ޖެނީވާގައި ބަލޫޗީންގެ ހައްގުތަކާ ބެހޭ ސެމިނާރެއް ބާއްވައިފި

ޖެނީވާގައި ބޭއްވި ހިއުމަން ރައިޓްސް ވީކްގައި ބަލޫޗިސްތާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް ދުނިޔެއިން ސަމާލުކަން ދިނުމަށް ގޮވާލައިފިއެވެ. ޔުނިވާސިޓީ އޮފް ޖެނީވާގައި ބާއްވާފައިވާ ހިއުމަން ރައިޓްސް ވީކް 2025 ގައި، ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ހިނގަމުންދާ އިންސާނީ ހައްގުތަކުގެ މައްސަލަތަކާ މެދު ވާހަކަ ދައްކާފައި ވެއެވެ. ބަލޫޗް އެޑްވޮކޭޝަން އެންޑް ސްޓަޑީޒް ސެންޓަރ (ބީއޭއެސްސީ)ގެ ރިސާޗް އެސޯސިއޭޓް އައިޝާ ބަލޫޗް ވަނީ، ބަލޫޗިސްތާނުގައި ގާނޫނީ ވެރިކަމެއް ނެތުމާ ދެކޮޅަށް ބަލޫޗް އަންހެނުންގެ ކުރަމުންދާ ހަނގުރާމަ ގެ ނަމުގައި ބޭއްވި […]
ގައުމަށް ލިބިފައިވާ ”ޖަވާހިރެއް“: ފާލާޙު

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމަށް ޚިދުމަތް ކުރައްވަމުން ގެންދަވަނީ އުންމީދު ކުރެއްވި ވަރަށް ވުރެ ވެސް މާ ފުރިހަމައަށް ކަމަށާއި، އެމަނިކުފާނަކީ ގައުމަށް ލިބިފައިވާ ”ޖަވާހިރެއް“ ކަމަށެވެ. މި ވާހަކަފުޅު އެމަނިކުފާނު ދެއްކެވީ ޕީއެންސީގެ ސަރުކާރަށް 104 ހަފްތާ ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައެވެ. ފަލާހް ވިދާޅުވީ ރައީސް މުއިއްޒުގެ ޒައާމަތުގައި މިދިޔަ ދެ އަހަރު ކުރެއްވި ޚިދުމަތްތަކާއި، […]
ގާނޫނުއަސާސީއަށް ގެނައި އިސްލާޙާ ދެކޮޅަށް އިހުތިޖާޖު ކުރާނެ ކަމަށް ބުނެފި

ޕާކިސްތާންގެ ވަކީލުންގެ ޖަމުއިއްޔައިން ވަނީ ކޮންމެ ބުރާސްފައްޗެއްގައިވެސް ކޯޓުގެ މަސައްކަތް ނިންމުމަށްފަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް މުޒާހަރާ ކުރާނެ ކަމަށް ބުނެފައެވެ. އެކަން ހާމަކޮށްފައި ވަނީ އިސްލާމްއާބާދުގައި ވަކީލުންގެ ޖަމުއިއްޔާއިން ބޭއްވި ބައްދަލުވުމެއްގައެވެ. މިކަމަށް އެއް ބަޔަކު ތާއީދު ކުރި އިރު އަނެއް ބަޔަކު ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ގެނައި 27 ވަނަ އިސްލާޙުގެ މުހިންމު ބަދަލެއްގެ ގޮތުން، ޗީފް އޮފް ޑިފެންސް ފޯސަސް (ސީޑީއެފް) ގެ ނަމުގައި އާ […]
