ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން ބާއްވައިފި

ކޮލަންބޯ ސެކިއުރިޓީ ކޮންކްލޭވް (ސީ.އެސް.ސީ) ގެ 7 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ނިއުދިއްލީގެ ސުޝްމާ ސުވާރާޖް ބަވަންގައި ކުރިއަށްދިޔަ މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، އަޖިތު ދޯވަލް ކޭ.ސީ އެވެ. މި ކޮންކްލޭވްގެ މެންބަރު ޤައުމުތައް ކަމަށްވާ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސްގެ ވަފުދުތަކުގެ އިތުރުން، ކުރީގެ އޮބްޒަރވަރ ޤައުމުތައް ކަމުގައިވާ ބަންގްލަދޭޝް […]

ދާރުލް އަރްޤަމް ވަޤުފް އިމާރާތުގެ ބިންގާއަޅައިފި

ދިވެހިރާއްޖޭގައި ޤާއިމުކުރާ ދެވަނަ ވަޤުފް އިމާރާތް، ދާރުލް އަރްޤަމްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތުގައި، ދާރުލް އަރްޤަމްގެ ބިންގާ އަޅުއްވައިދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމެވެ. 2000 އަކަފޫޓުގެ ސަރަހައްދެއްގައި، އާރް.ސީ.ސީ އާ ހަވާލުކޮށްގެން ތަރައްޤީކުރާ 12 ފަންގިފިލާގެ މި ޢިމާރާތުގެ މަޝްރޫޢަކީ، ބީ.އެމް.އެލް […]

ޓްރަމްޕްގެ އެކުވެރިންނާ ގުޅިފައިވާ ޖިންސީ ކުށްތަކުގެ މައްސަލަތައް އިތުރުވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރޫޙާނީ އިރުޝާދުދޭ ފަރާތެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މުޝީރު، އަދި ޓެކްސަސްގެ މަޝްހޫރު އެންމެ ބޮޑު ފައްޅީގެ ބާނީ، ރޮބަޓް މޮރިސް (ފޮޓޯގައި ވ) އަށް 12 އަހަރުގެ އަންހެންކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގައިގެން ހުކުމް ކޮށްފިއެވެ. މިއީ ޓްރަމްޕްގެ އައުވާނުންގެ ތެރޭން ސިލްސިލާކޮށް ކުޑަކުދިންނާ ބެހެމުން ދިޔަ މީހުންގެ ތެރޭން އެކަކެވެ. މޮރިސްއަށް އިއްވާފައި ވަނީ، ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާ ވަނީ، 1980ގެ […]

ނުކުޅެދުންތެރިންނަށް ވަޒީފާ ލިބުމަކީ ކަރާމާތަށް އިސްކަންދިނުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާލިބޭނޭ ފުރުސަތު ފަހިވެގެންދިޔުމަކީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ”ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން“ މި ޝިއާރުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ޔަޤީންކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ، ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ކަމަނާގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމްތަކުން ފަހިވެގެންދާ ވަޒީފާގެ […]

އަންނަ އަހަރުގެ ބަޖެޓު ފާސްކޮށް، ތަޅުމަށް ފޮނުވައިފި

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީން ވަނީ އެ ބަޖެޓު ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މިގޮތުން، ބަޖެޓާ ގުޅޭ ފަހު ބަހުސްތައް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދެވޭނެއެވެ. މި ބަޖެޓުގެ މުހިންމު އަދަދުތަކަށް ބަލާއިރު: ޖުމްލަ ބަޖެޓު: 64 ބިލިއަން ރުފިޔާ ޖުމްލަ ހަރަދު: 49.2 ބިލިއަން ރުފިޔާ ޖުމްލަ އާމްދަނީ: 40.4 ބިލިއަން ރުފިޔާ […]

ބައިނަލްއަޤުވާމީ ހުރިހާ ވައިގެބަނދަރުތަކުގައި އީގޭޓްތައް ހަރުކުރަނީ

ރާއްޖޭގެ ހުރިހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކުގައިވެސް 2026 ވަނަ އަހަރު، އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލުގައި، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭގޮތަށް އީގޭޓް ހަރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިޝާރާތްކުރައްވައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ، 1 ޖަނަވަރީ 2026 ގެ ކުރިން، އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލް ހިމެނޭގޮތަށް، ކޮންމެ ޓަރމިނަލެއްގައި […]

