ރެޑްބުލް ފަދަ ބުއިންތައް މަނާކުރަނީ

ގަލްފްގެ ތިން ގައުމެއް ކަމަށްވާ ބަހްރޭން، ކުވެއިތު އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހަކުރު އެކުލެވޭ ބުއިންތަކާއި އެނާޖީ ޑްރިންކްސް ބޭނުންކުރުން މަދުކުރުމަށްޓަކައި ޓެކްސް ބޮޑުކުރުމަށާއި، އިޝްތިހާރުކުރުން މަނާކުރުމަށް ނިންމައިފިއެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު މަގްސަދަކީ އާންމު ސިއްހަތު ރައްކާތެރިކުރުމާއި ސިއްހީ ގޮތުން ގެއްލުންހުރި ތަކެތި ބޭނުންކުރުން މަދުކުރުމެވެ. ބަހްރޭންގެ ވަޒީރުންގެ މަޖިލީހުން ވަނީ ގޭސް އެކުލެވޭ ބުއިންތަކުން ނަގާ ’އެކްސައިޒް ޓެކްސް‘ ބޮޑުކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެވެ. […]

އަބޫ ޢުބައިދާ: ފަލަސްތީނުގެ މިނިވަންކަމުގެ އަޑާއި ރަމްޒު

ޔަހޫދީން އެމީހެއްގެ އަޑާއި ބަޔާންތައް ދެކެ ބިރުގަތް، އަބޫ ޢުބައިދާއަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، ކަތާއިބުލް ޤައްސާމުގެ ތަރުޖަމާނެވެ. އޭނާއަކީ ފާއިތުވި 2 އަހަރު އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ކުރެވޭ ނަފްސާނީ ހަނގުރާމައިގެ އެންމެ ވަރުގަދަ އެއް ތަނބެވެ. އޭނާގެ މޫނު ނިވާކޮށްފައި ހުންނަ ރަތް ކޫފިޔާ އާއި، ނިތްކުރީގައި އައްސާފައިވާ ފެހި ރިބަން ފަށަކީ މިއަދު މުޅި އިސްލާމީ އުންމަތުގައި ސާބިތުކަމާއި ހިތްވަރުގަދަކަމުގެ ރަމްޒެކެވެ. އަބޫ ޢުބައިދާގެ އަސްލު ނަމަކީ […]

ދަރަނި ދައްކަން ކިޑްނީ ވިއްކަން އުޅުނު މީހަކު ޖަލަށް

އަމިއްލަ ހަށިގަނޑުގެ ގުނަވަނެއް ވިއްކުމަށް އިޝްތިހާރު ކުރި މައްސަލައެއްގައި ޖޯޑަންގެ ކޯޓަކުން މީހަކު އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައިވަނީ އިންސާނީ ގުނަވަންތައް ވިޔަފާރިއަށް ބޭނުން ކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ ގާނޫނާ ޚިލާފުވުމުގެ ކުށުގައެވެ. މި މައްސަލައިގައި ދައުވާ ލިބޭ މީހާ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި އޭނާގެ ކިޑްނީ ވިއްކަން ބޭނުންވާ ކަމަށް ބުނެ އިޝްތިހާރެއް ޖަހާފައެވެ. އެ އިޝްތިހާރުގައި އޭނާ ބުނެފައިވަނީ، ”އަހަރެންނަކީ އުމުރުން 50 އަހަރުގެ ރިޓަޔަރޑް […]

ޚާލިދާ ޒިިއާ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ޢާއިލާއަށް ކެތްތެރިކަންދެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައިވެއެވެ. ޚަބަރު: ރައީސް އޮފީސް

ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައިފިއެވެ. މި އިޞްލާޙު ގެނައުމުގެ ބޭނުމަކީ، 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ތާރީޚަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ […]

އެންމެ ދެކުނުގެ ދެ ސިޓީއަށް ވައިޓްއެލާޓް

ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ހުދުސަމާލު ނެރެފިއެވެ. ހުދުސަމާލު ނެރެފައިވަނީ މިއަދު މެންދުރު އެކަކުން އިރުއޮއްސި ހަޔަކަށެވެ. މިވަގުތުގައި އެ ސިޓީއަށް ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނޭ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސަނީ އުމަރުގެ ތަހުގީގަށް ވަނީ ކުރިއެރުން ލިބިފައި: ފުލުހުން

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އެ ކުރިއެރުންތަކުގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ. ހިނގަމުންދާ ތަހުގީގެއްގެ ތަފްސީލް ނުދެއްވައި ބައެއްފަހަރު ފުލުހުން ގެންދަވަނީ ލަސްކުރައްވަމުންނެވެ. އެއީ ތަހުގީގަށް ހުރަސް އެޅިދާނޭފަދަ ކަމެއް ދިމާވެދާނެތީއެވެ. ”ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ވަނީ ކުރިއެރުންތައް ލިބިފައި އަދި މި މައްސަލައާ ގުޅިގެން އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި،“ […]

ޚާލިދާ ޒިޔާ އަވަހާރަ ވެއްޖެ

ޚާލިދާ ޒިއާ، އުމުރުފުޅުން 80 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ. ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ހާމަކޮށްފައިވާ ގޮތުގައި، އެކަމަނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު އެވެ. ޚާލިދާ ޒިޔާގެ ހާލުކޮޅު ވަރަށް ބޮޑަށް ސީރިއަސްވެއްޖެ – HIRI NEWS