އިންޑިއާގެ ރަސްމީ ކޮންމެ ހަފްލާއެއްގައި ގައުމީ ސަލާމުގެ ކުރިން ގައުމީ ބަނދި ’ވަންދޭ މާތަރަމް‘ ކިޔުން މަޖުބޫރުކޮށް އެ އިންޑިއާގެ ހޯމް މިނިސްޓްރީން ނެރުނު އިއުލާނަށް، އިންޑިއާގެ އެންމެ ބޮޑު ދެ މުސްލިމް ޖަމިއްޔާއިން ފާޑުކިޔައިފިއެވެ. ޖަމިއްޔަތުލް އުލަމާއޭ ހިންދު އަދި އޯލް އިންޑިއާ މުސްލިމް ޕާސަނަލް ލޯ ބޯޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ދީނީ މިނިވަންކަމަށް އަރައިގަތުމެއް ކަމަށެވެ.
ޖަމިއްޔަތުލް އުލަމާއޭ ހިންދުން ނެރުނު ބަޔާންގައި ބުނެފައިވަނީ، މިއީ މީހަކު ގަބޫލުކުރާ ދީނީ އަގީދާއަށް އަމަލުކުރުމުގެ އަސާސީ ހައްގަށް ދީފައިވާ ”ސާފު ހަމަލާއެއް“ ކަމަށެވެ. މުސްލިމުންގެ ދީނީ ގަބޫލުކުރުންތަކާ ފުށުއަރާ ’ވަންދޭ މާތަރަމް‘ ކިޔަން މަޖުބޫރުކުރުމަކީ އިންޑިއާގެ ގިނަ ދީންތަކުގެ މައްޗަށް ބިނާވެފައިވާ ގަނޫނުއަސާސީން ކަށަވަރުކޮށްދޭ އޮނިގަނޑާ ހިލާފު ކަމެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
އޯލް އިންޑިއާ މުސްލިމް ޕާސަނަލް ލޯ ބޯޑުން ބުނި ގޮތުގައި ސަރުކާރުގެ މި އަމުރަކީ އިންޑިއާގެ ސެކިއުލާ އުސޫލުތަކާ ހިލާފު އަދި ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ ހުކުމްތަކާވެސް ފުށުއަރާ ކަމެކެވެ.
”ސަރުކާރުން ރައްޔިތުންގެ މައްޗަށް އެމީހުންގެ ދީނީ އަގީދާއާއި ދީނީ ގަބޫލުކުރުންތަކާ ދެކޮޅަށް ކަންކަން މަޖުބޫރުކޮށްގެން ނުވާނެ“ ކަމަށް އެ ބޯޑުން ބުނެފައިވެއެވެ.
އިންޑިއާގައި މުސްލިމުންނަށް ފުރައްސާރަ ކުރުން އިތުރު ވަނުން ދެއެވެ. އާސާމްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާސްވެސް ވަނީ މުސްލިމަކާއެކު މުއާމަލާތު ކުރުމަށްފަހު ފައިސާ ދޭން ޖެހިއްޖެނަމަ އެމީހަކަށް އަބަދުވެސް އެ ދޡޭން ޖެހޭ ވަރަށް ވުރެން މަދުން ފައިސާ ދިނުމަށް ރައްޔިތުންނަށް ގޮވާލާފައެވެ. އަލްޖަޒީރާއިން ވަނީ މި ކަމާ ބެހޭ ގޮތުން ރިޕޯޓެއްވެސ ްގެނަސް ދީފައެވެ. އަދި އޭނާ ވަނީ ބަޑި ޖެހުން ޕްރެކްޓިސް ކުރުމުގެ ތެރޭގައި މުސްލިމުންގެ ފޮޓޯތައް ބަހައްޓައިގެން އެ ފޮޓޯތަކަށް ބަޑި ޖަހާ މަންޒަރު ވީޑިއޯކޮށް މީސްމީޑިއާގައިވެސް ޝާއިއުކޮށްފައެވެ. މި ކަލޭގެ އަކީވެސް ހައްދުފަހަނައަޅާފައިވާ ހިންދީންގެ ހަރުކަށި ބީޖޭޕީޯގެ މެމްބނަބަރެކެވެ.
އަނެއްކޮޅުން އިންޑިއާގެ ޔޫޕީގެ ޗީފް މިނިސްޓަރު ޔޯގީ އަދިތިޔަނާތު ވެސް ބުނެ ފައިވަނީ ގިޔަމާމަސް ދުވަހާ ޖެހެންދެން ވެސް ބާބްރީ މިސްކިތް އަލުން މުސްލިމުންނަށް ބިނާ ކުރިޔަ ނުދޭނެ ކަމަށެވެ. އޭނާ ވަނީ ޔޫޕީގައި އައި ލަވް މުުހައްމަދު ފަދަ ޝިއާރުތައް ފާޅުކުރުންވެސް މަނާ ކޮށްފައެވެ. އަސދި މިސްކިތްތަކާއި މުސްލިމުންގެ ތައް ކުދިކުދި މައްސަލތަކުގައި ތަޅާލުމުގެ ކެމްޕޭނެއް ފަށާފައެވެ. މިކަލޭގެއަކީ ވެސް ބީޖޭޕީގެ މީހެކެވެ،
އިންޑިއާގެ ހޯމް މިނިސްޓްރީން ނެރުނު އަމުރުގައި ވަނީ، ގައުމީ ލަވަ އާއި ގައުމީ ސަލާމް އެކުގައި ކިޔާ ހާލަތްތަކުގައި، ’ވަންދޭ މާތަރަމް‘ ގެ ހަ ކަޑި އެއްކޮށް، ގައުމީ ސަލާމުގެ ކުރިން ކިޔަންވާނެ ކަމަށް އަންގާފައެވެ. މިއާއެކު، ގައުމީ ލޯބި ފާޅުކުރުމަކީ މަޖުބޫރުކޮށްގެން ކުރަންޖެހޭ ކަމެއްތޯ ނުވަތަ ނޫންތޯ ބަހުސް ވަނީ ފެށިފައެވެ.
މި މައްސަލަ ކުރިމަތިވެފައިވަނީ އިންޑިއާގައި ގައުމީ އެއްބައިވަންތަކަމާއި ބައިމަދު މީހުންގެ ހައްގުތަކާ ގުޅޭގޮތުން ނުތަނަވަސްކަން ފާޅުކޮށް ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. މުސްލިމް ޖަމިއްޔާތަކުން ވަނީ މި ނިންމުން އަލުން މުރާޖައާކުރުމަށާއި، ގައުމީ ލޯތްބަކީ ގާނޫނަކުން މަޖުބޫރުކުރެވޭނެ އެއްޗެއް ނޫންކަން ގަބޫލުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.






