ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ގަތަރުން 24 ގަޑިއިރު ގުރުއާން ފޮނުވާ ޗެނަލެއް އިފްތިތާޙު ކުރަނީ

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، 24 ގަޑިއިރު ކީރިތި ގުރުއާން ކިޔެވުމަށް ޚާއްސަކޮށްފައިވާ ޓީވީ ޗެނަލް ”ޤަތަރު ޤުރުއާން ޗެނަލް“ އިފްތިތާޙު ކުރާނެ ކަމަށް ގަތަރު މީޑިއާ ކޯޕަރޭޝަނުން ބުނެފިއެވެ. މިއީ ގަތަރުގެ ދީނީ މީޑިއާ ވަރުގަދަކޮށް، ”ގަތަރު ނޭޝަނަލް ވިޜަން 2030“ އާ އެއްގޮތަށް ޚާއްޞަ ދާއިރާތަކުން މީޑިއާގެ ކޮންޓެންޓް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ. މި އާ ޗެނަލް މެދުވެރިކޮށް މެދުކެނޑުމެއް ނެތި ކީރިތި ގުރުއާންގެ ތިލާވަތްތައް ގެނަސްދިނުމަށް […]
ރަމަޟާން މަހު މުދަލުގެ އަގު ބޮޑުކުރާ ނަމަ އެއްލައްކަ ދިރުހަމުން ޖޫރިމަނާ ކުރަނީ

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، މުދަލުގެ އަގުތަކަށް ބަދަލު ގެންނަ ފަރާތްތައް 100،000 ދިރުހަމުން ޖޫރިމަނާ ކުރާނެ ކަމަށް ދުބާއީގެ ކަމާބެހޭ އިދާރާތަކުން އިންޒާރު ދީފިއެވެ. ދުބާއީގެ ކޮންސިއުމަރ ޕްރޮޓެކްޝަން އޮތޯރިޓީގެ އޮފިޝަލުން އެ ސިޓީގެ އެކި މާރުކޭޓުތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ހާމަކުރެއްވި ގޮތުގައި، ރަމަޟާން މަހުގެ ތެރޭގައި ކޮންމެހެން ބޭނުންވާ ތަކެތީގެ އަގުތައް އިންސާފެއް ނެތް ގޮތުގައި ބޮޑުކުރާ ވިޔަފާރިވެރިންނާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެއެވެ. އެގޮތުން، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް އެއްލައްކަ ދިރުހަމާ […]
އެމެރިކާ ކޮންގްރެސްގެ މެމްބަރަކު މުސްލިމުންނާ ކުއްތާއާ އަޅައިކިޔައިފި

އެމެރިކާގެ ފްލޮރިޑާގެ ކޮންގްރެސް މެންބަރެއް ކަމަށްވާ ރެންޑީ ފައިން، ވަނީ މުސްލިމުންނާ ކުއްތާއާ އަޅާކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. އެކަމާ ގުޅިގެން ވޮޝިންޓަނުގެ ސިޔާސީ މައިދާނުގައާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އޭނާއަށް ފާޑުކިޔުން އަމާޒުކޮށްފިއެވެ. އަދި މިކަމާ ގުޅިގެން އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައި ފައިން ލިޔެފައިވަނީ، ”އަހަރެމެންނަށް މަޖުބޫރުކޮށްފިނަމަ، ކުއްތާއާއި މުސްލިމުންނާ ދެމެދު ގޮތެއް ނިންމުމަކީ އުނދަގޫ […]
އިޞްލާޙުގެ ފެށުމަކީ ތިމާ: ރައީސް
އިޞްލާޙެއްގެ ފެށުމަކީ ތިމާކަމަށާއި، އާއިލާއަކަށް، މުޖުތަމަޢަކަށް ނުވަތަ ޤައުމަކަށް އިޞްލާޙެއް، ނުވަތަ ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމާގުޅިގެން ފޮނުއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރަމަޟާންމަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ފޮނުއްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މާތް ﷲ ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިވުމަށާއި، ކުށްފާފަތަކަށް […]
ޓްރީޓޮޕްއަށް އީދު މުބާރަކްއާ ރަމަޟާން މުބާރަކް އޮޅިއްޖެ

