އެމްޑީޕީގެ ގާނޫނޫ ޓީމުގެ ބައެއް ބޭފުޅުން އަނަސް އަބްދުއްސައްތާރާއެކު: ފޮޓޯ އެމްޑީޕީ

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގައި ބައިވެރިވާން ހުޅުވާލައިފި

ހިރި ނިއުސް
ޖޫން 21, 2026

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތި ލުމުގެ ފުރުސަތު އެޕާޓީން ހުޅުވައިފިއެވެ. އެގޮތުން 21 ކޮމިޓީއެއްގައި ބައިވެރިވެ މަސައްކަތް ކުރުމަށް ފުރުސަތުވަނީ ހުޅުވާފައެވެ.

އެޕާޓީން ހުޅުވާލައިފައިވާ ފުރުސަތުގެ މުއްދަތު ހަމަވާނީ ޖޫން 23 ގައެވެ.

އެކޮމިޓީތަކުގައި ބައިވެރިވެ ”މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ޕާޓީގެ މެންބަރުންނަށް މިއަދުން ފެށިގެން 23 ޖޫން 2026 ގެ ނިޔަލަށް އަންނަނިވި ކޮމިޓީތަކުން ބޭނުންފުޅުވާ ކޮމިޓީ އެއްގައި ބައިވެރިވެ މަސައްކަތް ކުރެއްވުމަށް ހުޅުވާލީމެވެ.ކޮންމެ މެންބަރަކަށްވެސް ޝައުޤުވެރިކަންފާޅުކުރެވޭނީ ގިނަވެގެން ދެ ކޮމިޓީއަށެވެ.“ އެޕާޓިން ބުނެފައިވެއެވެ. ކޮމިޓީގައި ބައިވެރިވުމަށް ގޫގުލް ފޯމެއް ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމިޓީ ތަކަކީ:

1.  އިންތިހާބާބެހޭ ކޮމިޓީ

2.  ކެންޕޭން ކޮމިޓީ

3.  ޗަންދާ ކޮމިޓީ

4.  އިންތިޒާމް ކުރުމާބެހޭ ކޮމިޓީ

5. މީޑިއާ ކޮމިޓީ

6. ޤާނޫނީ ކޮމިޓީ

7. ލާމަރުކަޒީ ކޮމިޓީ

8. ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ކޮމިޓީ

9. މެކްރޮއިކޮނޮމިކް ކޮމިޓީ

10. އެސް.އެމް.އީ ކޮމިޓީ

11. މަސްވެރިކަމާ ދަނޑުވެރިކަމާބެހޭ ކޮމިޓީ

12. ޓޫރިޒަމް އާއި ޓްރާންސްޕޯރޓް ކޮމިޓީ

13. އެންވަޔަރަމްންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

14. ގެދޮރާބެހޭ ކޮމިޓީ

15. ސިއްހަތާ އިޖްތިމާއީ ކޮމިޓީ

16. ތައުލީމާބެހޭ ކޮމިޓީ

17. ޔޫތު އެންޑް ރިސޯސަސް ކޮމިޓީ

18. އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

19. ފިޔަވަޅުއަޅާ ކޮމިޓީ

20. ލޭބަރ ރިލޭޝަންސް ކޮމިޓީ

21. ޕްރިވެންޝަން، ރިހެބިލިޓޭޝަން އެންޑް ރިއިންޓެގްރޭޝަން ރިސާޗް ކޮމިޓީ

 

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *