ޚާލިދާ ޒިޔާގެ ހާލުކޮޅު ވަރަށް ބޮޑަށް ސީރިއަސްވެއްޖެ

ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި ބީއެންޕީގެ ޗެއާޕާސަން ބޭގަމް ޚާލިދާ ޒިޔާގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ، ނާޒުކު ފައްތަރެއްގައިވާ ކަމަށް އެކަމަނާއަށް ފަރުވާ ދެމުންދާ މެޑިކަލް ބޯޑުން ދެންމެހާމަކޮށްފިއެވެ. އެކަމަނާއަށް މިހާރު ފަރުވާ ދެމުންދަނީ އެވަކެއާ ހޮސްޕިޓަލުގެ ކްރިޓިކަލް ކެއާ ޔުނިޓް (ސީސީޔޫ) ގައެވެ. މެޑިކަލް ބޯޑުގެ މެންބަރެއް ކަމަށްވާ ޑރ. ޒިއާއުލް ހައްގު ވިދާޅުވި ގޮތުގައި، ޚާލިދާ ޒިޔާގެ ހާލުކޮޅު އިންތިހާއަށް ސީރިއަސްއެވެ. ”ޚާލިދާ ޒިޔާ މިހާރު އޮންނެވީ ލައިފް ސަޕޯޓްގައެވެ. އަދި […]
މަސްތުވާތަކެއްޗާއެކު ދުވާފަރުން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިންމީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވެފައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ދުވާފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ދަފްތަރު ނަންބަރު 0098، […]
ޓޯވކުރި އުޅަނދުފަހަރުގެ ތެރެއިން ސަތޭކަ ފަސް އުޅަނދެއް ދޫކޮށްފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އެއްގަމު އުޅަނދުފަހަރު ޓޯވކޮށް، ޕާކިންގ ތަރުތީބުކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ޓޯވ ކުރި އުޅަނދުތަކުގެ ތެރެއިން އުސޫލުގެ ތެރެއިން ޖުމްލަ 105 އުޅަނދެއް މިހާތަނަށް ދޫކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއީ ފުލުހުންނާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ޓޯވކޮށްފައިވާ އުޅަނދުފަހަރު ދޫކުރުމުގެ އިދާރީ ކަންކަން ހުޅުމާލެ ފޭސް 1 […]
ނިވާކަން ކުޑަހެދުން އަޅައިގެން ފަތުރުވެރިން އުޅޭތީ ގެސްޓުހައުސްތަކަށް މައުލޫމާތު ދީފި

ހުޅުމާލޭ ގެސްޓުހައުސް ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. ޑިސެމްބަރު 29 ވަނަ ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޓޫރިސްޓް ޕޮލިހާއި ނެއިބަހުޑް ޕޮލިސް ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ޕްރޮގްރާމަކީ ހުޅުމާލޭގައި ފަތުރުވެރިން ނިވާކަންކުޑަ ހެދުން އަޅައިގެން ބީޗުގައި އުޅޭ މައްސަލަ ހުއްޓުވުމަށް ގެސްޓުހައުސް ތަކުގެ ވެރިން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ޕްރޮގްރާމްގައި، ފަތުރުވެރިން ބިކިނީ ލައިގެން މޫދަށް އެރުމާއި […]
ފާއިތުވި 48 ގަޑިއިރުތެރޭ މާލެއިން ފަސް އުޅަނދެއް ޓޯވކޮށްފި

