މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓު އާދަމް އާޒިމަށް

އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭސިޓީގެ މޭޔަރަކަށް ކުރިމަތިލާނޭ ބޭފުޅަކު ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ. އޭނާ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމާ ވާދަކޮށްގެންނެވެ. އާދަމް ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން ރައީސް ނަޝީދާއި، ރައީސް ސާލިހު ވަނީ އާދަމް އާޒިމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އޭނާއާ ވާދކުރެއްވި އަލީ އާޒިމް ވެސް ވަނީ ފޮނުން […]

މުނާފިގުކަން:

ބަހާއި އަމަލު ދިމާނުވުމަކީ އިންސާނީ މުޖުތަމައުއެއްގައި ފެންނާނެ އެންމެ ނުރައްކާތެރި އެއް ސިފައެވެ. މިއަދުގެ ދުނިޔޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، އިންސާނީ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ވަކާލާތުކުރާ ހުޅަނގުގެ ބޮޑެތި ބާރުތަކުގެ ކިބައިން މި ބުނި މުނާފިގުކަން ދަނީ ވަރަށް ބޮޑަށް ފެންނަމުންނެވެ. ވަކި ބަޔަކަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާއިރު، ހަމަ އެ ހައްގުތަކަށް އެދި އަމިއްލަ ގައުމުގައި އަޑުއުފުލާ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަކީ މިކަމުގެ ސާފު ހެއްކެކެވެ. އިރާނުގައި ތަކެތީގެ އަގު […]

ނަފުރަތާއި އަނިޔާވެރިކަމަށް ލިބުނު ނިމުމެއް

ބޭތާރު އަކީ ޒަޔަނިސްޓު ފިކުރު ކުރިއަރުވައި، ފަލަސްތީނުގެ ރައްޔިތުންނާއި މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގުމަށް މަޝްހޫރު ޔަހޫދީންގެ ޖަމުއިއްޔާއެކެވެ. ނަމަވެސް، ފާއިތުވި މަސްތަކުގައި މި ޖަމުއިއްޔާއިން ހިންގަމުންދިޔަ ޣައިރުޤާނީ އަދި ނަފުރަތުން ފުރިގެންވާ ޢަމަލުތަކުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމުއިއްޔާއަށް ވަނީ ބޮޑެތި ޤާނޫނީ ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެތައް އަހަރެއް ވަންދެން ހިންގަމުން އައި މި ހަރުކަށި ޖަމުއިއްޔާ މިހާރު ވަނީ އުވާލުމުގެ މަގުމަތީގައެވެ. މިގޮތުން އެންމެ […]

އެއީ ހަމައެކަނި ބަރަކާތް ހޯދުމަށް އޮތް ފޮތެއް ހެއްޔެވެ؟

ކީރިތި ޤުރުއާނަކީ މާތްﷲ އިންސާނިއްޔަތަށް ފޮނުއްވި އެންމެ މަތިވެރި ނޫރެވެ. އެއީ ހިދާޔަތާއި، އިލްމާއި، ޙިކުމަތުގެ ކަނޑެކެވެ. ނަމަވެސް، މިއަދުގެ މުސްލިމު މުޖުތަމައުތަކަށް ބަލާއިރު، ޤުރުއާނާ މެދު އަހަރެމެން ދެކޭ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ގިނަ ފަހަރަށް އަހަރެމެންނަށް ޤުރުއާން ތަޞައްވުރު ކުރެވެނީ ހަމައެކަނި ބަރަކާތް ހޯދުމަށް ގޭގައި ބާއްވާ ނުވަތަ މީހުން މަރުވީމަ ކިޔަވާލަން އޮންނަ ފޮތެއްގެ ގޮތުގައެވެ. ޤުރުއާނަކީ މަގުދައްކައިދޭ އަދި އިލްމު އުނގަންނައިދޭ ފޮތެއްގެ ގޮތުގައި ދެކޭ މިންވަރު މިއަދުގެ […]

ޓްރަމްޕްގެ އަމުރަށް 5 ލައްކަ މީހުން ހައްޔަރުކޮށްފި

އެމެރިކާގައި އިންސާނީ ހައްގުތަކުގެ ހާލަތު އީރާނަށް ވުރެން ނުރައްކާ ކަމަށް ދައްކައެވެ. ކާރުގައި ތިއްބައި މީހުންގެ ގަޔަށް ބަޑި ޖަހަައި މެރުމާއި އަންހެނުން މުޒާހަރާ ކުރަނިކޮށް ޖާނު ވަރުހުރި ފިރިހެން އައިސް ލެފި ގަނެ ބައްދައިގެން ފިއްތާލައިގެން އަންހެނުން ހައްޔަރު ކުރުމަކީ ޓްރަމްޕްގެ ޑިމޮކްެރެސީގައި މިހާރު އާންމު އޯކޭ ކަމެކެވެ. އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް އިން ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށް، ގިނަ އަދަދެއްގެ ބަޔަކު ހިފާހައްޔަރު ކުރަމުންދާތީ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން […]

