އިޒުރޭލް ނޫން އެހެން ގައުމުތަކާ ގުޅުން އޮންނާނެ: ރައީސް

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރަމުންދާ އަނިޔާ ނުހުއްޓާހާ ހިނދަކު ދިވެހިރާއްޖެއިން އިޒުރޭލާއެކު ގުޅުން ނުބާއްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޕީއެންސީން އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ”އިޒުރޭލު ފިޔަވާ އެހެން ހުރިހާ ގައުމަކާ މިގައުމުން ގާތްގުޅުން އޮންނާނެ. ފަލަސްތީނު ރައްޔިތުންނަށްދޭ އަނިޔާ ދޭހާ ހިނދަކު މި ދިވެހިރާއްޖެއަކުން ނެތް އިޒްރޭލު މީހުންނަށް މަރުހަބާ ކިޔުމެއް،“ ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ ދެމިއޮންނާނީ […]
އެންސްޕާގެ ސަބަބުން ގެއްލުނު ލޯލާރިއެއް ވެސް ނޯންނާނެ: ހީނާ

އެންސްޕާ ހިންގާނޭ އިމާރާތެއް ހޯދުމަށް ކުރި ބިޑާ ގުޅިގެން އިދިކޮޅުފަރާތްތަކުން ކިތަންމެ ވާހަކައެއް ދެއްކިޔަސް އޭގެ ސަބަބުން ދައުލަތަށް ގެއްލުނު އެންމެ ލޯލާރިއެއްވެސް ނޯންނާނޭ ކަމަށް އެންސްޕާގެ ވެރިޔާ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ ޕީއެންސީގެ ބޮޑުޖަލްސާގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ އެ ބިޑަކީ އެންސްޕާއިން ކުރި ބިޑެއް ނޫން ކަމަށެވެ. އެއީ ނިޒާމުގެ ތެރެއިން ފިނޭންސް މިނިސްޓްރީން ކުރި ބިޑެއް ކަމަށެވެ. ”އެއީ އާންމުކޮށް ހުޅުވާލި ބިޑެއް، ބޭނުން ކޮންމެ […]
ޔަހޫދީން ފަލަސްޠީނު މީހުންނަށް އެހީވާން ކަމަށް ދައްކައިގެން އޮޅުވާލައިފި

އިޒްރޭލާ ގުޅުންހުރި ޖަމްޢިއްޔާއަކުން ފަލަސްތީނުގެ ރައްޔިތުންނަށް އޮޅުވާލައިގެން އެމީހުން ގެންގޮސް ދެކުނު އެފްރިކާއަށް އަޅައިފިއެވެ. އަދި އެކަމުގެ ތަފްސީލު ލިބިގެން ދެކުނު އެފްރިކާއިން ވަނީ، އިޒްރޭލާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ޖަމްޢިއްޔާއެއްގެ ސްޕޮންސަރޝިޕްގެ ދަށުން އެ ގައުމަށް ދަތުރުކުރި ފަލަސްތީނު މީހުންގެ ދެ ވަނަ ބޯޓުގެ މީހުން އެ ގައުމަށް އެތެރެވުން މަނާކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ދެކުނު އެފްރިކާއާ ދެކޮޅަށް ޔަހޫދީ މީޑިއާގައި ޕްރޮޕެގެންޑާ ކުރަމުން ދެކުނު އެފްރިކާއަކީ މުނާފިގު ގައުމެއް ކަމަށް ބުނެފައެވެ. ރިޕޯޓުތައް […]
ބިހާރު އިންތިޚާބުގައި އަމީތާބް ބައްޗަންއަށް ބޮޑު ނާކާމިޔާބީއެއް

