މަސްތުވާތަކެއްޗާއެކު މާލެއިން ހަތަރު މީހަކު ހައްޔަރު ކޮށްފި

މާލޭގެ ގެސްޓުހައުސްއަކާއި އެޕާޓުމަންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ މިއީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ. 10367 / މާލެ، ޙަސަން އަނަސް (22އ) އާއި އަތަގަސްދޮށުގެ / ދޫޑިގަން.ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ) އާއި އާވެލި / ބ. ގޮއިދޫ، ޙުސައިން ޝަރުވާން […]
ކުޑަކުދިންނަށް، ކުދި ފިލްމު އުފެއްދުމުގެ ޤައުމީ މުބާރާތެއް ބާއްވަނީ

ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް އަންނަ އަހަރުން ފެށިގެން ސަރުކާރުން ހަމަޖައްސަވައި ދެއްވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް އަންނަ އަހަރުން ފެށިގެން ހުޅުވާލައްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީ ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ޞަލާހުއްދީން ސްކޫލްގައި […]
ދިޔަވަމުންދިޔަ ލޯންޗަކަށް ކޯސްޓުގާޑުންގެ އެހީދީފި

ހުޅުމާލޭ ފަޅުތެރޭގައި އޮއްވައި ދިޔަވަމުންދިޔަ ”ރެފްކޫލް އެކްސްޕްރެސް 2“ ނަމަކަށް ކިޔާ ލޯންޗަކަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީން އެހީތެރިކަން ފޯރުކޮށްދީފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މި މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ވަނީ ލޯންޗު އޮތް ސަރަހައްދަށް ގޮސް، ލޯންޗުން ދިޔަހިއްކުމުގެ މަސައްކަތް ވަނީކޮށްފައެވެ. އަދި، ލޯންޗު ދިޔަވަމުންދާ ސަބަބު ދެނެގަނެ، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގެ ސިފައިން ވަނީ ލީކުވަމުންދާ ސަރަހައްދު ބެއްދުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. […]
ރާއްޖެއިން އަނެއްކާވެސް ކިނބުލެއް، ދޫކޮށްލާނީ ރާއްޖެ ނާދެވޭ ގޮތަށް

ރާއްޖެއިން އަނެއްކާވެސް ކިނބުލެއް ފެނިއްޖެއެވެ. މިފަހަރު ކިނބޫ ފެނުނީ ކ.ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ކިނބޫ ފެނިފައިވަނީ، ”ރަންމުތް “ ނަމަކަށް ކިޔާ ދޯންޏަކަށެވެ. އިއްޔެ އެ ދޯންޏަށް އެ ފެނުމުން އޭގެ މީހުން ވަނީ ކިނބޫ ހިފައިފައެވެ. މިއީ 6 ފޫޓު ދިގު ކިނބުލެކެވެ. އިއްޔެ ސިފައިން ވަނީ ކިނބޫ އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ފުލުހުން މިހާރު ގެންދަވަނީ އެ ކިނބުލަށް ދެން ރާއްޖެއަށް […]