ޓްރީޓޮޕް ހޮސްޕިޓަލް އިން ރަމަޟާން މުބާރަކު ކިޔުމަށްޓަކައި ޕޯސްޓު ކުރި ގްރެފިކްއަކީ ކަދުރު ބޯތަށްޓަކާއި ފާތިމީ ވޮށެއް ހިމަނައިގެން އުފައްދާފައިވާ ގްރެފިކް އެކެވެ. މި ގްރެފިކް އަރަބި އިސްލާމީ ލިޔުންކޮޅެއް ހިމެނުމަށްޓަކައި ކުރި މަސައްކަތުން ހިމަނާ ލެވުނީ އަރަބިން ރަމަޟާން މުބާރަކްގެ ބަދަލުގައި އަޟުހާ މުބާރަކް އެވެ. އަރަބި ދަންނަ މީހުން ބުނަނީ އެއީ ބޮޑުއީދަށް އެކަށީގެންވާ ލިޔުންކޮޅެއް ކަމަށެވެ. ރޯދަ މަސް ނުފެށިގެން އުޅޭއިރު މިހާ އަވަހަށް ރޯދައެއް ހިފައި ދެއްކީއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބު

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَةُ وَالسَّلاَمُ عَلَى سَيِّدنَا مُحَمَّدٍ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ. މިއީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި ވަގުތެވެ. ކީރިތި ޤުރްއާނުން އެނގޭގޮތުގައި، މާތް ﷲ ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިވުމަށްޓަކައެވެ. ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ، އެކަންކަމުން ދުރުހެލިވުމަށްޓަކައެވެ. ތެދުމަގުގައި ސާބިތުވެ، ހެޔޮ ކަންކަންމަތީ ދެމިތިބުމަށްޓަކައެވެ. އެހެންކަމުން، ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމެކެވެ. ބާއްޖަވެރިކަމުގެ މައްސަރެކެވެ. މި ބަރަކާތްތެރި […]
رَمَضان كَريم
ރަޝިޔާގެ ޕާސްޕޯޓު ފޮޓޯގައި ބުރުގާއި ހުންނަ ފޮޓޯ ޖެހުން ހުއްދަ

މުސްލިމުންގެ ދީނީ ކަންކަމަށް އިތުރަށް ފުރުސަތު ދިނުމުގެ ގޮތުން، ރަޝިޔާގެ ދާޚިލީ ވުޒާރާއިން މިވަނީ އެގައުމުގެ ރަށްވެހިކަމަށް އެދި ހުށަހަޅާ ފޯމުތަކުގައި ބޭނުންކުރާ ފޮޓޯއާއި ޕާސްޕޯޓު ފޮޓޯގައި މުސްލިމް އަންހެނުންނަށް ބުރުގާ އަޅައިގެން ތިބެވޭ ގޮތަށް ހުއްދަކޮށް އާ ގަވާއިދެއް ތައާރަފުކޮށްފައެވެ. މި ނިންމުމަކީ ރަޝިޔާގައި ދިރިއުޅޭ މުސްލިމުންގެ ދީނީ މިނިވަންކަމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އާ އުސޫލުގެ ދަށުން، މޫނު ސާފުކޮށް ފެންނަ ގޮތަށް ބޮލުގައި އަޅާ ބުރުގާ ނުވަތަ ފޮތިގަނޑު ބޭނުންކުރުމުގެ ހުއްދަ އޮންނާނެއެވެ. […]
ޖަޕާނުގައި އެންމެ ބާރަށް ފެތުރެނީ އިސްލާމް ދީން

އިސްލާމްދީނަކީ މުޅި ދުނިޔޭގައިވެސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ދީނެވެ. މިގޮތުން، އިރުމަތީ އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ޖަޕާނުގައިވެސް އިސްލާމްދީން ފެތުރޭ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދިރާސާތަކުން ދައްކާގޮތުގައި ޖަޕާނުގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނީ މުޖުތަމައަކީ މުސްލިމުންނެވެ. ޖަޕާނުގެ މުސްލިމް އާބާދީއާ ގުޅޭގޮތުން ވަސެޑާ ޔުނިވަރސިޓީގެ ޕްރޮފެސަރ އެމެރިޓަސް ހިރޯފުމީ ތަނާޑާ ކުރެއްވި ދިރާސާތަކުން ހާމަވާގޮތުގައި، 2024 ވަނަ އަހަރުގެ ނިޔަލަށް ޖަޕާނުގައި މުސްލިމުންގެ […]
ހޭންޑީ ވޯޓާ ބްރޭންޑުގައި ނުރައްކާ ޖަރާސީމުގެ އަސަރު

ހޭންޑީ ވޯޓާ ބްރޭންޑުގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުންކުރުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެ އޮޓޯރިޓީން ކުރި ތަހުލީލުތަކުން ދައްކާ ގޮތުގައި، މި ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑުތަކަށް ފެތޭ ފެނެއް ނޫނެވެ. އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ 330 އެމްއެލް، 550 އެމްއެލް އަދި 1 ލީޓަރުގެ ބިއްލޫރި […]
