ބޮޑުބަދަލު އޮފީހުގެ ޑީޖީ ޙަސަލް ލަތީފް

ބޮޑުބަދަލު އޮފީސް އުފައްދައި، ޑީޖީއަކަށް ޙަސަން ލަތީފް

މުހައްމަދު އަލީ
ޖޫން 21, 2026

އެމްޑީޕީގެ ”ބޮޑު ބަދަލް“ އޮފީސް ގާއިމްކޮށްފި ކަމަށް އެޕާޓީން ބުނެފިއެވެ. އެ އޮފީސް ގާއިމްކޮށް ޑިރެކްޓަރ ޖެނެރަލް (ޑީޖީ) އައްޔަން ކުރައްވާފައިވަނީ އެޕާޓީގެ ކުރީގެ ޗެއަރޕަސަން އަލްއުސްތާޛު ޙަސަން ލަތީފް މިއަދު ހަމަޖައްސަވައިފިއެވެ.

މިއީ ”ބޮޑު ބަދަލް“ އޮފީސް ގާއިމް ކުރުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން އުފެއްދި އޮފީހެކެވެ.

އެމްޑީޕީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ “  2026 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއްވަވައި، މެންބަރުން ފާސްކުރައްވާފައިވާ ”ބޮޑު ބަދަލު“ އޮފީސް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމު ކޮށްފިއެވެ. މިއޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކީ އަލްއުސްތާޛް ޙަސަން ލަޠީފެވެ.“

”ބޮޑު ބަދަލު“ އަކީ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒު އިސްމާއީލް އިސްކޮށް ތިއްބަވައިގެން އެކުލަވާ ލައްވާފައިވާ މެނިފެސްޓޯއަށް ކިޔާފައިވާ ނަމެވެ. މިއީ މިސަރުކާރު ޒިންމާދާރު ކަމާއެކު ޖަވާބުދާރީ ކުރުވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން އެކުލަވާލި މެނިސްފެސްޓޯއެކެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *