އަނިޔާ ލިބެމުންދާ އުއީގޫރު މުސްލިމުން

ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި އުއިގޫރު މުސްލިމުންނާ މެދު ހިންގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ދުނިޔެއަށް ބޭޒާރުކޮށްލި ޗައިނާގެ ރައްޔިތެއް ކަމަށްވާ ގުއާން ހެންގްއަށް އެމެރިކާއިން ސިޔާސީ ހިމާޔަތް ދީ ރަސްވެހިކަން ދީފިއެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ މައްސަލައެކެވެ. އެމެރިކާގެ އިމިގްރޭޝަން ފަނޑިޔާރަކު މި ނިންމުން ނިންމެވީ، ގުއާން އަނބުރާ ޗައިނާއަށް ފޮނުވާލައިފިނަމަ އޭނާގެ ފުރާނައަށް ނުރައްކާވެ، ބޮޑެތި އަނިޔާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު އޮތްކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ. އުމުރުން 38 […]

ނެޝަނަލް އެގްރިކަލްޗަރ ލެބޯޓްރީ މެދުވެރިކޮށް ސައްހަ މައުލޫމާތު ލިބޭނެ:ވަޒީރު

”ނޭޝަނަލް އެގްރިކަލްޗަރ ލެބޯޓްރީ“ މެދުވެރިކޮށް، ސަރަހައްދީ ފެންވަރުގައި ދަނޑުވެރިންނަށް ބޭނުންވާ ސައްޙަ މަޢުލޫމާތާއި ފަންނީ އިރުޝާދު ފޯރުކޮށްދެވޭނޭ ކަމަށް ދަނުޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ނޭޝަނަލް އެގްރިކަލްޗަރ ލެބޯޓްރީ ފުވައްމުލަކުގައި މިއަދު ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެކަމަނާ ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅޭނޭފަދަ ބާވަތްތައް އިޚްތިޔާރުކުރުމަށް މަގުފަހިވުމުގެ އިތުރުން، ބަލިތައް ހަރުދަނާކަމާއެކު ކޮންޓްރޯލްކުރުމަށާއި ފަސްގަނޑުގެ ފެންވަރު ރަނގަޅުކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް ބޮޑު އެހީތެރިކަމެއް ލެބުން ލިބިގެންދާނޭ ކަމަށެވެ. […]

ދަނޑުވެރިކަމާބެހޭ ގައުމީ ލެބޯޓެރީ ފުވައްމުލަކުގައި ގާއިމް ކޮށްފި

ދަނޑުވެރިކަމާބެހޭ ގައުމީ ލެބޯޓަރީ ފުވައްމުލައް ސިޓީގައި ގައިމްކޮށް ރަސްމީކޮށް ހުޅުވައިފިއެވެ. ލެބޯޓަރީ ހުޅުވައި ދެއްވީ ވަޒީރު ޑރ. މަރިޔަމް މަރިޔާ އެވެ. ލެބޯޓަރީ ޚާއްޞަކުރެވިފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ ފެންވަރުގައި ހިންގާ ދިރާސާތަކާއި، ބަލި ދެނެގަތުމުގެ ވަސީލަތްތަކާއި، ހާއްސަ ލެބޯޓަރީގެ އިންފްރާސްޓްރަކްޗާގެ މަދުކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މިކަމުގެ ސަބަބުން ދަނޑުތަކުގެ އުފެއްދުންތެރިކަމާއި، ބަލިތަކާއި ފަނިފަކުސާ ކޮންޓްރޯލް ކުރުމުގެ އިތުރުން ގައުމީ ބަޔޯސެކިއުރިޓީ ވަރުގަދަކޮށްދޭނޭ ކަމަށް ވެސް […]

ކެޑޭރެ އަޙުމަދު ފުވައްމުލައް ނާސަރީ ހުޅުވައިފި

ކެޑޭރެ އަޙުމަދު ފުވައްމުލައް ނާސަރީގެ ނަމުގައި އެސިޓީގައި ނާސަރީއެއް މިއަދު ހުޅުވައިފި އެވެ. ނާސަރީ ހުޅުވައިދިނީ  ކެޑޭރެ އަހްމަދުގެ ޢާއިލާގެ މެމްބަރުންނާއި، މޭޔަރ އިސްމާޢީލް ރަފީޤާއި، ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމިކޯއާއި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފް ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. ”މިއީ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް ގޯލްސްގައި ހިމަނައިގެން މިސިޓީ ގައި ގަސްގަހާގެހި ދިރުވާ އާލާކޮށް ޚާއްސަކޮށް ނެތެމުންދާ ގަސް އާލާކޮށް ސިޓީ […]