ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބު ކުރުމާ ގުޅިގެން ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ގައުމީ ބަރުލަމާނީ އިންތިޚާބު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ތާރިގު ރަހުމާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެންޕީން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި ތާރިގު ރަހުމާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި އިންތިޚާބުގެ ނަތީޖާއާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ […]
ސުންނަތަށް އިންކާރު ކުރާ މީހުންނަށް ސަމާލުވުމަށް އަޒުހަރުގެ ޝެއިޚު ގޮވާލައްވައިފި

އިސްލާމީ ޝަރީޢަތުގެ މަޞްދަރެއްގެ ގޮތުގައި ހަމައެކަނި ކީރިތި ޤުރުއާނަށް ބަރޯސާވެ، ނަބަވީ ސުންނަތަށް އިންކާރު ކުރުމަށް ގޮވާލާ ފިކުރުތަކަށް ސަމާލުވުމަށް މިޞްރުގެ އަޒުހަރުން އިންޒާރު ދީފިއެވެ. މިކަމާ ގުޅޭގޮތުން އަޒުހަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު ކަމަށާއި، އެއީ ހަމައެކަނި ތާރީޚީ ތަރިކައެއް ނޫން ކަމަށެވެ. އަޒުހަރުން ފާހަގަކުރި ގޮތުގައި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކާއި ލިޔުންތަކުގައި، އިސްލާމީ ތަރިކައާ މުޅިން ވަކިވުމަށާއި، ބޮޑެތި އިމާމުންނަށް ފާޑުކިޔައި، ދީނުގެ އަސާސްތަކާ […]
125 އަހަރަށްފަހު އިނގިރޭސިވިލާތުން ކޮލެރާ ޖެހިގެން މީހަކު މަރުވެއްޖެ

އިނގިރޭސިވިލާތުގެ ނަނީޓަން ސިޓީގެ ޖޯޖް އެލިއަޓް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ ފިރިހެނަކު ކޮލެރާ ބަލީގައި މަރުވެއްޖެއެވެ. މިއީ ފާއިތުވި 125 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުން މި ބަލީގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ. ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ބަލިމީހާގެ ހާލަތު ގޯސްވާން ފެށީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ގޭގައި ހުއްޓާ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މިދިޔަ […]
ޔަހޫދީ މިނިސްޓަރު ބެންގްވީރް މަގާމުން ވަކިކުރާނެ

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެންގްވީރް އޭނާގެ މަގާމުން ވަކިކުރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ގާނޫނީ އަދި ސިޔާސީ މާހިރުންނާ ހަވާލާދީ އިސްރާއީލުގެ ނޫހެއް ކަމަށްވާ ”ޔެދިއޯތު އަހްރޮނޮތު“ އިން ރިޕޯޓުކޮށްފިއެވެ. މިކަން މިގޮތަށް މެދުވެރިވެފައިވަނީ ފުލުހުންގެ އިދާރާގެ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ބެންގްވީރަށް ލިބިގެންވާ ބާރުތަކާ ގުޅޭގޮތުން އިސްރާއީލުގެ ސުޕްރީމް ކޯޓާ ދެމެދު އުފެދިފައިވާ މައްސަލަ ހޫނުވުމާ ގުޅިގެންނެވެ. މި މައްސަލައިގެ ތެރެއިން، ފުލުސް އޮފިސަރެއް ކަމަށްވާ ރިނާޓް ސަބާންގެ މަގާމުގެ ކުރިއެރުން ދިނުމާ […]
އަވަހަށް ޗާޖުވާ އަދި ގިނަ ދުވަހު ހުންނަ ’ނިކަލް-އަޔަން‘ ބެޓެރީއެއް އީޖާދުކޮށްފި

އެމެރިކާގެ ސްޓެންފޯޑް ޔުނިވަރސިޓީގެ ދިރާސާ ކުރާ ޓީމަކުން، ސިކުންތުކޮޅެއްގެ ތެރޭގައި ޗާޖުކޮށްލެވޭ އަދި ގިނަ ދުވަހު ބޭނުންކުރެވޭ އާ ނިކަލް-އަޔަން ބެޓެރީއެއް އީޖާދުކޮށްފިއެވެ. މި ބެޓެރީއަކީ އެއްވެސް މައްސަލައެއް ނުޖެހި 12,000 ފަހަރު ޗާޖުކޮށް ހުސްކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ބެޓެރީއެކެވެ. ފެބްރުއަރީ 2026 ގައި ’ނޭޗަރ ކޮމިއުނިކޭޝަންސް‘ މަޖައްލާގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުން، މި އީޖާދަކީ ކަރަންޓު ރައްކާކުރުމުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެކެވެ. މި ބެޓެރީ އުފައްދާފައިވަނީ ކުރީގެ ނިކަލް-އަޔަން ސެލްތަކުގެ އިލެކްޓްރޯޑްތަކަށް […]
ނަތަންޔާހޫއަށް މައާފު ދިނުމަށް ޓްރަމްޕް އެދިވަޑައިގަތުމުން، އަދި ގޮތެއް ނުނިންމާ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާތަކާ ގުޅިގެން އޭނާއަށް މައާފު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައިވާ ހުށަހެޅުން ދިރާސާ ކުރަމުންދާ ކަމަށާއި، ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އިސްރާއީލުގެ ރައީސް އިކްސާކް ހެރްޒޮގް ބުނެފިއެވެ. އިސްރާއީލުގެ ރައީސްގެ އޮފީހުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ޓްރަމްޕްގެ ހުށަހެޅުމާ މެދު ރައީސް ގޮތެއް ނިންމާނީ ގާނޫނާއި ދައުލަތުގެ މަސްލަހަތަށް ބެލުމަށްފަހު ކަމަށެވެ. އަދި މި ނިންމެވުން ނިންމާނީ […]
ތުރުކީއާއި އޮސްޓްރޭލިއާއާއި ސިންގަޕޫރުގައި ރަމަޟާން މަސް ފަށާނީ ފެބްރުއަރީ 19 ގައި