މާލެ ސަރަޙައްދުގެ ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ

ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށް ޚާއްޞަކުރައްވައިގެން މިއަދު ހަވީރު މާފަންނު، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރގައި ކުރިއަށްގެންދެވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަޙައްދުގައި ފޯރުކޮށްދެއްވާ […]

”ޝެރާ ޕްލޭންކް“ ތެތްކަމާއި ލޮނުވައިގެ މާހައުލަށް އެންމެ އެކަށީގެންވާ ހައްލު

ދުނިޔޭގެ ފެންވަރުގެ އިމާރާތް ކުރުމުގެ މެޓީރިއަލްސް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމުގައި އިސްދައުރެއް އަދާކުރާ ލީޑިންގ ހާރޑްވެއަރ ފިހާރަ، ސްޓީލްހާޑްވެއަރ އިން، ތެތްކަމާއި ލޮނުވައިގެ މާހައުލަށް ޚާއްސަވެގެންފައިވާ، ދިގު މުއްދަތަކަށް ދެމިހުންނަ އަދި ރީތި އުފެއްދުމެއް ކަމަށްވާ ”ޝެރާ ޕްލޭންކް“ ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މި އުފެއްދުން ތަޢާރަފްކުރެވުމާއެކު، ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސްޓީލްހާޑްވެއަރ އިން ބުނެއެވެ. ޝެރާ ޕްލޭންކަކީ، ބާރުގަދަ ކުރުމަށްޓަކައި ގުދުރަތީ ފައިބަރުތަކުގެ ސްޓްރަކްޗަރެއް ހިމަނައިގެން އުފައްދާފައިވާ ސިމެންތި އާއި […]

ދުންފަތް ކޮންޓްރޯލް ކުރުމަށް އެވޯރޑެއް ލިބިއްޖެ

ދުންފަތް ކޮންޓްރޯލް ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖެއަށް އެވޯރޑެއް ލިބިއްޖެއެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ޤައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތަށް ތަންފީޒުކުރާގޮތް ދިރާސާކުރާ، ބައިނަލް އަޤްވާމީ ޖަމްޢިއްޔާއެއް ކަމުގައިވާ، ”ގްލޯބަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީ.ޖީ.ޓީ.ސީ)“ އިން ރާއްޖެއަށް ދިނީ އެ ޖަމްޢިއްޔާއިން ދެމުން އަންނަ ”އިންޓެގްރިޓީ އެވޯރޑް“އެވެ. ރާއްޖެއަށް މި […]

އޮޅުވާލައިގެން ނަސްލު ސާފުކޮށް އެމެރިކާއިން ޣައްޒާ ފޭރިގަންނަނީ

ޣައްޒާއިން ނަސްލު ސާފުކޮށްލުމަށް ޓްރަމްޕް ރާވާފައިޥާ ރޭވުން ތަންފީޒު ކުރުމަށް މަސައްކަތް ކޮށްދޭ އޮޕަރޭޝަން ސެންޓަރުގެ މައުލޫމާތު މީޑިއާއަށް ތިލަ ވެއްޖެއެވެ. މިއޮޕަރޭޝަން ސެންޓަރަކީ އިޒްރޭލުގެ ސަރަހައްދުގައި ހަދާފައިވާ މަރުކަޒެކެވެ. މި މަރުކަޒުގައި ދައްކާ ވާހަކަތަކުގައި ބަހުސް ކުރަމުން ދަނީ އައްސޭރި ފަށުން ފަލަސްޠީނު މީހުން ދުރަށް ގެންދިއުމާ ބެހޭ ގޮތުންނެވެ. އަދި ފަލަސްޠީނު މީހުން ގެންގޮސް ބައިތިއްބަން ރާވަމުން ދަނީ ޣައްޒާގައި އިޒްރޭލުން މިހާރު ހިފާފައިވާ ބަފަރ ޒޯންގައި އަޅާ ވަގުތީ ގެތަކުގައެވެ. މި އޮޕަރޭޝަން […]