ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީގެ ކުރިމަތިލުމަކަށް

ބަންގްލަދޭޝްގައި ފާއިތުވި ވިހި އަހަރުގެ ތެރޭގައި ބާއްވާ އެންމެ ވާދަވެރި އާންމު އިންތިޚާބުގެ ވޯޓުލުން ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ވޯޓުލާ މީހުންގެ ކަންބޮޑުވުންތަކަކީ ކޮރަޕްޝަނާއި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި އަދި ވަޒީފާގެ ފުރުސަތުތައް މަދުވުމެވެ. މިއީ 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ކުރި މުޒާހަރާތަކުގައި ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރު ވައްޓާލުމަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ. ވަގުތީ ސަރުކާރުން ހަސީނާގެ އަވާމީ ލީގު ސިޔާސީ […]
ސައުދީ-ޕާކިސްތާން ބްރިޖް އިނީޝިއޭޓިވް

ޕާކިސްތާނާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި ”ސައުދީ-ޕާކިސްތާން ބްރިޖް އިނީޝިއޭޓިވް“ އިފްތިތާހުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕާކިސްތާން ރީޖަނަލް އިކޮނޮމިކް ފޯރަމް އަދި ސައުދީ ބްރިޖްގެ ފަރާތުންނެވެ. ސައުދީ އަރަބިއްޔާގެ ރިޔާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެވުނު މި އެމްއޯޔޫގެ ދަށުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިން ވިޔަފާރިއަށް (ބީ2ބީ) ގުޅުންތައް ގާއިމުކުރުމަށް ޗައިނާގެ ޓެކްނޮލޮޖީ ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. މިއީ ސައުދީ އަރަބިއްޔާގެ ވިޜަން 2030 […]
އިޒްރޭލުގެ ސިޔާސަތުތަކަށް އެމެރިކާގެ ވޯޓުލާ މީހުންގެ ތާއީދު ކުޑަވެއްޖެ

އެމެރިކާގެ ސަރުކާރުގައި ޔަހޫދީންނަށް ސަޕޯޓު ހޯދައިދޭ އިޒްރޭލް ލޮބީ ގްރޫޕް، އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) ގެ ނުފޫޒު އެމެރިކާގެ އިންތިޚާބުތަކުގައި ކުޑަވަމުންދާކަމުގެ ނިޝާންތަކެއް ފެންނަން ފަށައިފިއެވެ. ޣައްޒާ ފައި ފަލަސްޠީނުގެ ޖެނޮސައިޑް ހަނގުރާމައާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ނުރުހުމާއި، އިޒްރޭލަށް އެމެރިކާއިން ދެމުންދާ ހައްދެއް ނެތް އެހީތަކާ މެދު އުފެދިފައިވާ ހިތްހަމަނުޖެހުންތަކުގެ ސަބަބުން، ޑިމޮކްރެޓިކް ޕްރައިމަރީތަކުގައި ޔަހޫދީ ސަޕޯޓަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ނާކާމިޔާބީއަކީ ނިއު ޖާޒީގެ 11 ވަނަ ޑިސްޓްރިކްޓުން ފެނިގެންދިޔަ […]
ފަލަސްޠިނު މީހުން ދަންޖައްސަން ތައްޔާރު ވަނީ

އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްޠިނުގެ ރަހީނުންގެ ތެރެއިން ވަކި ބަޔަކަށް މަރުގެ އަދަބު ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އިސްރާއީލުގެ ޕްރިޒަން ސާވިސްއިން ފަށާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާން ރިޕޯޓުކޮށްފިއެވެ. އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތައްޔާރީތަކަކީ އިސްރާއީލުގެ ޕާލަމެންޓުން ފުރަތަމަ ކިޔުމުން ފާސްކޮށްފައިވާ މަރުގެ އަދަބު ދިނުމުގެ ގާނޫނުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެކެވެ. މި މަޝްރޫއުގެ ދަށުން މަރުގެ އަދަބު ތަންފީޒު ކުރުމަށްޓަކައި ޚާއްޞަ މަރުކަޒެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި މަރުކަޒަށް […]
ޔުރޭނިއަމް ފައްކާ ކުރުމަކާ ނުބެހެވޭނެ: އީރާން

ހަނގުރާމައެއްގެ ބިރު އޮތް ނަމަވެސް، އީރާނުން ޔުރޭނިއަމް ފައްކާކުރުމުގެ ގާބިލުކަން ދޫކޮށްނުލާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ. އަރަގްޗީ މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުން ޔުރޭނިއަމް ފައްކާކުރުން މުޅިން ހުއްޓާލުމުގެ ޒީރޯ އެންރިޗްމަންޓް ޕޮލިސީ ބާރުއަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ތެހެރާންގައި އާދީއްތަ ދުވަހު ބޭއްވި އިސްލާމީ ޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތާ ބެހޭ ގައުމީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އަރަގްޗީ ވިދާޅުވީ، ޔުރޭނިއަމް ފައްކާކުރުމަކީ ގައުމުގެ އިސްތިގުލާލާއި ގައުމީ […]
އިންޑިއާއަކީ އިތުބާރު ހުރި ބައިވެރިއެއް: މޯދީ

ދުނިޔޭގެ މަސްރަހަށް އަންނަ ބޮޑެތި ބަދަލުތަކާއެކު، ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުން އިންޑިއާއަކީ އިތުބާރު ހުރި ވިޔަފާރި ބައިވެރިއެއްގެ ގޮތުގައި ބަލަމުންދާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. ރާޖްޔާ ސަބާގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ދުނިޔޭގެ މަސްރަހު ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް މި ދަނޑިވަޅުގައި، އެކުވެރި ގައުމުތަކާއެކު ދުނިޔޭގެ ސަލާމަތަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އިންޑިއާއަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށެވެ. ބޮޑުވަޒީރު މޯދީ ވަނީ މި ފަހަކަށް އައިސް އިންޑިއާއިން ސޮއިކޮށްފައިވާ […]
ކަސްބީ ވިޔަފާރީގެ މަރުކަޒަކީ އިސްރާއީލް

އިސްރާއީލުގެ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން ހާމަކުރި އާ ހިސާބުތަކާއެކު، އެ ގައުމުގައި ކަސްބީ ވިޔަފާރީގެ މައްސަލަތަކަށް ހައްލު ހޯދުމުގައި ހުރި ގޮންޖެހުންތަކާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އަންދާޒާކުރެވޭ ގޮތުގައި އިސްރޭލުގ ގާތްގަނޑަކަށް 14،000 ކަސްމީން ހަށިވިއްކުމުގެ މަސައްކަތުގައި އުޅެއެވެ.، މި ނުރައްކާތެރި ވިޔަފާރީގެ ތެރެއަށް ކުދިން ވަންނަ އެވްރެޖް އުމުރު 13 އަހަރަށް ދަށްވެފައިވެއެވެ. ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މިއީ ގައުމީ ފެންވަރުގައި ސަމާލުވާންޖެހޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. ގިނަ […]
