އާމްދަނީގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓި، ޕީ.އެސް.އައި.ޕީގެ ދުވެލި ހަލުވިވެއްޖެ

ސަރުކާރުން މުސާރަތައް އެއްހަމަކޮށްފައިވާއިރު، އާމްދަނީގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓިފައިވާ ކަމަށް، 13 ނޮވެމްބަރ 2025 ގެ ނިޔަލަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ތައްޔާރުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ. ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 33.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރުގެ 30.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.9 އިންސައްތައި ގެ ކުރިއެރުމެކެވެ. ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ 7.7 އިންސައްތަ އިތުރުވެ 24.8 […]

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، މާލޭ، ދަފްތަރު ނަމްބަރު 020 / ބ. ދަރަވަންދޫ، ޙަމްދޫން ޢަބްދުﷲ (41އ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ސިވިލްކޯޓުން ފުލުހުންނަށް އަމުރު ކުރެއްވީ އޭނާ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީއެވެ. މި އަމުރު ތަންފީޒު ކުރުމަށްޓަކައި ފުލުހުން ގެންދަނީ އެމީހާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ. ކޯޓުން އަމުރުކޮށްފައިވަނީ އޭނާ ބަންދުގައި ބަހައްޓައިގެން 2025 ނޮވެމްބަރު […]

ދޮންބަންޑާރައިންގެ ޖިހާދަށް ފަޚުރުވެރިވަން: މެޑަމް ސާޖިދާ

މަލަބާރީންގެ އަތުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ބަތަލް ދޮންބަންޑާރައިންގެ މަތިވެރި ޖިހާދަށް ފަޚުރުވެރިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ހުރަވީ ދުވަހުގެ ތަހުނިޔާ ވިދާޅުވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއް އެކަމަނާ ވިދާޅުވެފައިވަނީ ”ހުރަވީ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަނީ، ދޮންބަންޑާރައިންގެ އަގުހުރި ޤައުމީ ޖިހާދަށް ފަޚުރުވެރިވެ، ޝުކުރާއި ސާބަސް ތަކުރާރު ކުރަމުން،“ ކަމަށެވެ. އެކަމަނާ ވިދާޅުވެފައިވަނީ، ދިވެހީންނަކީ އަބަދުވެސް، ގައުމު އިސްކުރާ، މިނިވަންކަމާއި އަމިއްލަވަންތަކަން […]

އެމްއެންޑީއެފްގެ އެކްސަސައިޒް ”ޖައްރާފާ“ ފަށައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެކްސަސައިޒް ”ޖައްރާފާ“ ގެ މި އަހަރުގެ ތަމްރީނުތައް މިއަދު ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ”މި އެކްސަސައިޒަކީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން 2013ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންގެންދާ އެކްސަސައިޒެކެވެ. އެގޮތުން މި އެކްސަސައިޒް ކުރިއަށްގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔަރ ފައިޓަރުން ހަރަކާތްތެރިވާ […]

ދޮންބަންޑާރައިންގެ ޖިހާދުގެ ހަނދާންތައް ވަނީ ދިރިދިރި: ރައީސް

ދޮންބަންޑާރައިންގެ ގައުމީ ޖިހާދަށް 281 އަހަރުވެގެންދިޔައިރުވެސް އެމަނިކުފާނުގެ ގައުމީ ޖިހާދުގެ ހަނދާންތައް ދިވެހި ފަސްގަނޑުގައި ވަނީ ދިރިދިރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހުރަވީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ”ދޮންބަންޑާރައިންގެ ހިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި،“ ކަމަށެވެ. މާލޭގެ އެތައް ތަނެއްގައި […]