މޭޔަރު އާޒިމްގެ ވާހަކައަށް އެމްޑީޕީގެ ”މަންމަ“ މާރީޔާ ގަޔާނުވި

މޭޔަރު އާޒިމްގެ ވާހަކަތަކުގެ ސަބަބުން މާރީޔާގެ ޖަޒުބާތު ކޮންޓްރޯލް ނުވެ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފިއެވެ. އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި އެމްޑީޕީގެ ”މަންމަ“ މާރިޔާ އަޙުމަދު ދީދީގެ ޖަޒުބާތު ކޮންޓްރޯލް ނުވެ ބޭރުވީ މާލޭސިޓީގެ މޭޔަރު އާދަމް އާޒިން އެމްޑީޕީގެ މެންބަރުންނަށް ކުޑައިމީސް ބަހެއް ވިދާޅުވުމުން ކަމަށް މާރިޔާގެ ވާހަކަތަކުން އެނގެއެވެ. މާރިޔާ ހިތްހަމަ ނުޖެހުނީ އެމްޑީޕީގެ މެންބަރުންނަށް ނިސްބަތްކޮށް ”ރަޖާލައި، ހުންއައިސް، ފިލާތިއްބާ“ ފަދަ ބަސްތައް ބޭނުން ކުރެއްވުމުންނެވެ. މާރިޔާ ވިދާޅުވެފައިވަނީ އެމްޑީޕީގެ މޭޔަރ ޕްރައިމަރީގައި […]

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަނަކަށް ޣަފޫރު

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަނަކަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ މިރޭ އިންތިޚާބު ކޮށްފިއެވެ. ޣަފޫރު އެ މަގާމަށް އިންތިޚާބުކުރީ އެޕާޓީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. 66 މެންބަރުން ބައިވެރިވި މި ޖަލްސާގައި ޣަފޫރު އެމަޤާމަށް އިންތިޚާބު ކުރުމަށް 65 މެންބަރަކު ވަނީ ވޯޓު ދީފައެވެ. އެމްޑީޕީ ހިންގަން ވަގުތީ ޗެއަރޕާސަނެއް އިންތިޚާބުކުރީ ކުރިން އެމަގާމުގައި ހުންނެވީ ކުރީގެ މިނިސްޓަރ ފައްޔާޒު އިސްމާޢީލް އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމްޑީޕީގެ ޤައުމީ […]

އާދަމް އާޒިމް އެމްޑީޕީއަށް މަލާމާތްކޮށްފި ނަތީޖާ ހިތިވާނެ: ސައްޕެ

މާލޭސިޓީގެ މިހާރުގެ މޭޔަރ އާދަމް އާޒިމް އެމްޑީޕީގެ އާންމު މެންބަރުންނަށް ހުތުރު މަލާމާތް ކޮށްފި ކަމަށް އެމްޑީޕީގެ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (ސައްޕެ) ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ އާޒިމް އެމްޑީޕީއަށް ވަޑައިގެންނެވީ މީގެ ދެ އަހަރު ކުރިން ކަމަށާއި އާޒިމްގެ ބޭނުމަކީ ޓިކެޓު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ”ޓިއްގެ ބޭނުމުގައި މީގެ 2 އަހަރެއްހާ ދުވަސްކުރިން އެމްޑީޕީ އަށް އައިސް ފުންމާލި މީހަކު މިޒާތުގެ ވިޔާނުދާ ހުތުރު ވާހަކަ ދެއްކީމަ އެއްޗެކޭ ނުބުނެ ހުންނަން […]

މާލެއިން ގޯތި ދިނުމުގެ އުސޫލަށް ލުޔެއް

މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި މިހާރު ކަނޑައަޅާފައިވާ އުސޫލުތަކަށް ބަދަލު ގެނެސް، ރަށްވެހިކަމުގެ ފަސް އަހަރުގެ ޝަރުތަށް ލުޔެއް ދިނުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ. މާލެއިން ގޯތި ދިނުމުގައި ބަލާ މި މުއްދަތު ކުރުކުރުމަށް ނުވަތަ އެއްކޮށް އުވާލުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ގޯތި ދިނުމުގައި ބަލާ ރަށްވެހިކަމުގެ ފަސް އަހަރުގެ މުއްދަތު ކުރުކުރެވޭތޯ ބައްލަވާނެ ކަމަށެވެ. އަދި ހަމައެއާއެކު އެ މުއްދަތު އެއްކޮށް އުވާވެސް ލެވިދާނެ ކަމަށާއި، […]