ބިހާރު ސްޓޭޓްގެ އެސެމްބްލީ އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ވެރިކަން ކުރާ ބީޖޭޕީ ހިމެނޭ ކޮއެލިޝަނަކުންނެވެ. މިއިންތިޚާބުގައި ގިނަ ގޮނޑިތައް ލިބިފައި ވަނީ މިހާރުވެސް ސްޓޭޓްގެ ޗީފް މިނިސްޓަރު ނިޓީޝް ކުމާރާއި އޭނާގެ ޕާޓިއާ ގުޅިފައިވާ ބީޖޭޕީގެ އިއްތިހާދަށެވެ. މިއިންތިޚާބުގައި އެންމެ އާދަޔާ ޚިލާފް ޚަބަރަކީ، ބިހާރު މަޖިލިސް އިންތިޚާބުގައި އަމީތާބް ބައްޗަންއަށް ނާކާމިޔާބިއާ ކުރިމަތިލާން ޖެހުނު ވާހަކައެވެ. މި އަމީތާބް ބައްޗަން އަކީ ކޮންސްޓްރަކްޗަން މަސައްކަތް ކުރާ މީހެކެވެ. އަދި މިއީ މަޝްހޫރު ފިލްމީ ތަރިއެއް […]
ޕީއެންސީގެ ޖަލްސާއަށް ފަސްދޮޅަސް މިލިއަން ޚަރަދުކުރޭ: މާޒު

ވެރިކަންކުރާ ޕީއެންސީން މާލޭގައި މިރޭ ބާއްވާ ޖަލްސާއަށް ފަސްދޮޅަސް މިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށް މާޒު ސަލީމް ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް މިއަދަދު އޭނާއަށް އެނގިވަޑައިގެންނެވި ގޮތެއް ހާމަކުރައްވާފައެއް ނުވެއެވެ. ސަރުކާރުން ކުއްލިއަކަށް ފަސް ސަތޭކަ ފުލުހުން ނެރެގެން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ފެށިކަމަށް އިޝްތިހާރުކުރީ މިކަން އޮއްބާލަން ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. ”ކޮންމެހެން ރައްޔިތުންނަށް އޮޅުވާލަން އުޅޭނެ ކަމެއްނެތް. މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިކުރާ މޫލާފައިތިބި ފަރާތްތައް ހައްޔަރެއް ނުކުރެވޭނެ އަދި ނުވެސް ކުރާނެ. އެމީހުންތިބީ […]
ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެންއެފްގެ ޖަލްސާ ފަސްކޮށްފި

ޕީއެންއެފްއިން މިރޭ ބާއްވަން އުޅުނު ފްރޮންޓް އޮފީސް ޓައުން ހޯލް ޖަލްސާ ފަސްކޮށްފިއެވެ. ޕީއެންއެފްއިން ބުނެފައިވަނީ ޖަލްސާ ފަސްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. އެހެންނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އެޕާޓީއަކުން ނުދެއެވެ. ޖަލްސާ ދެން ބާއްވާނީ އާދީއްތަ ދުވަހުގެރޭ ކަމަށް އެޕާޓީން ބުނެފައިވެއެވެ. މިޖަލްސާ ޕްރޮމޯޓުކޮށްފައިވަނީ ފޯރިގަދަވާނޭ ޖަލްސާއެއްގެ ގޮތުގައެވެ. އަދި ހުސް ގޮނޑީގެ ހަގީގަތް ވެސް ކިޔައިދޭނޭ ކަމަށް އެޕާޓީގެ ނާއިބު ރައީސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ. މިރެއަކީ ސަރުކާރަށް ދެއަހަރު ފުރުން ފާހަގަކުރަން ޕީއެންސީން […]
ޕީއެންސީގެ ޖަލްސާ ވަރުގަދަވާނެ، މީހުންގިނަވާނެ، އުފާވެރި ޚަބަރުތަކެއް ލިބޭނެ

