އެމެރިކާގެ ވަގު ތެޔޮ ބޯޓެއް އީރާނުން ހިފައިފި

ގަލްފް އޮފް އޮމާންގައި ވަގަށް ތެޔޮ އުފުލަމުން ދިޔަ އެމެރިކާގެ ތެޔޮ ބޯޓެއް އީރާނުން ހިފަހައްޓައިފިއެވެ. އީރާނުގެ މީޑިއާއިން ބުނެފައިވަނީ ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ ކުރި މަސައްކަތުން ހިފާފައިވާ ތެޔޮ ބޯޓުގައި އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްގެ 18 ފަޅުވެރިން ތިބި ކަމަށެވެ. މި ތެޔޮ ބޯޓުން އުފުލީ ހަ މިލިއަން ލީޓަރުގެ ތެޔޮ ކަމަށް އީރާންގެ ދެކުނު ޕްރޮވިންސް ހޮރްމުޒްގާންގެ އޮފިޝަލަކާ ހަވާލާދީ ފާސް ނޫސް އެޖެންސީން ބުނެފައިވެ އެވެ. މި […]

ސިލޯނު މަސައްކަތު މީހުން ގައުމަށް ފޮނުވި ފައިސާ ދިވެހި ޖީޑީޕީއަށް ވުރެން ގިނަކަމަށް ދައްކާ

ގައުމުން ބޭރުގައި ދިރިއުޅޭ ސްރީލަންކާ މީހުން ސްރީލަންކާއަށް މިއަހަރުގެ ފުރަތަމަ 11 މަސްދުވަހުގެ ތެރޭގައި ފޮނުވާފައިވާ ފައިސާ ރައްޖޭގެ ގައުމި އުފެއްދުންތެރިކަމަށް ވުރެން ގިނަ ކަމަށް ދައްކައެވެ. ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ މިންވަރަކީ 7 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއަހަރުގެ ފުރަތަމަ 11 މަސްދުވަހުގެ ތެރޭގައި ބޭރުގައި ދިރިއުޅޭ ސިލޯނު މީހުން ސިލޯނަށް 7.19 ބިލިއަން ޑޮލަރުގެ ފައިސާ ފޮނުވާފައިވާ ކަމަށް އެގައުމުގެ މަރުކަޒީ ބެންކުން ބުނެއެވެ. ސްރީލަންކާގެ މަރުކަޒީ ބޭންކް އޮފް ސްރީލަންކާ […]

ސައޫދީ އަރަބިއްޔާއަށް ބޯކޮށް ވެހި ފެން ބޮޑު ވެއްޖެ

ސައުދީ އަރަބިއްޔާގެ ހުޅަނގު އައްސޭރީގައި މި ހަފްތާގައި ބާރުގަދަ ގުގުރުމާއި އެކު ރެކޯޑް އަދަދަކަށް ބޯކޮށް ވާރޭވެހި ޖިއްދާ އާއި ޔަންބުޢު ފަދަ މުހިއްމު ސިޓީތަކުގައި ފެން ބޮޑު ވެއްޖެއެވެ. ޑިސެމްބަރު 6 ން ފެށިގެން ޑިސެމްބަރު 10 އަށް ގަދައަށް ވިއްސާރަކޮށްފައި ވެއެވެ. މިމޫސުމީ ކާރިސާ ދިމާވެފައި ވަނީ ރެޑް ސީ ފިލްމު ފެސްޓިވަލްއާ އެވެ. މީސްމީޑިއާގައި މީހުން ލާފައިވާ ވީޑިއޯތަކުން ފެންނަނީ ބޯކޮށް ފެންގަނޑު އޮހިގެން ދިޔައިރު ކާރުތައްވެސް ދޮވެވިގެން ދިޔަ ތަނެވެ. އެންމެ […]

7 މިލިއަން ޔަހޫދީން ދެކެ 2 ބިލިއަން މުސްލިމުން ޖެހިލުންވޭ!

2025 ވަނަ އަހަރުގެ ކުރީކޮޅު ޕޮލެންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް  ވިދާޅުވި މި ވާހަކަ ވަނީ ވައިރަލް ވެގެން ގޮސްފައެވެ. ”ޔޫރަޕުގެ 500 މިލިއަން މީހުން މި އެދެނީ 140 މިލިއަން ރަޝިޔާ މީހުންގެ ކިބައިން އެމީހުން ސަލާމަތް ކޮށްދިނުމަށް އެދި އެމެރިކާގެ 300 މިލިއަން އެމެރިކާ މީހުންގެ ގާތުންނެވެ. މިއީ އަޅުގަނޑު ހައިރާންވާ ކަމެކެވެ.“ އަދި އޭނާއަށް ނިސްބަތް ކޮށް އިތުރު އެހެން ވާހަކައެއްވެސް ބުނެފައި ވެއެވެ. ”އަޅުގަނޑު ހައިރާން ވަނީ އިޒްރޭލުގެ 7 މިލިއަން […]

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނިފަހަރު ދޫކޮށްލައިފި

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ޑިސެމްބަރު ދިހައެއް އަދި އެގާރަވަނަ ދުވަހު މާލޭ އުތުރުފަރާތުގައި ކުރިއަށް ގެންދިޔަ އިހްތިޖާޖު ރޫޅާ ލުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ދޯނި މިހާރުވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ދޯނިފަހަރު ދޫކޮށްލީ ރޭގެ ވަގުތެއްގައެވެ. ”އިހުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 3 ދޯނި ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައި. ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވަނީ އެ ދޯނިތަކުގައި ތިބި ފަރާތްތަކާ ދޯނި ހަވާލުކުރުމަށްފަހު،“ ފުލުހުން ވިދާޅުވެފައިވެފައިވެއެވެ. […]

