އިނގިރޭސިވިލާތުގެ ވަލީއަހުދު ސައޫދީގައި

އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ވިލިއަމް ސައުދީ އަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ހޯމަ ދުވަހު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގެ ފެށުމެއްގެ ގޮތުން، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޕްރިންސް ވިލިއަމްއާއެކު ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ސައިޓެއް ކަމަށްވާ ދިރްޢިއްޔާ ބައްލަވާލެއްވުމަށް ޚާއްސަ ދަތުރުފުޅެއް ކުރައްވާފައެވެ. ޕްރިންސްވިލިއަމްއަކީ ޤުރައިޝްވަންހައަށް ނިސްބަތްވެ ވަޑައިގަންނަވާ އަމީރެކެވެ. ޕްރިންސް ވިލިއަމްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ވަނީ މި ތާރީޚީ ސައިޓަށް ކުރެއްވި ޒިޔާރަތުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރައްވާފައެވެ. އޭގެ […]

ނިއުޒިލެންޑްގެ މިސްކިތްތަކަށް ހަމަލާދިން ޓެރަރިސްޓް

ނިއުޒިލެންޑްގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތެއްގައި އަޅުކަން ކުރަން ތިބި 51 މުސްލިމުން ޝަހީދުކޮށްލި ހުދު ނަސްލުގެ ހަރުކަށި ފިކުރުގެ ބްރެންޓަން ޓަރަންޓް، އޭނާގެ ކުށަށް އިއުތިރާފުވީ ބުއްދި ސަލާމަތުން ހުރެގެން ނޫން ކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފުކޮށްފިއެވެ. ވެލިންގްޓަންގެ ކޯޓެއްގައި ވީޑިއޯ ލިންކް މެދުވެރިކޮށް ހޯމަ ދުވަހު އޮތް އަޑުއެހުމުގައި 35 އަހަރުގެ ޓަރަންޓް ވަނީ އޭނާގެ އިއުތިރާފު ބާތިލުކުރުމަށް އެދިފައެވެ. އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޓަރަންޓް، މާޗް 2019 ގައި ހުކުރު ނަމާދު ވަގުތު […]

ދުނިޔޭގެ ފުރަތަމަ ”ރަން ބާޒާރު“ ދުބާއީގައި

ދުނިޔޭގެ ރަނުގެ ވިޔަފާރީގެ މައި ހަބެއްގެ ގޮތުގައި އޮތް ދުބާއީގެ މަގާމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، މުޅިން އަލަށް ތަރައްގީކުރާ ”ދުބާއީ ގޯލްޑް ޑިސްޓްރިކްޓް“ އާއި ދުނިޔޭގެ ފުރަތަމަ ”ރަން ހިނގުން“ (ގޯލްޑް ސްޓްރީޓް) ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ދުބާއީގެ ދޭރާ ސަރަހައްދުގައި ގާއިމުކުރާ މި މަގަކީ މުޅިން ރަނުން ފަރުމާކޮށްގެން ހަދާ މަގަކަށް ވާއިރު، މިއީ ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބޭނެ ތަނަކަށް ވާނެ ކަމަށް ބުނެއެވެ. މި މަޝްރޫއަކީ ދުބާއީގެ އިގްތިސާދީ ކުރިއެރުމަށް އެޅޭ […]

ޖަޔާ ބައްޗަން އަށް ރީއްޗަށް ހެދުން އަޅާކަށް ނޭނގޭ

ބޮލީވުޑްގެ މަޝްހޫރު ޑްރާމާ ކުއީން ރާކީ ސާވަންތު، ލެޖެންޑަރީ އެކްޓަރު އަމީތާބު ބައްޗަން އަށް އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ބަތަލާ ރޭކާއާ ދެވަނަ ކައިވެންޏެއް ކުރުމަށް ލަފާދީފިއެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯ ކްލިޕެއްގައި ރާކީ ވަނީ އަމީތާބާއި ޖަޔާ ބައްޗަންގެ ކައިވެނި އަދ ދިރިއުޅުމާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. ރާކީ ބުނި ގޮތުގައި މިހާރު ދެ ކައިވެނި ކުރުމުގެ ޓްރެންޑެއް ހިނގަމުންދާތީ، އަމީތާބު ވެސް ރޭކާއާ ކައިވެނި ކުރަންވީއެވެ. އަމީތާބު އޭނާގެ […]

