ކަލަކު ވޮޑިގެންވާ ކަމަށް އިންކާރު ކުރާތީ ބާއްވާ ޑިބޭޓު ބާއްވާފައި ވަނީ އިންޑިއާގެ ޕާލަމެންޓާ ކައިރީގައި އޮންނަ ކޮންސްޓިޓިއުޝަން ކްލަބުގެ ހޯލުގައެވެ.
އެއްފަރާތުގައި ހުރީ ބޮލީވުޑްގެ ލެޖެންޑަރީ ފިލްމް ސްކްރިޕްޓާއި ލަވައާއި ޅެން ލިޔުންތެރިޔާ އަދި ކަލަކު ވޮޑިގެން ނުވާކަމަށް އިލްހާދީ ވާހަކަ ދައްކައި ވަކާލާތުކުރާ 79 އަހަރުގެ ޖާވިދު އަޚްތަރު އެވެ. އަނެއް ފަރާތުގައި ހުރީ ކޮލްކަތާގެ ޒުވާނެކެވެ. އޭނާއަކީ އިސްލާމީ އިލްމުވެރިއެކެވެ. އެއީ ވަޙުޔައިން ފައުންޑޭޝަންގެ މުފްތީ ޝަމާއިލް ނަދުވީ އެވެ. ދެ ގަޑިއިރު ވަންދެން ޑިބޭޓް ކުރިއަށް ގެންދިޔައެވެ. އިންޑިއާގެ ކޭބަލް ޓީވީން ފެންނަ މަންޒަރުތަކާ ޚިލާފަށް މި ޑިބޭޓްގައި ހަޅޭއްލަވައި ހަދާފައެއް ނުވެއެވެ. އިހުތިރާމާއެކު ދެ ފަރާތުންވެސް ހަގީގަތް ހޯދުމުގައި ލޮޖިކް، ފަލްސަފާ، އަދި އިލްމީ ވާހަކަތައް ދައްކާފައި ވެއެވެ.
މި ޑިބޭޓު މޮޑެރޭޓް ކޮށްދީފައި ވަނީ ތަޖުރިބާކާރު ނޫސްވެރިޔާ ދަ ލަލަންޓޮޕްގެ ޕްރެޒެންޓަރ ސައުރަބް ދުވިވެދީ އެވެ.
ކަލަކު ވޮޑިގެންވާ ކަމަށް އިންކާރު ކުރާތީ ޑިބޭޓެއް ބާއްވަނީ – HIRI NEWS
އިންޑިއާ މުސްލިމުންނަކީ އެއްހާސް އަހަރަށް ވުރެން ގިނަ ދުވަސްވީ ދިގު ތާރީޚެއް އޮތް ބައެކެވެ. އިންޑިއާ މުސްލިމުންނަކީ އަރަބި އިނގިރޭސި އުރުދޫ އަދި ހިންދީ ބަހުން ފިކުރީ އުފެއްދުންތައް އުފައްދައި ފޮތްތައް ލިޔެފައިވާ ބައެކެވެ. އަރަބި ދުނިޔޭގައި ހަދީސް ޢިލްމަށް މަޝްހޫރު ޝާހް ވަލިއްޔުﷲ މުހައްދިސް ދެހްލަވީއާއި ޙުސައިން އަޙުމަދު ނަދްވީފަދަ އިލްމުވެރިންނަކީ އަރަބި ދުނިޔޭގައި އިހުތިރާމް ލިބިގެންވާ ބޭފުޅުންނެވެ.
The Lyricist and the Mufti: A Search for God in a Divided Age






