ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީއާ ގުޅިގެން ޝަކުވާއެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފިއެވެ. ޕްރައިމަރީ އޮންނާނީ އަންނަ އަހަރު ޖަނަވަރީ 16 ވަނަދުވަހުއެވެ. އެޕާޓީން މިހާރުވަނީ ހުށަހެޅޭ ޝަކުވާތައް ބެލުމަށް އިންތިޚާބާއިބެހޭ ޤަވައިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމްޕްލެއިންޓްސް ކޮމިޓީ އެކުލަވާލައިފައެވެ. ”ވީމާ، އިންތިކާބާއިގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ކޮމެޕްލެއިންޓްސް ކޮމިޓީއަށް ޙުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.“ އެޕާޓީން ބުނެފައިވެއެވެ. ކޮމްޕްލެއިންޓްސް ކޮމިޓީގައި ހިމެނެނީ އަލްއުސްތާޛު އަނަސް […]
އެމްޑީޕީ ޕްރައިމަރީ ޖަނަވަރީ ސޯޅައަށް އަވަސް ކޮށްފި

ކުރިއަށްއޮތް ލޯކަލަކައުންސިލް އިންތިޚާބާއި ޑަބްލިޔުޑީސީ ގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނޭ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އެޕާޓީން އަވަސް ކޮށްފިއެވެ. އެޕާޓީން ބުނެފައިވަނީ ޕްރައިމަރީގެ ވޯޓްލާނީ އަންނަ އަހަރު ޖަނަވަރީމަހު 16 ވަނަ ވާ ހުކުރުދުވަހު ކަމަށެވެ. އެދުވަހު ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ކަމަށްވަނީ އެޕާޓީން ބުނެފައިވެއެވެ. ޕްރައިމަރީ ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ ޖަނަވަރީ 30 ގައެވެ. މިބަދަލު ގެނައީ އިލެކްޝަން ކޮމިޝަންއިން އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފޯމް […]
އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓު އާންމުކޮށްފި

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ އަދި 41 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ސިޓީ / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި، އެ ޤާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކޮންމެ ސިޓީއެއް / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް […]
އޮފިޝަލުން ހޯދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހޯދުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މި މުއްދަތު ދެން ހަމަވާނީ 2026 ވަނަ އަހަރު މާރިޗުމަހު 22 ވާ އާދީއްތަ ދުވަހުގެ 15:00 އަށް ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ. ”މިމުއްދަތު އިތުރުކޮށްފައިވަނީ، އަންނަ އަހަރުގެ އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ […]
ޑްރެޖަރ ހޮޅިތަކެއް އޮޔާދާތީ ސަމާލުވާން އިލްތިމާސް ކޮށްފި

ކ. ނަކައްޗާފުށީގެ ހުޅަނގުދެކުނުން އަރިއަތޮޅާ ދިމާއަށް ޑްރެޖަރ ހޮޅިތަކެއް އޮޔާދާތީ، ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ. މިއީ ނަކައްޗާފުށި ކައިރީ ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް 100 މީޓަރުގެ ޑްރެޖަރ ހޮޅިތަކެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހޮޅިތައް އޮޔާދަނީ ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށެވެ. އެހެންކަމުން އަލިހުރަސްކަނޑާއި، މި ސަރަހައްދު ކައިރިން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް […]
ނަތަންޔާހޫއާ ބައްދަލުކުރައްވުމަށް ސީސީ ބޭނުންފުޅެއް ނޫން

