އިންޑިއާގެ ކަނޑުގެ ސިޔާސަތު އައު މިސްރާބަކަށް

އިންޑިއާގެ ޚާއްޞަ ޖިއޮގްރަފީ އާއި ޒަމާންވީ ކަނޑުދަތުރުފަތުރުގެ އާދަކާދަތަކުގެ މައްޗަށް ބިނާކޮށް، އެ ގައުމުގެ ކަނޑުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ’ދަ ރައުޓްލެޖް ހޭންޑްބުކް އޮފް މެރިޓައިމް އިންޑިއާ‘ އިން ހާމަވެއްޖެއެވެ. މި ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ތާރީޚީ ތަޖުރިބާތަކާއި މިޒަމާނުގެ ސަލާމަތީ ބޭނުންތަކަށް ރިއާޔަތްކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ވިސްނުން ވަނީ އިތުރަށް ވަރުގަދަވެފައެވެ. އެ ފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި، އުތުރުން ހިމާލިޔާ ފަރުބަދަތަކާއި ދެކުނުން އިންޑިއާ ކަނޑާ ދެމެދު އިންޑިއާ އޮންނަ […]
އީރާންގެ ފޯނުތައް މަސައްކަތް ކުރަން ފަށައިފި

އީރާންގެ ފޯނުތައް މަސައްކަތް ކުރަން ފަށައިފި އެވެ ނަމަވެސް އިންޓަރނެޓް އަދިވެސް ގިނަ ހިސާބުތަކަށް ނުލިބެއެވެ
އޮރިޔާންކާޑު އުފައްދާތީ ގްރޮކް މަނާކޮށްފި

އިލޮން މަސްކްގެ އެކްސް އޭއައި ކުންފުނިން އުފައްދާފައިވާ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް ’ގްރޮކް‘ ބޭނުންކޮށްގެން އަންހެނުންނާއި ކުޑަކުދިންގެ ބަދުއަޚުލާގީ ފޮޓޯތައް އުފައްދަމުންދާ މައްސަލައިގައި، ދުނިޔޭގައި ފުރަތަމަ ފަހަރަށް އެ އެޕްލިކޭޝަން އިންޑޮނޭޝިއާ އާއި މެލޭޝިއާއިން މަނާކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އާދައިގެ ލިޔުންކޮޅެއް ބޭނުންކޮށްގެން ހަގީގީ ފޮޓޯތަކާ އެއްގޮތް ފޭކު ފޮޓޯ އުފެއްދުމުގެ ގާބިލުކަން މި ޓޫލްއަށް ލިބިފައިވުމުން، އޭގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އިންޑޮނޭޝިއާ ސަރުކާރުން ހޮނިހިރު ދުވަހު ގްރޮކް ބްލޮކްކޮށްފައިވާއިރު، މެލޭޝިއާއިން އެ ފިޔަވަޅު […]
ޕީޕީޕީން މަޖިލިސް ދޫކޮށް ނުކުތުމާ ގުޅިގެން އިގްތިސާދީ ޒޯންތަކާ ބެހޭ ބިލު ސަރުކާރުން އަނބުރާ ގެންގޮސްފި

ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގައި ހިމެނޭ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން އިހުތިޖާޖުކޮށް މަޖިލިސް ދޫކޮށް ނުކުތުމާ ގުޅިގެން، ސްޕެޝަލް އިކޮނޮމިކް ޒޯންސް ގެ ބިލް 2026 ސަރުކާރުން އަނބުރާ ގެންގޮސްފިއެވެ. ޕީޕީޕީން ތުހުމަތުކުރި ގޮތުގައި ސަރުކާރުން މަސައްކަތް ކުރީ ރައީސުލްޖުމްހޫރިއްޔާގެ ސޮއި ނެތް ގާނޫނެއް މަޖިލީހުން ފާސްކުރުމަށެވެ. ޕީޕީޕީގެ މެންބަރުން ވިދާޅުވީ، މިއީ ޕާކިސްތާނުގެ ގާނޫނީ ތާރީހުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ނެތި ގާނޫނެއް އިއުލާނުކުރަން އުޅުނު ފުރަތަމަ ފަހަރު ކަމަށެވެ. މިއީ ލަދުވެތި އަދި ބަލައިގަނެވޭނެ […]
ވަގު ސިމްކާޑު ނުވިއްކޭނެ

