ ދިވެހީންގެ ބޭންކު މުޅި ރާއްޖެއަށް ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އޭނާ ވިދާޅުވީ މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މުހިންމު އެއް ސިނާއަތް ކަމަށެވެ. އެހެން ކަމުން މަސްވެރިކަމަށް […]

އުރަމަތީ ކެންސަރު ދުރާލާ ދެނެގަނެވޭނެ އިންތިޒާމް ހަމަޖެހިފައި އޮތުން މުހިންމު: ސާޖިދާ

އެއްވެސް އަންހެނަކީ، އުރަމަތީގެ ކެންސަރުގެ ފަރުވާއާ އެކަނިމާއެކަނި ކުރިމަތިލާ މީހަކަށް ވާން ނުޖެހޭ ގޮތަށް، ރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހި، ރަނގަޅު ފެންވަރުގައި ބައްޔަށް ފަރުވާ ހޯދޭނޭ ފުރުޞަތު އެންމެހާ ރައްޔިތުންނަށް ފަހިވެފައި އޮތުން މުހިންމުކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ހަވަނަ، ”ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެކަމަނާގެ ވާހަކަފުޅުގައި، ކެންސަރު ބަލި ތަހައްމަލުކުރާ ކޮންމެ މީހަކު ކުރަނީ ތަފާތު ތަޖުރިބާއެއްކަމަށާއި، […]

ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އުމުރުން 48 އަހަރުގެ އަލީ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިމަހު ނަވާވީސް ވަނަ ދުވަހު އެރަށަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުމުން ފުލުހުން އެދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓަރލިޖެންސް ރިޕޯޓަކާ ގުޅިގެން ނޮޅިވަރަމުގެ ފުލުހުންނާއި، ކުޅުދުއްފުށިސިޓީގެ ފުލުހުން އެއްބައިވެގެންނެވެ. ހައްޔަރު ކޮށްފައިވާ އަލީ ރަޝީދަކީ ނޮޅިވަރަމް، ޔާދު ގޭ މީހެކެވެ. އޭނާ […]

ސްކޭމްގެ މައްސަލަތައް ތަހުގީގުކޮށް ލައްކައަކަށްވުރެ ގިނަ ފައިސާ ހޯދައިފި

މިދިޔަ ހަފުތާގައި ފުލުހަށް ހުށަހެޅި ސްކޭމްގެ މައްސަލަތައް ތަހުގީގުކޮށް އެއް ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ”ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 19ވަނަ ދުވަހުން ފެށިގެން މި މަހުގެ 25ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 35 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި 372،515.59 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު 148،781.94 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.“ ފުލުހުން ވިދާޅުވެފައިވަނީ އެންމެ […]