ވެރިކަންކުރާ ޕީއެންސީން މިރޭ ބާއްވާ ބޮޑުޖަލްސާއަށް ރާއްޖޭގެ އެކި ރަށްރަށުން މީހުން މާލެއައިސް ޖަލްސާ ފުރާލާނޭ ކަމަށް އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފިއެވެ. އިއްޔެއާއި މިއަދު ވެސް އެކި ރަށްރަށުން އެތައް ސަތޭކަބަޔަކު މިހާރުވަނީ މިޖަލްސާގައި ބައިވެރުވުމަށް މާލެއައިސްފައެވެ. މިއީ ވެރިކަމުގައި އޮންނަ ޕާޓީއަކުން މާލޭގައި ބާއްވާ މިފަދަ އެންމެބޮޑު ޖަލްސާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ގަދައަށް ޕްރޮމޯޓު ކޮށްގެން ބާއްވާ މިޖަލްސާއަށް އަންނަމުންދާ މީހުންނާއި ޕީއެންސީން ބުނެފައިވަނީ ޖަލްސާ ވަރުގަދަވާނޭ ކަމަށެވެ. މީހުން އިންތިހާއަށް […]
ބަލިތަކާ ދުރުބައެއްގެ ގޮތުގައި ތިބެ ގައުމު ބިނާކުރާ ބަޔަކަށް ވާންޖެހޭ: ރައީސް

ދިވެހީންނަކީ ބަލިތަކާދުރު ބައެއްގެ ގޮތުގައި ދެމިތިބެ، ގައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށް އަޒުމް އާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައިވައިފިއެވެ. ”ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު މިފަދަ ކޮންމެ ދުވަހަކުމެ އަޅުގަނޑުމެން އާކުރަން ވާނެ،“ ހަކުރުބަލީގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހާމަކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސިއްހީ އާދަތަކަށް ޅައިރުއްސުރެ […]
ޤާހިރާގައި ހުންނަ ޖަރުމަނު އެމްބަސީއަށް ބުޅަލެއް ވަދެއްޖެ

ޤާހިރާގައި ހުންނަ ޖަރުމަނު އެމްބަސީގެ އިމާރާތަށް މިޞްރު ބުޅަލެއް ވަދެފައިވާ މަންޒަރު، އެމްބަސީގެ ރަސްމީ ފޭސްބުކް ޕޭޖުން ހިއްސާކުރުމާ ގުޅިގެން، މީސްމީޑިއާގައި އެކަމަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައި ވެއެވެ. އެމްބަސީން މިކަން ޑޮކިއުމެންޓްކޮށްފައިވަނީ މަޖާ ގޮތަކަށެވެ. އަދި އެކަމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ. އެމްބަސީގެ މުވައްޒަފުން ބުނެފައި ވަނީ މިސްރު ބުޅާ އެމްބަސީ ތެރެއަށް ވަދެގެން އައިސް އޮފީހުގެ ތެރޭގައި އެއްވެސް ހުރަހެއްނެތި ހިނގައި ތަންތަން ބަލަމުންދާތީ ހައިރާންވި ކަމަށެވެ. ނަމަވެސް، މުވައްޒަފުން […]
މުސްލިމުންނާ ދެކޮޅަށް ކާފަރުންގެ އެހީތެރިކަން ހޯދުން

ސަޢޫދީ އަރަބިއްޔާ އިން އިރާޤާ ދެކޮޅަށް އެމެރިކާގެ އެހީ ހޯދިކަމަށް މޮރޮކޯގެ ދީނީ ޢިލްމުވެރިއަކު ތުހުމަތުކުރުމުން ޚިޔާލު ތަފާތުވުމެއް އުފެދިއްޖެއެވެ. މޮރޮކޯގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ އަލްޙަސަން ބިން ޢަލީ އަލްކައްތާނީ، ސަޢޫދީ އަރަބިއްޔާ އިން ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ވެރިކަމާއި އިރާޤާ ދެކޮޅަށް އެމެރިކާގެ އެހީތެރިކަމަށް އެދުނު ކަމަށް ބުނެ ކުރި ޕޯސްޓަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހޫނު ބަޙުޘެއް ފެށިއްޖެއެވެ. އަލްކައްތާނީގެ މި ތުހުމަތުތަކަކީ ދީނީ އަދި ފިޤުހީ ގޮތުން ގިނަ ބަޔަކު […]
