ތިން ކެފޭއަކުން ހަތް ބިދޭސީއަތު އަތުލައިގެންފި

ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަތް ބިދޭސީއަކު އަތުލައިގެންފި ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. މި ހަތްމީހުން އަތުލައިގެންފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރާ ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައެވެ. މި ހަތްމީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެވެ. މިމީހުން އަތުލައިގަތީ ހުޅުމާލޭގައި ހިންގަމުންދިއަ 3 ކެފޭއެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މިމަސައްކަތުގެ ތެރެއިން ގިނައަދަދެއްގެ ބިދޭސީން މީގެކުރިން ވެސް ވަނީ އަތުލައިގެންފައެވެ.

ދީނުގެ ހުދޫދުން ބޭރުނުވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން ބޭރުނުވުމަށް ފިލްމުއިސްޑަސްޓްރީގެ ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވަފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިއަދު ވިދާޅުވެފައިވަނީ ”ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް،“ ކަމަށެވެ. ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ މީހަކު ހުދޫދުން ބޭރުން ހެދުންއަޅައިފައިވާ ފޮޓޯއެއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށްނެވެ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ […]

މިރޭ މާލޭގައި ހަވާއަރުވަނީ، ބަލަން ތައްޔާރުވޭ!

މިރޭ މާލޭގައި ހަވާއަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ހަވާއަރުވަން ހަމަޖެހިފައިވަނީ މިރޭ 21:15 ގައެވެ. މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ހަވާއެރުވުން އޮންނާނީ މާލޭގެ ލެމަންގްރާސް ސިޓްރޮން ދިމާ ބޭރުގައެވެ. ހަވާއެރުވުން ކުރިއަށްދާނީ ތިން މިނިޓަށް ކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އުންމީދީ ޕްލޭނަކާއެކު އަލީ އާޒިމް ކެންޕޭން ފަށައިފި

މާލެ ސްމާޓު ސިޓީއަކަށް ބަދަލުކޮށްލާނޭ ކަމުގެ ޕްލޭނެއް އެބައޮތް ކަމަށް ވިދާޅުވަމުން މާލޭސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓު ހޯދުމުގެ ކެންޕޭން އަލީ އާޒިމް ރޭ ފަށައިފިއެވެ. އަލީ އާޒިމަކީ މެދު ހެންވޭރުދާއިރާގެ މަޖިލިސްގެ ގޮނޑި ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. ކެންޕޭން ފެށުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވެވި ޖަލްސާގައި އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހައްގުވާ މިންވަރަކީ ގަބުރުސްތާނުތައް ސާފުކުރުން ނޫންކަމަށެވެ. އެހެންނަމަވެސް އޭނާގެ މޭޔަރުކަމުގެ ދަށުގައި މާލެ ބަދަލުކޮށް ސްމާޓު ސިޓީއަކަށް ހަދާލުމުގެ ޕްލޭނެއް […]

ދުބާއީ އެއަރޝޯ 2025

ދުބާއި އެއަރޝޯ 2025 ގައި ހިންދުސްތާން އެއަރޮނޯޓިކްސް ލިމިޓެޑްއައި ޑިފެންސް ރިސަރޗް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަން އަދި އިންޑިއާގެ މުހިންމު އަމިއްލަ ކުންފުނިތަކުން ބައިވެރިވެފައި ވެއެވެ. އިންޑިއާގެ ކުންފުނިތަކުން ވަނީ އެގައުމުގެ ކުރިއަރަމުން އަންނަ އެއަރޮނޯޓިކްސް އަދި ދިފާއީ ކުލަދާނަކަން ދައްކުވައި ދީފައެވެ. މި އެއާޝޯގައި އިންޑިއާއން ދައްކާލި އުފެއްދުންތަކުގެ ތެރޭގައި ލައިޓް ކޮމްބެޓް އެއަރކްރާފްޓް، ތޭޖަސް ފައިޓަރ ޖެޓްއާއި، ސޫރްޔާކިރަން އެއަރޮބެޓިކް ޓީމް، އަދި އިންޑިއާއާއި ޖަރުމަންވިލާތުން ގުޅިގެން ތަރައްގީކޮށްފައިވާ އެޑްވާންސްޑް ހެލިކޮޕްޓަރ ސޭފްޓީ ސިސްޓަމްތައް […]

އެއަރ އެމްބިއުލާންސް ޚިދުމަތް 1800 ބަލިމީހުންނާ ހަމައަށް

މިހާތަނަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ބޭނުންކޮށްގެން ޖުމްލަ 1562 ކުއްލި ޞިއްޙީ ހާލަތު ކުރިއަށް ގެންދެވިފައިވެއެވެ. އެއަރ އެމްބިއުލާންސްގެ ސަބަބުން އެކި ރަށްރަށުން ޖުމްލަ 1800 ބަލިމީހުންނަށް ދަތުރުފަތުރުގެ އެހީތެރިކަން ފޯރުކޮށްދެވި، ޞިއްޙީ ފަރުވާ އަވަހަށް ލިބިގެން ގޮސްފައިވެއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ކުރިއެރުމެކެވެ. އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 01 ވަނަ ދުވަހުއެވެ. އެއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ޚާއްޞަގޮތެއްގައި ދުރު […]