ޖެނޮސައިޑް ހިންގި މޭސްތިރިއާ ބައްދަލު ކުރުމަށް މިސްރުގެ ރައީސްގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް މިސްރުން ބުނެއެވެ. މިސްރުގެ ރިއާސީ ގަނޑުވަރުންނާއި މިސްރުގެ ޖާސޫސީ އިދާރާއިން ބުނަނީ ރައީސް އަބްދުލް ފައްތާހު ސީސީގެ ފަރާތުން ޔަހޫދީ ޒަޔަނިސްޓު ނަތަންޔާހޫއާ ބައްދަލު ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. މިއީ ރައީސް ސީސީގެ ނާދިރު ސިޔާސީ މައުގިފެއް ކަމަށް މުހައްލިލުން ދެކެއެވެ. މީގެ އިތުރުން އެމެރިކާގެ ޓްރަމްޕް ރައީސާ ވައިޓްހައުސްގައި ބައްދަލު ކުރުމަށް ދައުވަތު ދެއްވުމުން އެކަމަށްވެސް ސީސީ […]
މާލޭގެ މުސްތަޤުބަލު ކަނޑައަޅާނީ ރައްޔިތުންނާއެކު: މޭޔަރ ޢާޒިމް

މާލެ ސިޓީގެ މުސްތަޤުބަލުގެ ޕްލޭންތައް އެކުލަވާލައި ނިންމާނީ ”ބަންދު ކޮޓަރިތަކެއްގެ“ ތެރޭގައި ނޫން ކަމަށް މާލޭސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. އޭގެ ބަދަލުގައި އެކަންކަން ނިންމާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި މަޝްވަރާއާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. މޭޔަރ މިހެން ވިދާޅުވީ، މާލޭގެ ”ރިވައިޒްޑް ލޭންޑް ޔޫސް ޕްލޭން“ ނުވަތަ ބިމުގެ ޕްލޭނާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިއަދު މީރުމާ މާލަމުގައި ބޭއްވި ޚާއްޞަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ. މި […]
މަސްތުވާތަކެއްޗާއެކު، ވަންދޫން ފުލުހަކު ހައްޔަރު ކޮށްފި

ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ތ. ހިރިލަނންދޫ، ދިލާސާގޭ، މުޙައްމަދު ނަވާޒެވެ. އޭނާގެ އުމުރަކީ ފަންސަވީސް އަހަރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައާ ގުޅިގެން މުޙައްމަދު […]
ހާދީގެ މަރާ ގުޅިގެން ހާލަތު ގޯސްވެއްޖެ

ދަރިވަރުންގެ ލީޑަރު ޝަރީފް އުސްމާން ހާދީ މަރުވުމާ ގުޅިގެން ކޮންމެ ހިނދެއްގައިވެސް ޑާކާ އުތުރި އަރައިފާނެ ކަމަށް ބެލެވެއެވެ. އިއްޔެ ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ޑާކާ އާއި އެހެނިހެން މުހިންމު ސިޓީތަކުގައި ފުލުހުންނާއި ޕެރަމިލިޓަރީ ފޯސްތައް ރުކުރުވާލާފައެވެ. އުސްމާން ހާދީގެ މަރާ ގުޅިގެން މުޒާހަރާ ކޮށްފައިވާ މީހުންގެ ތެރޭގައި ހައްދުފަހަނަޅާފައިވާ ގްރޫޕްތައް ވެސް ހިމެނޭ ކަމަށް ފުލުހުން ލަފާ ކުރެއެވެ. މުޒާހަރާގައި ވަނީ އިންޑިއާއާ ދެކޮޅަށް ޝުއޫރުފާޅުކޮށް، ވެރިރަށް ހުއްޓުމަކަށް […]
ދެބެއިންގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އެކެއްގެ މައިނާރު ބުރިވެއްޖެ

ހުޅުމާލޭ ހިޔާ އަށްވަނަ ޓަވަރުގެ އެޕާޓުމެންޓެއްގައި ދެބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކެއްގެ ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މިހާދިސާ ހިގާފައިވަނީ މިއަދު ކަމަށެވެ. ފުލުހުން އެ އެޕާޓުމެންޓަށް ދިޔައީ އެތަނުގައި އަޑުގަދަ ކުރާކަމަށް ލިބުނު ރިޕޯޓަކަށް ފަހުއެވެ. ”މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެއެޕާރޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވޭ. ޒަޚަމް ވެފައިވަނީ 38 އަހަރުގެ […]
