މައުލޫމާތު ހޯދަން ހުށަހެޅުމުން ފީއެއް ނެގުން ރަނގަޅު: އިހުސާން

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ ކަންކަމަށް ޖަވާބުދިނުމަކީ ދައުލަތުން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަކަށްވާތީ، އެ ހިދުމަތް ހޯދުމަށް ވަކި އަގެއް ނެގުމަކީ ރަނގަޅު ގޮތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް މައުލޫމާތު ހޯދުމަށް ފީއެއް ނަގައެވެ. […]

ނިޒާމް ފުނޑާލަމުންދާއިރު ބަލަން ތިބެން ދެ ރައީސުންނަށް ފަސޭހައެއް ނުވާނެ: ސައްޕެ

އެމްޑީޕީން ދިވެހި ރައްޔިތުންނަށް ހޯދައިދީފައިވާ ހުރިހާރަނގަޅެއް މި ސަރުކާރުންދަނީ ނައްތާލަމުން ކަމަށް އެމްޑީޕީގެ ފައުންޑަރ މެންބަރެއް ކަމަށްވާ އަހްމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. މިކަން މިގޮތަށް ކުރަމުންދާ ވަގުތެއްގައި ކުރީގެ ދެ ރައީސެއް ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހަކަށް ބައްލަވަން ތިއްބަވަން ފަސޭހަފުޅު ނުވާނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ”އާސަންދަ ނިޒާމާއި ލާމަރުކަޒީނިޒާމު  ފުނޑުފުނޑު ކޮށްލާއިރު އަޅުއްވާ ނުލައްވާ ތިއްބެވުމަކީ ތިޔަބޭފުޅުންނަށް ފަސޭހަފުޅު ކަމަކަށް ނުވާނެކަން ޔަގީން. ތިޔަ ދެ ބޭފުޅުން […]