އިސްތިއުފާ ދިނަސް އިސްލާހީ މަސައްކަތުގައި ދެމިހުންނާނަން: ފައްޔާޒު

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވިޔަސް އެމްޑީޕީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނޭ ކަމަށް ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ”ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި ވެސް އިސްލާހީ މަސައްކަތުގައި ތި ބޭފުޅުންނާ އެކު އަޅުގަނޑު ދެމިހުންނާނަމެވެ.“ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އޭނާ ވިދާޅުވެފައިވަނީ ”އެ މަގާމުގައި އަޅުގަނޑު ހުރި މުއްދަތުގައި […]
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވެއްޖެ

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް މިރޭ އެމަގާމުން އިސްތިއުފާ ދެއްވުމާ އެމަގާމް ހުސްވެއްޖެއެވެ. ފައްޔާޒު އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލިސް ޖަލްސާއަށްފަހުގައެވެ. އޭނާ އިސްތިއުފާ ދެއްވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. މިއަހަރު އޮގަސްޓު މަހުވެސް ފައްޔާޒު އިސްތިއުފާ ދެއްވަން ނިންމެވިއެވެ. އެހެންނަމަވެސް އެކިސަބަބުތަކާ ހެދި ލަސްވެގެންދިޔައީއެވެ. ފައްޔާޒު އެމްޑީޕީގެ ޗެއަރޕާސަނަކަށް ވަޑައިގެންނެވީ 2022 ވަނަ […]
ކޮންގްރެސް މެމްބަރުން ޖަލަށް ލާން ގޮވާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ 6 މެމްބަރުން ޖަލަށްލުމަށް ގޮވާލައްވައިފައެވެ. މިފަރާތްތަކުން ވަނީ އެމެރިކާގެ ސިފައިންނަށް ޓްރަމްޕް އަންގަވާ ޤާނޫނާ ޚިލާފު އަމުރަށް ތަބާނުވުމަށް ގޮވާލައްވައި ވީޑިއޯއެއް ޝާއިއުކުރައްވާފައެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވަނީ އެފަރާތްތަކާ ދެކޮޅަށް ހައްދުފަހަނަޅާފައިވާ ހަރުކަށި ބަސްމަގެއް ބޭނުންކުރައްވާފައެވެ. އަދި ބައެއް މެމްބަރުން ވަނީ އެފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ޒާތުގެ ބަހުރުވަ ޓްރަމްޕް ބޭނުން ކުރެއްވި ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. ޓްރަމްޕް ވަނީ […]
ޖެނޮސައިޑް ނިންމަން އެއްބަސްވި އެއްބަސްވުމާ ޚިލާފް ވަމުން

އިޒްރޭލުން ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ބޮން އަލަމުންނެވެ. އަދި އޭގެ އިތުރުން، ލުބްނާން އަދި ސީރިޔާގައި ވެސް ހަމަލަތައް ދެމުން ގެންދެއެވެ. އިޒްރޭލުން ވަނީ ޖެނޮސައިޑް ނިންމާ ކަމަށް ބުނެ ބެއްވި ސަމިޓްގެ ނިވަލުގައި އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަ ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމުގެ ސަބަބުން އެމެރިކާއިން މެދުވެރިވެގެން ގާއިމުކުރި ނާޒުކު ސުލްހައިގެ ރޭވުންތަކަށް ހުރަސްއެޅިފައި ވެއެވެ. އަދި އަރަބިން އެމީހުން އެހެން ކަންކަމުގައި މަޝްޣޫލު ވިނަމަވެސް ބައިނަލްއަގުވާމީ ފަރާތްތަކުގެ ފާޑު ކިޔުން […]
އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އަރިހަށް، އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވަލޮޕްމަންޓް އޮފީހުގެ ޕާލިމަންޓްރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް، މިނިސްޓަރ ސީމާ މަލްހޯތުރާ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މުލީއާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުމާއި، އިނގިރޭސިވިލާތުގެ ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމުގެ އިތުރުން، ޚާއްސަކޮށް އިޤްތިޞާދު ފުޅާކުރެއްވުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. މި […]
ދެ ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީކޮށްދޭނޭ ބަޔަކު ހޯދަނީ

ބ. އަތޮޅުގެ ދެރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކުރައްވައިފިއެވެ. އެދެރަށަކީ، ގޮއިދޫއާއި، ހިތާދޫ އެވެ. ގޮއިދޫ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީ އަދަދަކީ 56,000.00ރުފިޔާ ކަމަށް ފިނޭންސުން ވަނީ ވިދާޅުވެފައެވެ. ގޮއިދޫ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީ ޢަދަދަކީ 56,000.00 ރުފިޔާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުން […]
ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތް ފަށައިފި

ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރ އަބުދުﷲ ނާޘިމް އިބްރާހީމެވެ. މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށްޓެވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީއާއި، ހއ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ހއ.ދިއްދޫ ކައުންސިލުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެރަށުގައި ބިނާކުރަނީ 4 ފަންގިފިލާގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގައި 50 އެނދު […]
ސްޓައިޕެންޑް ދިނުމަށް ހުޅުވާލައިފި

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރެއިން ޕްރައިމަރީ، ދިވެހި އަދި އިސްލާމް މާއްދާ އިން ޓީޗިން ހަދާ ފަރާތްތަކަށް ސްޓައިޕެންޑްގެ ގޮތުގައި މަހަކު ފަނަރަސަތޭކަ ރުފިޔާ ދޭން ނިންމައިފިއެވެ. އެޑިޔުކޭޝަނުން ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގެ ދަށުން މިފައިސާ ލިބޭނީ ދިވެހިރާއްޖޭގެ ޔުނިވަރސިޓީ އަދި ކޮލެޖް ތަކުގައި، ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ކަމަށެވެ. މި ސްޓައިޕެންޑް ދިނުމުގައި ޚާއްޞަކޮށް ޕްރައިމަރީ ގްރޭޑްތަކަށާއި، އިސްލާމް އަދި ދިވެހި މާއްދާ ކިޔަވައިދޭނެ މުދައްރިސުން ލިބުން ދަތި ރަށްރަށުގެ ސްކޫލްތަކުގައި ވަޒީފާ […]
ޒިންހުއާއާއެކު މަސައްކަތް ކުރެވިދާނޭ ދާއިރާތަކާބެހޭ ގޮތުން މަޝްވަރާ ކޮށްފި

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މިނިސްޓަރ އޮފް ސްޓޭޓް، ޑރ. ޢަބްދުﷲ ނިޔާޒް، ޒިންހުއާ ނިއުސް އެޖެންސީގެ ޒެޖިއާންގް ބްރާންޗްގެ ޑެޕިއުޓީ ޑިރެކްޓަރ ޜާންގް ލީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ޗައިނާގެ ވެންޒޫގައި ބޭއްވުނު ’2025 މެރިޓައިމް ސިލްކް ރޯޑް އަރބަން ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް‘ އާއި ’އިންޓަރނޭޝަނަލް ޓްރެވަލް އެޖެންޓްސް ކޮންފަރެންސް’ގެ ހަވާސާގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ރާއްޖޭގެ ފަތުރުވެރިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވެމުންދާ މަސައްކަތްތަކާ […]
ޓިމްބަރ ހައުސްއިން މަލާއި، މޭވާގަސް ހަދިޔާ ކުރުމުގެ ވައުދު

ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދާ ’5 މިލިއަން ގަސް‘ ޕްރޮޖެކްޓަށް، މާގަސްތަކާއި މޭވާގަސްތައް ހަދިޔާކުރުމަށް ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑުން ވައުދުވެއްޖެއެވެ. މިވައުދުވީ ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ބައިވެރިވެފައިވެއެވެ. ”މި ވައުދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރުމާއި، ތިމާވެއްޓަށް […]
