މުސްލިމުންނާއެކު ދުނިޔޭގެ ތާރީޚުގެ ރަންޒަމާން

އިސްލާމީ ތާރީޚަކީ ދުނިޔޭގެ ޗާޓާއި އިންސާނީ ޙަޟާރަތް ބަދަލުކޮށްލި ވަރުގަދަ ބާރެކެވެ. މުސްލިމުންނަކީ ދުނިޔޭގެ ތާރީޚުގައި އެއްއިރެއްގައިވެސް ބާކީކޮށްލެވޭނެ ބައެއް ނޫނެވެ. މީލާދީން 571 ވަނަ އަހަރަކީ މުޅި އިންސާނިއްޔަތަށް އައި އެންމެ ބޮޑު ބަދަލުގެ ފެށުމެވެ. އެއީ ކައު އިތުރު ރަސޫލާ މުޙައްމަދު ﷺ އުފަންވެވަޑައިގަތް އަހަރެވެ. އެކަލޭގެފާނުގެ ރިސާލަތާއެކު، ދުނިޔެ ދުށް އެންމެ ވަރުގަދަ އުންމަތް ބިނާވެގެން ދިޔައެވެ. އިސްލާމީ ދައުލަތުގެ ފެށުމާއި ޚުލަފާއުއްރާޝިދޫންގެ ޒަމާނަކީ ފާހަގަ ވެގެން ދިޔަ ޒަމާނެކެވެ. ކައު އިތުރު […]

ފަރަންސޭސި މިއުޒިއަމްގައި އަޒުހަރު ކުއްޖެއްގެ ބޮލުގެ ނާށިގަނޑު

ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުންނަ ”އިންސާނުންނާ ބެހޭ ދާރުލްއާސާރު“ ގައި މިޞްރުގެ އަޒްހަރު ޔުނިވަރސިޓީގެ ދަރިވަރެއްގެ ބޮލުގެ ނާށިގަނޑު ރައްކާކޮށްފައި ވެއެވެ. މިސްރު މީހުން ދަނީ މި ނާށިގަނޑު އަނބުރާ ގައުމަށް ގެނައުމަށް ގޮވާލަމުންނެވެ. މި ބޮލުގެ ނާށިގަނޑުގައި ފަރަންސޭސި ބަހުން ލިޔެފައިވާ ލިޔުމެއްގައިވަނީ، މިއީ ޖެނެރަލް ކްލެބަރ އަވަހާރަކޮށްލުމުގައި ބައިވެރިވި މިސްރުގެ ލީޑަރެއްގެ ބޮލުގެ ނާށިގަނޑު ކަމަށާއި، މިއީ ބެރަން ލެރީ ކިޔާ މީހަކު ހަދިޔާކުރި އެއްޗެއް ކަމަށެވެ. މި ބޮލުގެ ނާށިގަނޑުގެ ވެރިޔަކީ މީގެ އަހަރުތަކެއް […]

މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

މުދާތަކެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ، ހއ.ހޯރަފުށީ، ޢާފިޔާ، އަޙްމަދު ޢަލީ (47އ) އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުޙައްމަދު ޢާދިލް (57އ) ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެތި ފެނިފައިވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގައި ޑިސެންބަރ 25 ވަނަ ދުވަހުއެވެ. މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ. […]

އަރަބި ގައުމުތަކުން އެމެރިކާއަށް ބަރޯސާވީމަ ވީ ކިހިނެއް؟

އަރަބިން އަރާމުގައި ތިއްބައި އިސްރާއީލުން މެދުއިރުމަތި އެއްކޮށް ހިފައިފިއެވެ. އިސްރާއީލުން އެންމެފަހުން ވަނީ އަރަބި ސަރަހައްދާއި މެދުއިރުމަތީގެ އެންމެ މުހިންމު އެންމެ ސްޓްރެޓިޖިކް ތަން ކަމަށްވާ ބާބުލްމަންދަބް އިސްރާއީލުގެ ބާރުގެ ދަށަށް ގެނަސްފައެވެ. ބާޣީ ދައުލަތް ކަމަށްވާ ސޯމާލީ ލޭންޑްއަކީ މިނިވަން ގައުމެއް ކަމަށް އިސްރާއީލުން ބަލައި ގަތުމުން އިސްރާއީލަށް 70 އަހަރުގެ ތެރޭގައި ކުރި މަސައްކަތް ވަށާ ޖަހައި ލެވި އަރަބި ސަރަހައްދުގެ ބާރު އެއްކޮށް ކޮންޓްރޯލު ކޮށްލެވުނީއެވެ. މިކަން އިސްރާއީލަށް ހާސިލު ކުރެވުނީ އަރަބިން […]

އެމެރިކާގެ ކުންފުނިތައް ބަނގުރޫޓުވަނީ

އެމެރިކާގެ ބޮޑެތި ކުންފުނިތައް ބަނގުރޫޓުވާ މިންވަރު 2010 ވަނަ އަހަރަށްފަހު އެންމެ މަތީ މިންވަރަކަށް ހިނގައްޖެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް 717 ކުންފުންޏަކުން ވަނީ އިފްލާސް ކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ. އެމެރިކާ ކުންފުނިތައް ބަނގުރޫޓުވާން މެދުވެރިވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ޓްރަމްޕްގެ ސަރުކާރުން އެހެން ގައުމުތަކުން ގެންނަ މުދަލަށް ތައާރަފުކުރި ޓެރިފްތަކެވެ. މި […]

މޫސުމީ ކާރިސާތަކުން ދުނިޔެއަށް 122 ބިލިއަން ޑޮލަރުގެ ގެއްލުން

މޫސުމީ ބަދަލުތަކާ ގުޅުންހުރި 2025 ވަނަ އަހަރުގެ އެކިއެކި ކާރިސާތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް 120 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އާ ރިޕޯޓަކުން ދައްކައިފިއެވެ. ނަމަވެސް، ފަގީރު ގައުމުތަކުގައި ހިނގާފައިވާ ގިނަ ހާދިސާތަކަކީ އިންޝުއަރެންސް ކޮށްފައިވާ ކަންކަމަށް ނުވާތީ، މިއީ އަސްލު ގެއްލުމުގެ ކުޑަ މިންވަރެއް ކަމަށް ކްރިސްޓިއަން އެއިޑްއިން ނެރުނު ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮންމެ ކާރިސާއަކުން 1 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުން ލިބުނު 10 […]