ފުލުހުންނަށް ދިން ހަމަލާއެއްގައި 4 ފުލުހުން މަރުވެއްޖެ

ޕާކިސްތާނުގެ ދޭރާ އިސްމާއިލް ޚާން ސަރަހައްދުގައި ފުލުހުންނާއި ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް ގުޅިގެން ހިންގި ސާޗް އޮޕަރޭޝަނެއްގެ ތެރެއިން ޓެރަރިސްޓުން ދިން ހަމަލާއެއްގައި، ޕަނިއާލާ ފުލުސް ސްޓޭޝަނުގެ ވެރިޔާއާއެކު ހަތަރު ފުލުހުން މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށް، ފިލައިގެން ތިބި ޓެރަރިސްޓުން ކުއްލި ގޮތަކަށް ފުލުހުންނަށް ބަޑީގެ ހަމަލާތަކެއް ދިނުމުގެ ސަބަބުންނެވެ. މި ހަމަލާގައި އިތުރު ހަތަރު ފުލުހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަނިޔާވި ފަރާތްތަކަށް މިހާރު […]
އިންޑިއާގައި މުސްލިމުންގެ ދީނީ މިނިވަންކަމަށް އަރައިގަތުން

އިންޑިއާގެ ރަސްމީ ކޮންމެ ހަފްލާއެއްގައި ގައުމީ ސަލާމުގެ ކުރިން ގައުމީ ބަނދި ’ވަންދޭ މާތަރަމް‘ ކިޔުން މަޖުބޫރުކޮށް އެ އިންޑިއާގެ ހޯމް މިނިސްޓްރީން ނެރުނު އިއުލާނަށް، އިންޑިއާގެ އެންމެ ބޮޑު ދެ މުސްލިމް ޖަމިއްޔާއިން ފާޑުކިޔައިފިއެވެ. ޖަމިއްޔަތުލް އުލަމާއޭ ހިންދު އަދި އޯލް އިންޑިއާ މުސްލިމް ޕާސަނަލް ލޯ ބޯޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ދީނީ މިނިވަންކަމަށް އަރައިގަތުމެއް ކަމަށެވެ. ޖަމިއްޔަތުލް އުލަމާއޭ ހިންދުން ނެރުނު ބަޔާންގައި ބުނެފައިވަނީ، މިއީ މީހަކު ގަބޫލުކުރާ ދީނީ އަގީދާއަށް އަމަލުކުރުމުގެ އަސާސީ […]