ކޮރަޕްޝަން އިންޑެކްސްގައި ޕާކިސްތާނަށް ކުޑަ ކުރިއެރުމެއް،

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި) އިން ނެރުނު 2025 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި) ގައި ޕާކިސްތާނުގެ ދަރަޖަކުރުމަށް ކުޑަ ކުރިއެރުމެއް ލިބިފައިވީ ނަމަވެސް، އެ ގައުމުގެ ކޮރަޕްޝަންގެ ހާލަތު އަދިވެސް އޮތީ ނުރައްކާތެރި ދަރަޖައެއްގައި ކަމަށް އެ ޖަމިއްޔާއިން އިންޒާރު ދީފިއެވެ. 182 ގައުމުގެ މެދުގައި ހެދި މި ދިރާސާގައި ޕާކިސްތާނަށް ލިބިފައިވަނީ 100 އަކުން 28 ޕޮއިންޓެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު އެއް ޕޮއިންޓުގެ ކުރިއެރުމެއް ނަމަވެސް، ޕާކިސްތާން އަދިވެސް އޮތީ […]

ސައިންވެރިން ލޮއި ރަނަށް ބަދަލުކޮށްފި

ޒަމާނުއްސުރެ އަލްކެމިސްޓުން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ހަދައި، ލާޖް ހެޑްރޯން ކޮލައިޑާ (އެލް.އެޗް.ސީ) ގެ ސައިންސްވެރިން ލޮއި ރަނަށް ބަދަލުކޮށްފިއެވެ. ސުއިޒަރލެންޑްގެ ސާން ގެ އެލިސް ލެބޯޓްރީ އެކްސްޕެރިމެންޓުގައި ކުރިއަށްގެންދިޔަ މި ތާރީޚީ ތަހުލީލަކީ ނިއުކްލިއާ ފިޒިކްސްގެ ދާއިރާއިން ހޯދުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ތަހުލީލުގައި ސައިންސްވެރިން ވަނީ އަލި ދަތުރުކުރާ ބާރުމިނާ ގާތްކުރާ ބާރުމިނެއްގައި ލެޑް އެޓަމްތައް އެކަތި އަނެކައްޗާ މުޑިއަރުވާފައެވެ. މިކަމުގެ ސަބަބުން ކާއިނާތު އުފެދުނު އިރު ބިގް ބޭންގް ހުރި […]

އިންޑިއާގެ ޔޯގީއާއި މުސްލިމުންގެ ހަތުރުވެރިކަން

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔަނާތު، ބާބަރީ މިސްކިތް ދުވަހަކުވެސް އެޅިޔަ ނުދޭނެ ކަމަށް ބުނެ  ދެއްކި ހަރުކަށި ވާހަކަތަކަކާ ގުޅިގެން މުސްލިމް ޖަމާއަތްތަކުގެ ބޮޑު ނުރުހުމެއް އޭނާއަށް އަމާޒުވެއްޖެއެވެ. ބަރަބަންކީގައި އަންގާރަ ދުވަހު ބޭއްވި އާންމު ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޔޯގީ ބުނީ ”ގިޔާމަތާ ހަމައަށްވެސް ބާބަރީ މިސްކިތް އަލުން ބިނާއެއް ނުކުރެވޭނެ“ ކަމަށެވެ. ޔޯގީގެ މި ވާހަކަތަކަކީ އަޔޯދިޔާގައި ފައްޅި ބިނާކުރުމަކީ ބީޖޭޕީގެ ވައުދެއް ފުއްދުން ކަމަށް ސިފަކޮށް ދެއްކި ވާހަކަތަކެކެވެ. އޭނާ ބުނިގޮތުގައި […]