ކުންފުނިތަކުގެ އިނާޔަތްތައް ކަނޑައަޅާ އުސޫލު އިސްލާހުކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތިކުރުން ”ވައިޓޭޖް“ މެތަޑަށް ބަދަލުކޮށް ބޯޑް ޗެއަރ އާއި، މެންބަރުންގެ އިނާޔަތްތައް ކަނޑައަޅާ އުސޫލު އިސްލާހުކޮށްފި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީ.ސީ.ބީ) ގެ ބޯޑުން ވިދާޅުވެއްޖެއެވެ. މި އުސޫލު އިސްލާހުކޮށްފައި ވަނީ، ނޮވެމްބަރު މަހުގެ 26ވަނަ ދުވަހު ބޭއްވި ޕީ.ސީބީ ބޯޑު މެންބަރުންގެ ބައްދަލުވުމުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ޕީސީބީން ބުރާސްފަތި ދުވަހު ނެރުނު ސަރކިއުލާގައި ބުނެފައި ވަނީ، ވަކި ޝަރުތެއް ފުރިހަމަނުވުމުން ކުރިން ގިންތި ބަދަލުނުވެ އޮތްއޮތުން […]

އެމްގެޕަކީ ދަނޑުވެރިކަމަށް އައި މުހިންމު ބަދަލެއްގެ ފެށުން: މިނިސްޓަރ

އެމްގެޕް (މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް) ޕްރޮގްރާމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދަތުރުގައި އައި މުހިންމު ބަދަލެއްގެ ފެށުން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދަނޑުވެރިން، އެމްގެޕްއަށް އަހުލުވެރިކުރުވުމަށް މީރުމާގައި އިއްޔެ ބޭއްވި ވޯކްޝޮޕްގައި ދެއްކެވި ވާހަކަފުޅުގައެވެ. އެކަމަނާ ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ނުވަތަ ދިވެހި ދަނޑުވެރިންނަށް ލިބެމުން އަންނަ ކުރިއެރުންތައް ވަރަށް އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ. ”ހަމައެކަނި މިދިޔަ އަހަރަށް ބެލި ކަމުގައި ވިޔަސް، […]

ޝާހީ ގުންޒަރަކާއި ބައެއް ހެދުންކޮޅުތަކުގެ ނަކަލު ހަވާލުކޮށްފި

ޝާހީ ގުންޒަރަކާއި ބައެއް ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތަކުގެ ނަކަލު ޕޮލިޓެކްނިކްގެ ފަރާތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލު ކުރައްވައިފިއެވެ. މިއީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމަކަށް މޯލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުކުރެއްވި ދިވެހި ތަރިކައިގެ ބައެއް ނަކަލު ތަކެކެވެ. މިތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޕޮލިޓެކްނިކްގައެވެ. އެ މިނިސްޓްރީއާ މި ތަކެތި ހަވާލުކޮށްދެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ ދިވެހި ޤައުމިއްޔަތުގެ […]

އެމްޑީޕީގެ ރައީސް ކަމުން ޝާހިދު އިސްތިއުފާ ދެއްވާ: ސައްޕެ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ އެމްޑީޕީ

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ދެއްކެވިފަދަ ހިތްވަރުގަދަ ނަމޫނާއާ އެއްގޮތަށް އެމްޑީޕީގެ ރައީސް ކަމުން ޢަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ފައުންޑިން މެންބަރެއް ކަމަށް އަޙުމްދު ޝަފީގު (މީމު ސައްޕެ) ގޮވާލައްވައިފިއެވެ. އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޝާހިދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާތީ ކަމަށެވެ. ”އެމްޑީޕއެމްޑީޕީގެ ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދަކީ ވެސް އެމްޑީޕީ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެކަން ހާމަކުރައްވައި އެކަމަށް ގަދައަޅާ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް! […]