ކަލަކު ވޮޑިގެންވާ ކަމަށް އިންކާރު ކުރާތީ ޑިބޭޓު ބާއްވައިފި

ކަލަކު ވޮޑިގެންވާ ކަމަށް އިންކާރު ކުރާތީ ބާއްވާ ޑިބޭޓު ބާއްވާފައި ވަނީ އިންޑިއާގެ ޕާލަމެންޓާ ކައިރީގައި އޮންނަ ކޮންސްޓިޓިއުޝަން ކްލަބުގެ ހޯލުގައެވެ. އެއްފަރާތުގައި ހުރީ ބޮލީވުޑްގެ ލެޖެންޑަރީ ފިލްމް ސްކްރިޕްޓާއި ލަވައާއި ޅެން ލިޔުންތެރިޔާ އަދި ކަލަކު ވޮޑިގެން ނުވާކަމަށް އިލްހާދީ ވާހަކަ ދައްކައި ވަކާލާތުކުރާ 79 އަހަރުގެ ޖާވިދު އަޚްތަރު އެވެ. އަނެއް ފަރާތުގައި ހުރީ ކޮލްކަތާގެ ޒުވާނެކެވެ. އޭނާއަކީ އިސްލާމީ އިލްމުވެރިއެކެވެ. އެއީ ވަޙުޔައިން ފައުންޑޭޝަންގެ މުފްތީ ޝަމާއިލް ނަދުވީ އެވެ. ދެ ގަޑިއިރު […]
ވާވުން ތާއަށް ރީނދޫ ސަމާލު ނެރެފި

ވ. އަތޮޅުން ފެށިގެން ތ. އަތޮޅާދެމެދުގެ ރަށްރަށަށް ރީނދޫ ސަމާލު ނެރެފިއެވެ. މެޓު އޮފީހުން ވިދާޅުވެފައިވަނީ މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރުނީ ބޯކޮށް ވާރޭވެހޭނޭ ކަމަށް ލަފާކޮށްފައެވެ. އަދި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭ ކަމަށްވެސް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ކަނޑުތައް ގަދަވާނޭ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. ރިނދޫ ސަމާލު ނެރެފައިވަނީ މިރޭ 7:45 އިން 11:00 އަށެވެ.
ވައިގަދަވާނޭ ކަމަށް ލަފާކޮށް ވައިޓު އެލާޓް ނެރެފި

ވައިގަދަވާނޭ ކަމަށް ލަފާކޮށް އދ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ވައިޓު އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީއިދާރާ އިން ވިދާޅުވެފައިވަނީ ވައިޓުއެލާޓު ނެރެފައިވާ ވަގުތުގައި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބޯކޮށްވާރޭ ވެހި ގުގުރާނޭ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މި އެލާޓް ނެރެފައިވަނީ އިރުއޮއްސި 6:30 އިން ފެށިގެން މިރޭ 11:30 އަށެވެ. މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން ކަނޑުދަތުރުފަތު ކުރާ ފަރާތްތަކުން […]
ގަނެވެނީ ވަގަށްނަގާފައިވާ މުދަލެއް ނޫންކަން ކަށަވަރު ކުރަންޖެހޭ: ފުލުސް

ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރާ މުދާ ހޯދާއިރު، ގިނަ ފަހަރަށް އެތަކެތި ހުންނަނީ ނުއަގުގައި އެހެން ފަރާތްތަކަށް ވިއްކާލާފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެހެންކަމުން ”މިފަދަ މުދާ ގަންނަ ފަރާތްތަކުން އެ މުދަލަކީ ވިއްކާމީހާ ކިހިނެތް ހޯދި މުދާކަން ކަށަވަރުކޮށް، އެ މުދަލެއް ވިއްކި ފަރާތުގެ ފުރިހަމަ މައުލޫމާތު ސާފުކުރުމާއި އެތަކެއްޗަކީ ވަގަށް ނަގައިގެން ވިއްކާ މުދަލެއް ނޫންކަން ކަށަވަރުކުރުމަށް އިލްތިމާސްކުރަމެވެ.“ މީގެ އިތުރުން މުދާ ގަތުމުގެ ކުރިން އެ މުދަލަކީ ވައްކަން ކޮށްގެން ހޯދާފައިވާ މުދާ […]
މާލެ: ފަސް ސަތޭކެ ހަތްދިހަހަތް ފަހަރު ބަލައި ފާސްކޮށްފި

ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 577ފަހަރު ބަލައިފާސްކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ފުލުހުން ވިދޅުވީ ފާއިތުވި 48 ގަޑިއިރުތެރޭގައި 128އިންޓަރެކްޝަން ހަދާފައިވނޭ ކަމަށެވެ. ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 15އުޅަނދެއް ޗެކްކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އޭގެތެރެއިން ތިން އުޅަނދެއް ވަނީ ޓޯވކޮށްފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޖުމްލަ 9 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓްޕެޓްރޯލް ކޮށްފައިވާ ކަމަށް ވެސް […]
ވަގަށް ނަގައިފައިވާ އިންޖީނެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ހުޅުމާލޭގެ ގެއަކުން ވަގަށްނަގާފައިވާ އައުޓްބޯޑް އިންޖީނެއް ފުލުހުން ހޯދައި އޭގެ ވެރިމީހާއާ ހަވާލުކޮށްފިއެވެ. މި އިންޖީނު ވަގަށްނަގާފައިވާ ކަމުގެ މައުލޫމާތު ފުލުހަށް ހުށަހަޅާފައިވަނީ މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ އިންޖީން ވަގަށްނެގީ ވެސް އެދުވަހު ކަމަށް ބެލެވެއެވެ. އެއި 140،000 ރުފިޔާގެ އަގުހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެކެވެ. ވަގަށް ނަގާފައިވާ މި އިންޖީނު ހޯދާފައިވަނީ، މިމައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޑިސެންބަރު 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި […]
ބޮންޑާއި ބީޗްގެ ޓެރަރިސްޓް ހަމަލާގެ ޖަވާބު ނުލިބޭ ސުއާލުތައް

ބޮންޑާއި ބީޗުގައި ދިން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެކެވެ. ކަމާބެހޭ ފަރާތްތަކުން އެއީ ”އިސްލާމީ ހަރުކަށި ފިކުރު“ ގެ ވަސްވާސް އިން ދީފައިވާ ހަމަލާއެއް ކަމަށް ލޭބަލް ކުރި ނަމަވެސް މި ހަމަލާއާ ގުޅޭ ބައެއް ތަފްސީލުތައް އަދިވެސް ސާފެއް ނުވެ އެވެ. އަދި ސުއާލުވެސް އުފެދެއެވެ. ހަމަލާދިން މީހުންނާ އައިސިސްއާ ގުޅުވަނީ އެމީހުންގެ ކާރުން އައިސިސްގެ ދެ ދިދަ ފެނިގެންނެވެ. ނަމަވެސް އެފަދަ އެއްވެސް އެއްޗެއް ހެއްކެއް އެމީހުންގެ ގެއިން ފެނިފައެއް ނުވެއެވެ. އެމީހުންގެ އެއްވެސް އިލެކްޓްރޯނިކް […]
ބާބާ ވާންގާ 2026 ވަނަ އަހަރަށް ލަފާ ކުރިކަންކަން

ކޮންމެ އަހަރަކުވެސް އަހަރު ނިމޭއިރު މީޑިއާގައި ބާބާ ވާންގާ ފާދިރީގެ ލަފާ ކުރުން ޝާއިއު ކުރެއެވެ. އޭނާއަކީ ލޯފަން އަންހެނެކެވެ. ބަލްގޭރިއާގެ މި ފާދިރީ އަންނަ އަހަރަށް އޭނާ ލަފާކޮށްފައިވާ ކަންކަން މިހާރު މިވަނީ މީޑިއާގައި އެނބުރެން ފަށައިފިއެވެ. އޭނާ ވަނީ ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާތަކާއި، ސައިންސްގެ ދާއިރާއިން އަންނާނެ އިންގިލާބީ ކުރިއެރުންތަކާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. ބާބާ ވާންގާ ބުނެފައި ވަނީ، 2026 ވަނަ އަހަރު ދުނިޔޭގެ ބޭރުން އަންނަ އައު ޙަޟާރާތެއްގެ ބަޔަކާ […]
