ފުވައްމުލައް ސިޓީން މަސައްކަތް ކުރާނީ ގުޅިގެން ތަރައްގީހޯދަން: މޭޔަރ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ރައްޔިތުން އުންމީދު ކުރިވަރަށް ކަންކަން ނުކުރެވޭކަން ފާހަގަ ކުރެވޭ ކަމަށާއި، އެކަން އެހެންވަނީ ކައުންސިލްގެ ސަބަބުން ކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށް ފުވައްމުލައް ސިޓީކައުންސިލްގެ މޭޔަރ އިސްމާއީލް ރަފީގު ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށާއި އެކައުންސިލަކީ ސަރުކާރަށް އަބަދުވެސް ފުރިހަމައަށް އެއްބާރުލުންދޭ ކައުންސިލެއް ކަމަށް އޭނާ ވަނީ ފޭސްބުކު މެދުވެރިކޮށް ވިދާޅުވެފައެވެ. އެއްބާރުލުން ނުދޭވާހަކައާއި ބިން ނުދޭ ވާހަކައާއި ގުޅިގެން […]

އެމްޑީޕީގެ ކުރިމަގަށްޓަކައި ގުޅުނު މި ދެރައީސުން ކޮބާ؟

އެމްޑީޕީ ބައިބައިވެ ކުދިކުދި ވަމުންދިޔަ ހިނދެވެ. ޕާޓީގައި ކުރީގައި އޮތް ޕާޓީވަންތަކަމާއި ވަރުގަދަކަން ގެއްލި ޕާޓީ ހިމަވަމުންދިޔަ ހިނދެވެ. މިހާލަތުގައި އެމްޑީޕީގެ ރަންރީނދޫ ލަޝްކަރު އިއްތިފާގުވީ އެމްޑީޕީ ދެންވެސް އޭގެ ޒާތުގައި ވަރުގަދަވެ ”މަސްޖަހައި ފަލަވާނީ“ އެޕާޓީގެ ދެ ވެރިކަމުގައި ވެރިކަންކުރި ދެ ރައީސުންން ގުޅިގެންނެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. ރީނދޫ ލަޝްކަރަށް އުންމީދާއި އުފާވެރިކަން ގެނެސްދިނީ މިދެރައީސުން އަލުން ގުޅި އަތާއަތްޖަހައި ސަލާމްކުރުމުންނެވެ. ކޮނޑާއިކޮޑު ޖައްސައި އެކުވެރިންގެ ގޮތުގައި ތިބިކަން […]

ޤަވާޢީދާ ޚިލާފަށް ޕްރޮގްރާމެއް ނުހިންގަން: އެވިޑް

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުގައި ޕްރޮގްރާމެއް ހިނގާފައި ނުވާނޭ ކަމަށް އެވިޑް ކޮލެޖުން ވިދާޅުވެއްޖެއެވެ. ގަވާއިދާ ޚިލާފަށް ސިލޯނުގައި އެފަދަ ޕްރޮގްރާމެއް ހިންގި ކަމަށް ވިދާޅުވެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ އެކޮލެޖާމެދު ފިޔަވަޅު އަޅުއްވާނޭ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން އެވިޑު ކޮލެޖުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ގަވާއިދާ ޚިލާފަށް އެފަދަ ޕްރޮގްރާމެއް ނުހިންގަވާ ކަމަށާއި އެހެންނަމަވެސް ސްރީލަންކާގެ ބައެއް ޕާރޓްނަރ ކޮލެޖްތައް […]

އިސްލާހާ މެދު އެމްނެސްޓީން ކަންބޮޑުވުން ފާޅުކޮށްފި

ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ގެނައި 27 ވަނަ އިސްލާހަކީ އެ ގައުމުގެ އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަމަށް ދެވޭ ވަރުގަދަ ހަމަލާއެއްގެ ގޮތުގައި ސިފަކޮށް، އެމްނެސްޓީ އިންޓަނޭޝަނަލުން އެ ގައުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މި ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން މި އިސްލާހާމެދު، އިންސާނީ ހައްގުތަކުގެ ނަޒަރަކުން އެކަން ފުރިހަމައަށް މުރާޖައާ ކުރަންޖެހޭ ކަމަށެވެ. މި އިސްލާހުގެ ސަބަބުން ފަނޑިޔާރުން އައްޔަނުކުރުމާއި، ޝަރުއީ ދާއިރާގެ ކަންކަން […]