ބަރަކާތްތެރި ރަމަޟާން މަސް ގާތްވަމުން އަންނައިރު، ފަލަކީ ހިސާބުތަކަށް ބިނާކޮށް ބައެއް ގައުމުތަކުން މިހާރު ވަނީ އެ ގައުމުތަކުގައި ރޯދަމަސް ފަށާނެ ތާރީޚު އިއުލާނުކުރަން ފަށާފައެވެ. އެގޮތުން އޮސްޓްރޭލިއާއާއި ތުރުކީވިލާތާއި ސިންގަޕޫރުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ފެބްރުއަރީ މަހުގެ 19 ވާ ބުރާސްފަތި ދުވަސް ކަމަށް އެ ގައުމުތަކުން ވަނީ ކަނޑައަޅާފައެވެ. އިސްލާމީ ބައެއް ގައުމުތަކުން ހަނދު ފެނުމަށް (ލޮލަށް ނުވަތަ ޓެލެސްކޯޕުން) ބަރޯސާވާއިރު، އަނެއްބައި ގައުމުތަކުން ބަރޯސާވަނީ ފަލަކީ ހިސާބުތަކުން ހަނދު […]
ދުބާއީ ޕޯޓް ވާލްޑްގެ ސީއީއޯ އާއި ޖެފްރީ އެޕްސްޓީންއާ ދެމެދު އޮތް ގުޅުން ހާމަވުމުން ކުންފުންޏަށް ބޮޑު ލޮޅުމެއް

ދުނިޔޭގެ އެންމެ ބޮޑު އެއް ޕޯޓް އޮޕަރޭޓަރު ކަމަށްވާ ދުބާއީ ޕޯޓް ވާލްޑް (ޑީޕީ ވޯލްޑް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން އަހުމަދު ބިން ސުލައިމް އާއި، ޖިންސީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށް މަރުވި އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއާ ދެމެދު ގާތް ގުޅުމެއް އޮތްކަން ހާމަވުމާ ގުޅިގެން އެ ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ބޮޑެތި އިންވެސްޓްމަންޓް އިދާރާތަކުން ވަނީ އެ ކުންފުންޏާއެކު އޮތް މުއާމަލާތްތައް މެދުކަނޑާލަން […]
ބަންގްލަދޭޝްގެ އިސްލާހީ ބަދަލުތަކަށް ތާއީދުކޮށްފި

ބަންގްލަދޭޝްގައި ބޭއްވުނު 13 ވަނަ އާންމު އިންތިޚާބާއެކު ކުރިއަށްދިޔަ ގައުމީ ރިފަރެންޑަމްގައި، ވޯޓުލީ މީހުންގެ 67 އިންސައްތަ މީހުން ގާނޫނީ އިސްލާހުތަކަށް ތާއީދުކޮށް ވޯޓު ދީފިއެވެ. މި އިންތިޚާބަކީ ދެ ދަހަަރުވަންދެން ޝައިޚް ހަސީނާ ކުރެއްވި ވެރިކަން ދަރިވަރުންގެ ވަރުގަދަ އިހުތިޖާޖުތަކަކަށްފަހު ނިމުމަކަށް އައިތާ 18 މަސް ފަހުން ބޭއްވުނު ފުރަތަމަ މިނިވަން އިންތިޚާބެވެ. މިހާތަނަށް ލިބިފައިވާ ނުރަސްމީ ނަތީޖާތަކުން ދައްކާގޮތުގައި، އިސްލާހީ ބަދަލުތަކާ ދެކޮޅަށް ވޯޓު ދީފައިވަނީ 33 އިންސައްތަ މީހުންނެވެ. މި ރިފަރެންޑަމްގައި ރައްޔިތުންނަށް […]
ޔޫއޭއީގެ ސްކޫލްތަކުގައި ޗޮކްލެޓާއި ޗިޕްސް އަދި ސޮފްޓް ޑްރިންކްސް މަނާކޮށްފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް ގެ ސްކޫލްތަކުގައި ސޮފްޓް ޑްރިންކްސް އާއި ޗޮކްލެޓް އަދި ޗިޕްސް ބޭނުންކުރުން މުޅިން މަނާކޮށްފިއެވެ. މިއީ ދަރިވަރުންގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެގައުމުގެ ތައުލީމީ ވުޒާރާއިން ނިންމި ނިންމުމެކެވެ. މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔޫއޭއީގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެލާޖީވާ ފަދަ ނަޓްސްގެ ބާވަތްތަކާއި، އާޓިފިޝަލް ކުލަ ޖައްސާފައިވާ ކާނާގެ އިތުރުން ހަކުރު ގިނަ ކާބޯތަކެތި ވެސް ސްކޫލްތަކުގައި ބޭނުންކުރުން މަނާކޮށްފައެވެ. މި ނިންމުމާ ގުޅިގެން ތައުލީމީ ދާއިރާގެ އިދާރާތަކުން ވަނީ ބެލެނިވެރިންނަށް […]