އެމްޑީޕީ ރޫޅާލުމުގެ މަސައްކަތް ކުރިއަށްދޭ، ވިސްނައިގެންތިބޭތި: ސައްޕެ

ރާއްޖޭގެ އެންމެ ގިނަދުވަސްވީ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ ރޫޅާލުމުގެ މަސައްލަތް ޕާޓީއާ އަދާވާތްތެރި މީހުން ކުރަމުންދާ ކަމަށް އެމްޑީޕީގެ ފައުންޑަރ މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އެ މަކަރުވެރި މަޅިތަކުގާ އެމްޑީޕީ މެންބަރުން ނުބެދި ސަލާމަތްވޭ ! އަދާވާތްތެރިން އެމްޑީޕީ ރޫޅައި ނައްތާލަން ކުރަމުންގެންދާ މަކަރުވެރި ހީލަތްތެރި މަސައްކަތްތަކާއި ރޭވުންތައް މިއަދުވެސް ބާރަށް ކުރިއަށް ދާކަން ސޯސަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ލިޔުންތަކުން ވަރަށްސާފު !… pic.twitter.com/aCDxJeaR4a — Meemu Sappe (@meemu_sapppe) […]

މެންބަރު މައުރޫފު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށައިފި

ބޮޑުކަންނެލި މަސްވެރީންގެ ޔޫނިއަނުން ކަނޑުމަތީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު (މަޓޭ) ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގެންގޮސްފިއެވެ. މިހަރަކާތުގައި އިސްކޮށްއުޅޭ އާދަމް ސަލީމް (އެޑަމް) ބުނީ މަޓޭ ހޮސްޕިޓަލަށް ގެންދިޔައީ އޭނާ ހައްޔަރު ކުރަން ފުލުހުން މަސައްކަތްކުރި ވަގުތު ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްކަމަށެވެ. ”އޭނާ ހައްޔަރުކޮށްފައިވަނީ ސިޑިމަތިން ދަމާފައި ގަދަކަމުން. އެވަގުތު ވަނީ އަނިޔާވެފައި،“ އޭނާ ބުނީ މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި ބިދޭސީންނަކީ ވޯކްޕާމިޓާ […]

ހެޔޮ އަގުގައި ތެޔޮ ވިއްކާ ފުރަތަމަ ޝެޑް ހުޅުވައިފި

ރާއްޖޭގެ ހުރިހާ އަތޮޅަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ފުރަތަމަ ފިއުލް ޝެޑް ރ. ދުވާފަރުގައި ހުޅުވައިފިއެވެ. މި ޝެޑް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުވާފަރަށް ވަޑައިގެންނެވެ. މި ފިއުލް ޝެޑަކީ ބޮޑު ކަންނެލީގެ މަސްވެރިންނަށް ”އެސްޓީއޯ ރޭޓު“ ގައި ނުވަތަ ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ވަސީލަތްތައް ގާއިމުކުރުމުގެ ޕްލޭންގެ ދަށުން ހުޅުވުނު […]

މަސާޖު މަރުކަޒަކުން 5 މީހަކު ނަގައިފި

މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އިތުރު މަސާޖު ޕާލަރުތަކެއް ބަލައިފާސްކޮށް، ފަސް މީހަކު ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މާލޭގައި ހިންގަމުން ދިޔަ އިތުރު ހަތަރު މަސާޖު ޕާލަރު ބަލައިފާސްކޮށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ފަސް ބިދޭސީއަކު އެ އިދަރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މިދިޔަ ބުދަ ދުވަހު ވެސް މިފަދަ އޮޕަރޭޝަނެއް ހިންގައި، ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށްފަ އެވެ. އެތަންތަނުން ތިން […]

ޖޯޑަންގެ ޕާލަމެންޓްގައި މެމްބަރު ދިން ކުރު ބަޔާން

ޖޯޑަންގެ ސަރުކާރުން ޕަލަމެންޓަށް ހުށަހަޅާފައިވާ ބަޖެޓާ މެދު މެމްބަރަކު ދެއްކި ވާހަކައަކީ މިހާތަނަށް މެމްބަރަކު ޕާލަމެންޓްގައި ދިން އެންމެ ކުރު ބަޔާން ކަމަށް މީޑިއާއިން ބުނެއެވެ. ޖޯޑަންގެ ޕާލަމެންޓްގެ މެމްބަރު އަބްދުއްރައޫފް ރަބީޙާތު އޭނަގެ ބަޔާން ސިފަކޮށްފައި ވަނީ ”ބަނޑަށްޖެހިފައިވާ މެމްބަރަކު“ ދިން އެންމެ ކުރު ބަޔާނުގެ ގޮތުގައެވެ. މި މެމްބަރުގެ ވާހަކަ ފަސް މިނެޓަށް ވުރެ ކުރެވެ. ބުރާސްފަތި ދުވަހު ބޭއްވި ބަޖެޓް ބަހުސްގައި މެމްބަރު ރަބީޙާތު، ބޮޑުވަޒީރާ މުޚާތަބު ކުރައްވައި ވިދާޅުވީ ތަކެތީގެ އަގު […]