އިގްތިސާދީ މަރުކަޒަކަށް ދިއްދޫ ހެދިދާނެ: ޝަރީފް

ހއ. ދިއްދޫގައި އެއާޕޯޓު އަޅައި ނިމި ޚިދުމަތް ދޭން ފެށުމުން އެރަށް އިގްތިސާދީ ގޮތުން ވަރަށް ބޮޑަށް ހުޅުވިގެންދާނޭ ކަމަށް އެމްއޭސީއެލްގެ މެނޭޖިންޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. އެރަށުގެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ފެށުމަށް އިއްޔެ ބޭއްވި  ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެރަށުގެ ރައްޔިތުންނަށް ލިބިގެން މިދަނީ ރަނގަޅު ފުރުސަތެއް ކަމަށެވެ. އެހެން ކަމުން އެފުރުސަތުގެ ބޭނުން އެންމެ އެދެވޭގޮތުގައިކޮށް އެރަށަކީ ސަރަހައްދީ އިގްތިސާދީ މަރުކަޒަކަށް ހެދުމަށް އެރަށުގެ ރައްޔިތުން މަސައްކަތް ކުރުމަށް […]

ވާދަވެރިން ގެންދަނީ ސަރުކާރާ ދެކޮޅު ވާހަކަތަކެއް ފަތުރަމުން: ޒަމީރު

ސަރުކާރުގެ ވާދަވެރިން ނުވަތަ އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދަނީ ސަރުކާރާ ގުޅޭ ގޮތުން ހަގީގަތެއްނެތް ދޮގުވާހަކަތަކެއް ފަތުރަމުން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު މިހެން ވިދާޅުވީ މާލޭ ޕޯޓު ބޭރުބަޔަކަށް ދޭން ސަރުކާރުން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވަމުންނެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށެވެ. އެއީ މުޅިންވެސް ވާދަވެރިން ދައްކާ ދޮގުވާހަކަތައް […]

އެޗުއާރުސީއެމްގެ ރައީސާއަކަށް ޑރ. ރަމީލާ

ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ރައީސާއަކަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ޑރ. ރަމީލާއަކީ ކުރީން ދިވެހި ސަރުކާރުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ޑރ. ރަމީލާގެ އެޗުއާރުސީއެމްގެ ރައީސާއަކަށް އައްޔަން ކުރަން ފެންނަކަމަށް ވޯޓުގައި ބައިވެރިވި 38 މެމްބަރުން ވަނީ ވޯޓުދީފައެވެ.  

ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދުސަމާލު ނެރެފި

ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދުސަމާލު ނެރެފި އެވެ. މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވަނީ ހުދުސަމާލު ނެރުނީ ގަޑިއަކު ނަވާރަ މޭލާއި ސައުވީސް މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. މިސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު އެކަކުން މިރޭ ހަތަކާ ހަމައަށެވެ. މިދުވަސްވަރަކީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ދުވަސްވަރެކެވެ. އެހެން ކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

އޭއައި ބޭނުންކޮށްގެން ބަދުއަޚުލާގީ މަންޒަރުތައް

އެކްސްގެ ”ގްރޮކް“ އޭއައި ބޭނުންކޮށްގެން ބަދުއަޚުލާގީ މަންޒަރުތައް އުފައްދާ މައްސަލައިގައި ބޮޑެތި ގައުމުތަކުން ތަހުގީގު ފަށައިފިއެވެ. ދުނިޔޭގެ މަހުޖަނު އީލޮން މަސްކްގެ ”އެކްސް“ ޕްލެޓްފޯމާއި އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް ”ގްރޮކް“ ބޭނުންކޮށްގެން ކުޑަކުދިންގެ ފޮޓޯ ހިމެނޭހެން ބަދުއަޚުލާގީ މަންޒަރުތައް އުފައްދަމުންދާ މައްސަލައިގައި ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މި މައްސަލައާ ގުޅިގެން މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ރަސްމީ ތަހުގީގެއް ފަށާފައެވެ. މެލޭޝިއާގެ ކޮމިއުނިކޭޝަން އެންޑް މަލްޓިމީޑިއާ ކޮމިޝަނުން ބުނި […]

80 ފަހަރަށް ހުރުމަތް ކަނޑައިފި

ޑިސެމްބަރު މަހު އަޤްޞާ އަށް 27 ފަހަރު ވަދެގަނެ، އިބްރާހީމީ މިސްކިތުގައި 53 ފަހަރު ބަންގި ގޮވުން މަނާކުރި ކަމަށް ފަލަސްޠީނުގެ އަވްގާފް މިނިސްޓްރީން ބުނެއެވެ. ފަލަސްޠީނުގެ އަވްގާފް އެފެއާޒްއިން ހާމަކުރި ގޮތުގައި، ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވަޒަންވެރިން ވަނީ މަސްޖިދުލް އަޤްޞާއަށް 27 ފަހަރު ވަދެގަނެ، އެ ތަނުގެ މުޤައްދަސްކަން ނަގާލާފައެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ޚަލީލްގައި ހުންނަ އަލްޙަރަމް އަލްއިބްރާހީމީގައި 53 ފަހަރު ބަންގި ގޮވުން އިސްރާއީލު […]