ފާއިތުވިސް 48 ގަޑިއިރުތެރޭ މާލެއިން ފަސް އުޅަނދެއް ޓޯވކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެވަގުތުތަކުގައި 44 އުޅަނދެއް ބަލައި ޗެކްކޮށްފައިވާ ކަމަށެވެ. މިއީ މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ހިންގި އޮޕަރޭޝަނެކެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 432 ފަހަރު ބަލައިފާސްކޮށް، 160 އިންޓަރެކްޝަން ހަދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލް […]
އެއަރޕޯޓް ކްރައިސިސް މެނޭޖްމަންޓާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާދެމެދު އެއަރޕޯޓް ކްރައިސިސް މެނޭޖްމަންޓާ ގުޅޭ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި ކަމަށ ފުލުހުން ވިދާޅުވެއްޖެއެވެ. މިއެއްބަސްވުމުގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މި ފަހުނާމާއަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރަށް […]
އެމްއައިސީގެ ތައުރީފް، ރައީސް އަޅުއްވާ ފިޔަވަޅުތަކަށް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އިޢުލާނުކުރި އިސްލާހީ ފިޔަވަޅުތަކަށް، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަމްސީލުކުރާ މޯލްޑިވްސް އިންޑަސްޓްރީ ޗޭމްބަރުން ތާއީދުކޮށްފިއެވެ. މި އިސްލާހުތަކަކީ ސަރުކާރުގެ އިދާރީ ހުރަސްތަކުގެ ސަބަބުން ލަސްވަމުންދާ މި ދާއިރާއަށް ލިބުނު ވަރަށް އަވަސް އަދި އަމާޒުހިފާފައިވާ އެހީތެރިކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރެއެވެ. މޯލްޑިވްސް އިންޑަސްޓްރީ ޗޭމްބަރުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން […]
ޔަހޫދީން ބޭރުކޮށްލަން ޖެހުނީ ކީއްވެ

ތާރީޚީ ލިޔުންތަކަށް ބަލާއިރު، ޔަހޫދީން ވަނީ އެކި ޒަމާންތަކުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ޤައުމުތަކުން ބޭރުކޮށްލާފައެވެ. މިގޮތުން 1290 ވަނަ އަހަރު އިނގިރޭސިވިލާތުން އެމީހުން ބޭރުކޮށްލިއެވެ. އަދި، 1306 ވަނަ އަހަރު ފަރަންސޭސިވިލާތުން ބޭރުކޮށްލިއެވެ. އަދި 1430 ވަނަ އަހަރު ޖަރުމަނުވިލާތުން ޔަހޫދީން ބޭރުކޮށްލިއެވެ. މީގެ އިތުރުން ސްޕެއިން، ޕޯޗުގަލް، ރަޝިޔާ އަދި އިޓަލީ ފަދަ ޤައުމުތަކުން ވެސް އެކި ދުވަސްވަރު މަތިން ޔަހޫދީން ވަނީ ބޭރުކޮށްލާފައެވެ. މިކަމުގެ އަސްލު ސަބަބުތަކަށް ބަލާއިރު، އެ ދުވަސްވަރުގެ އެހެން […]
ވިސްނުމެއް ނެތި ޖެނޮސައިޑް ހިންގާލަނީ ކިހިނެއް؟

ތާރީޚީ ގޮތުން ބަލާއިރު، އިންސާނީ ނަސްލު ނައްތާލުމުގެ ބޮޑެތި ޖަރީމާތަކަކީ ވަރަށް ރޭވުންތެރިކަމާއެކު ޔޫރަޕުގެ ސަރަހައްދުގެ ލަޝްކަރުތަކުން ތާރީޚުގެ ހުރިހައި ފައްތަރެއްގައި ހިންގާފައިވާ ކަންކަމެވެ. ރޯމަނުންގެ ވެރިކަމުގައި އަދި އެއަށްފަހު ސޮލީބީން އަދި އޭގެ ފަހުން އުތުރު އެމެރިކާގައި މިމީހުން ނަސްލު ނައްތާލައި ޖެނޮސައިޑް ހިންގާލަނީ ވިސްނުމެއް ފިކުރެއް ނެތިއެވެ. ބައެއް ފަހަރު އެއްވެސް ރަޙުމެއް ނެތި ޖެނޮސައިޑް ހިންގާފައިވެއެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ ގަޔަސް ޖޫލިއަސް ސީޒަރުގެ ވެރިކަމުގައި ގޯލް (މިހާރުގެ ފަރަންސޭސިވިލާތް) […]