އެމެރިކާ އެތެރޭން ރޫޅެނީ

އެމެރިކާގެ މިނިއަޕޮލިސްގައި ފާއިތުވި ހަފުތާގައި އަންހެނަކު އޭނާގެ ކާރުގެ ތެރޭގައި އިންދައި ސިއްރު ފުލުހުނބަޑިން ހަމަލާދީ މަރާލުމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފެޑަރަލް އިމިގްރޭޝަން އޭޖެންޓުން ބޭނުންކުރަމުންދާ ހަރުކަށި އުސޫލުތަކުގެ ސަބަބުން އެ ގައުމުގެ އެތެރޭގެ މަސްލަހަތު އިންތިހާއަށް ގޯސްވެއްޖެއެވެ. މިނިއަޕޮލިސްގެ މަގުތަކަށް ނެރެފައިވާ ފެޑަރަލް އޭޖެންޓުން މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލާއިރު، އެއްވެސް ޖެހިލުމެއްނެތި މުޒާހަރާގެ ބައިވެރިންނަށް ބަޑި އަމާޒުކޮށް، ކުރިމަތިލުންތަކުގެ ކުރީކޮޅުގައިވެސް ކަރުނަގޭހާއި އެކި ބާވަތުގެ ކެމިކަލްތައް ބޭނުންކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. […]

ޓްރަމްޕް ލޮއްސަން އުޅޭ އަންހެނެއް

ވެނެޒުއޭލާގެ ގޮނޑިކޮއްކޮ މާރިއާ ކޮރީނާ މަޗާޑޯ، އޭނާއަށް ލިބިފައިވާ ނޯބެލް ސުލްހައިގެ އިނާމު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަދިޔާކުރައްވައިފިއެވެ. ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި މަޗާޑޯގެ މެޑަލް ޓްރަމްޕާ ހަވާލުކުރެއްވުމުން، ޓްރަމްޕް ވަނީ ވަރަށް ބޮޑު ހިނިތުންވުމަކާއެކު އެކަން ބަލައިގަންނަވާފައެވެ. މަޗާޑޯއަށް ދީފައިވާ އިނާމާ މެދު ނޯބެލް ކޮމިޓީގައި ވެސް މިހާރު ވަނީ ބަހުސް އުފެދިފައެވެ. އެ މެޑަލްއާއެކު ފޮޓޯއަށް ހުއްޓިވަޑައިގެން ހުންނަވައި ޓްރަމްޕް ވިދާޅުވީ މިއީ ”ވަރަށް ފުރިހަމަ ކަމެއް“ ކަމަށެވެ. އަދި މިއީ […]

ޕާކިސްތާނުން އަނެއްކާވެސް ޑްރޯން ފޮނުވަނީ

އިންޑިއާ އާއި ޕާކިސްތާނާ ގުޅޭ ބޯޑަރު ސަރަހައްދުގައި ޕާކިސްތާނުގެ ޑްރޯންތައް އުދުހޭ މައްސަލަ އަނެއްކާވެސް ބޮޑުވެ، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވާން ފަށައިފިއެވެ. މީގެ އަށް މަސް ކުރިން ހިންގި ”އޮޕަރޭޝަން ސިންދޫރު“ ގައި ޕާކިސްތާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެ ގައުމުން އަނެއްކާވެސް ވަނީ އިންޑިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ޑްރޯންތައް ފޮނުވަން ފަށާފައެވެ. ރިޕޯޓުތައް ބުނާގޮތުން، ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޖައްމޫ އެންޑް ކަޝްމީރުގެ ބޯޑަރު […]

ކުރީގެ ރައީސް ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފި

ދެކުނު ކޮރެއާގައި މާޝަލް ލޯ ނުވަތަ އަސްކަރީ ގާނޫނު އިއުލާންކުރަން ކުރި މަސައްކަތް ނާކާމިޔާބުވި މައްސަލައިގައި، އެ ގައުމުގެ ކުރީގެ ރައީސް ޔޫން ސުކް ޔެއޯލް ފަސް އަހަރަށް ޖަލަށް ލުމަށް ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ހުކުރު ދުވަހު ހުކުމްކޮށްފިއެވެ. ޔޫންގެ މައްޗަށް މި ހުކުމް އައީ، އޭނާ އިއުލާންކުރި މާޝަލް ލޯއާ ގުޅިގެން ތަހުގީގު ހިންގުމަށް ކޯޓުން ނެރުނު ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރުމަށް ހުރަސްއެޅި މައްސަލައިގައެވެ. ކޯޓުން ފާހަގަކުރި ގޮތުގައި، ގާނޫނީ […]