ރަޝިޔާ ސަރުކާރުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުން ސިމް ކާޑު ވިއްކާނަމަ ޖޫރިމަނާ ކުރާ އަދަދު ބޮޑު ކުރުމަށް ނިންމާފައެވެ. އައު ގާނޫނުގެ ދަށުން ހުއްދަ ނެތި ސިމް ވިއްކާ ތަންތަނާއި މީހުން އެއް މިލިއަން ރޫބަލް (ގާތްގަނޑަކަށް 12،850 ޑޮލަރު) އިން ޖުރިމާނާ ކުރާ ގޮތަށް ވަނީ ފާސްކޮށްފަ އެވެ. އިދާރީ ކުށްތަކުގެ ގާނޫނާއި ޖިނާއީ ގާނޫނަށް ވެސް އަސަރުކުރާ މި އިސްލާހުތަކުގެ މަގުސަދަކީ ރަޖިސްޓްރީ ނުކުރާ […]
އީރާނުގެ ބާޣީ މުޒާހަރާތައް މައިތިރިވެއްޖެ

އީރާނުގެ ފައިސާގެ އަގު ދަށްވުމާ ގުޅިގެން ފެށުނު މުޒާހަރާތަކަށް ތިން ހަފުތާ ވެފައިވާއިރު، ގައުމުގެ މަސްރަހު މިހާރު އަންނަނީ މަޑުމަޑުން އާންމު ހާލަތަކަށް ރުޖޫއަވަމުންނެވެ. އާދީއްތަ ދުވަހުގެ ރޭ ވެރިރަށް ތެހެރާނާއި އެހެނިހެން ސިޓީތަކުގައި މުޒާހަރާގެ އެއްވެސް ހަރަކާތެއް ރިކޯޑު ކުރެވިފައި ނުވާއިރު، މިއަދު ހެނދުނުން ފެށިގެން ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު ވަނީ މަގުތަކަށް ނުކުމެ ބޮޑެތި ހިނގާލުންތަކެއް ބާއްވަން ފަށާފައެވެ. މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ފެށުނު މި މުޒާހަރާތަކުގައި […]
ބަޣާވާން ކުރި މީހަކު ދަންޖައްސައިފި

އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، އުމުރުން 26 އަހަރުގެ އިރްފާން ސުލްތާނީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އެ ގައުމުން ތަންފީޒުކޮށްފިއެވެ. މިއީ ގައުމުގެ ހަމަޖެހުން ނަގާލުމަށް ބޭރުގެ ބާރުތަކުން ފަންޑުކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށް ތެހެރާނުން ސިފަކުރާ މުޒާހަރާތަކާ ގުޅިގެން މަރުގެ އަދަބު ދިން ފުރަތަމަ ފަރާތް ކަމަށް ރަސްމީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާ އާއި ސަލާމަތީ ބާރުތަކުން ބުނާ ގޮތުގައި، މި މުޒާހަރާތަކަކީ އެމެރިކާ އާއި އިސްރާއީލުގެ […]
މާލޭގެ މަގުތައް އަމާންތަނަކަށް ހެދޭނީ ޢަލީ ޢާޒިމަށް:ޓީމް

މާލޭސިޓީގެ މަގުތައް އަމާންތަނަކަށް ބަދަލު ކޮށްލެވޭނޯ މާލޭ ސިޓީގެ މޭޔަރަކަށް އެމްޑީޕީން ވާދަކުރާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޢަލީ ޢާޒިމް ހޮވައިގެން ކަމަށް އޭނާގެ ކޭންޕޭންޓީމުން ބުނެފިއެވެ. އެކަން ކުރުމަށްޓަކައި ޕާކިންގެ ދަތިކަން ހައްލުކުރުމަށްޓަކައި ޒަމާނީ ”ސްމާޓް ސޮލިއުޝަންތައް“ ޢާޒިމް ތައާރަފްކޮށްދެއްވާނޭ ކަމަށް ބުނެފައިވެއެވެ. ”މަގުތަކަކީ އެންމެންނަށް އަމާން އަދި ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށް ކެންޑިޑޭޓް ނަންބަރު 2 ޢަލީ ޢާޒިމް“ ހޮވައިގެން ކަމަށް އެޓީމުން ބުނެފައިވެއެވެ. ދުއްވާއުޅަނދުފަހަރު މާލޭގައި އިތުރުވެ ޕާކުކުރާނޭ ޖާހަގައެއް ވެސް މިހާރުވަނީ […]
