ތާރީޚީ ގޮތުން ބަލާއިރު، އިންސާނީ ނަސްލު ނައްތާލުމުގެ ބޮޑެތި ޖަރީމާތަކަކީ ވަރަށް ރޭވުންތެރިކަމާއެކު ޔޫރަޕުގެ ސަރަހައްދުގެ ލަޝްކަރުތަކުން ތާރީޚުގެ ހުރިހައި ފައްތަރެއްގައި ހިންގާފައިވާ ކަންކަމެވެ. ރޯމަނުންގެ ވެރިކަމުގައި އަދި އެއަށްފަހު ސޮލީބީން އަދި އޭގެ ފަހުން އުތުރު އެމެރިކާގައި މިމީހުން ނަސްލު ނައްތާލައި ޖެނޮސައިޑް ހިންގާލަނީ ވިސްނުމެއް ފިކުރެއް ނެތިއެވެ. ބައެއް ފަހަރު އެއްވެސް ރަޙުމެއް ނެތި ޖެނޮސައިޑް ހިންގާފައިވެއެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ ގަޔަސް ޖޫލިއަސް ސީޒަރުގެ ވެރިކަމުގައި ގޯލް (މިހާރުގެ ފަރަންސޭސިވިލާތް) ހިފި އިރު ހިންގި ގަތުލުއާންމެވެ.
ޖޫލިސް ސީޒާގެ އަސްލު ނަމަކީ ގަޔަސް އެވެ. އެ ދުވަސްވަރު ގޯލްގައި ދިރިއުޅެމުންދިޔަ ސެލްޓިކް ދަރިކޮޅުގެ މީހުންގެ ތެރެއިން 1 މިލިއަން މީހުން ސީޒަރުގެ ލަޝްކަރުން ޖެނޮސައިޑް ހިންގައި މަރާލިއެވެ. މިއީ އޭރު އެ ސަރަހައްދުގައި ދިރިއުޅުނު ޖުމްލަ 3 މިލިއަން މީހުންގެ އާބާދީގެ ތިންބައިކުޅަ އެއްބައެވެ. މިއީ އިންސާނީ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު އެއް ޖެނޮސައިޑް ނުވަތަ ނަސްލު ނައްތާލުމުގެ އަމަލެވެ.
މީގެ އިތުރުން، ސީޒަރު ވަނީ އެތަނުން އިތުރު 1 މިލިއަން މީހުން އަޅުދާސްކޮށްފައެވެ. މި ބޮޑު ގަތުލުއާންމަށްފަހު، ބާކީ ތިބި 1 މިލިއަން މީހުންނާ މުޚާތަބުކޮށް، އޭނާ ބުނެފައި ވަނީ އެމީހުންނަކީ ރޯމަން ރިޕަބްލިކްގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މިއީ މިމީހުންގެ ލީޑަރުންގެ ފަތިފުށެވެ.
މިއީ ހަނގުރާމަ ކުރާއިރު އަޚުލާގެއް ނެތުމުން މިމީހުން ކަން ކުރާ ގޮތެވެ. މިއަދުވެސް ހަމަ މި މަންޒަރެވެ. އެކަމަކު ނުބައި މީސްކޮށް ހުތުރު އަރުވަނީ މުސްލިމުންނަށެވެ. އިސްލާމީ ހަޟާރާއަށެވެ.






