އުޒްބެކިސްތާނުގައި: ”އިސްލާމްދީނަކީ ސުލްހައާއި ހެޔޮކަމުގެ ދީނެއް“ ކޮންފަރެންސް ބާއްވައިފި

އިސްލާމްދީނުގެ ސައްހަ ސޫރަ ދުނިޔެއަށް ހާމަކޮށްދިނުމަށާއި، ދީނީ އެއްބައިވަންތަކަން ގާއިމުކުރުމަށް މަގުފަހިކުރުމުގެ މަގްސަދުގައި ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސް ”އިސްލާމްދީން – ސުލްހައާއި ހެޔޮކަމުގެ ދީނެއް“ އުޒްބެކިސްތާނުގެ ވެރިރަށް ތަޝްކެންދްގައި ބާއްވައިފިއެވެ. އުޒްބެކިސްތާނުގެ ދީނީ ކަންކަމާ ބެހޭ އިދާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެން ދިޔަ މި ކޮންފަރެންސް އޮތީ މި މަހުގެ 15 އިން 16 އަށެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ދީނީ އިލްމުވެރިންނާއި، މުފްތީންނާއި، ދީނީ ލީޑަރުންގެ އިތުރުން މުސްލިމް […]
އެމެރިކާއަށް އަލުން ތެދުވަން ނޭނގޭ ފަދަ ވަރުގަދަ ”ތަފާއްޔެއް“ ލިބިދާނެ: އީރާނުގެ ރޫޙާނީ ލީޑަރު އަލީ ޚާމަނައީ

އީރާނުގެ ރޫޙާނީ ލީޑަރު އަޔަތުﷲ އަލީ ޚާމަނައީ، އެމެރިކާގެ ރައީސަށް ރައްދު ދެއްވައި ވަރުގަދަ އިންޒާރުތަކެއް ދެއްވައިފިއެވެ. ޚާމަނައީ ވިދާޅުވީ، އެމެރިކާގެ ސިފައިންނަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ލަޝްކަރު ކަމަށް އެމެރިކާގެ ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އެމެރިކާއަށް އަލުން ތެދުވަން ނޭނގޭ ފަދަ ވަރުގަދަ ހަމަލާއެއް ނުވަތަ ”ތަފާއްޔެއް“ ލިބިދާނެ ކަމަށެވެ. އަދި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކަށްވުރެ ނުރައްކާތެރީ، އެފަދަ މަނަވަރުތައް ފައްތާލުމުގެ ގާބިލުކަން ހުރި ހަތިޔާރު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. […]
ޣައްޒާއަށް ނިއުކްލިއަރ ބޮމެއް އެޅުމަށް އެމެރިކާގެ ސެނެޓަރު ލިންޑްސޭ ގްރަހަމް ގޮވާލައިފި

އިޒްރޭލުގައި ވާހަކަ ދައްކަމުން އެމެރިކާގެ ޒަޔަނިސްޓް ސެނެޓަރު ލިންޑްސޭ ގްރަހަމް ވަނީ ހޮރޮޝިމާއާއި ނަގާސާކީއަށް ވައްޓާލި ގޮތަށް ޣައްޒާއަށް ދެ ނިއުކްލިއަރ ބޮން އަޅައި ޣައްޒާގެ މައްސަލަ އެއްފަހަރާ ހައްލު ކޮށްލުމަށެވެ. ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިޒްރޭލާ ދެމެދު އޮތް ގާތް ގުޅުމަށް އެމެރިކާގެ ގްރަހަމް ވަނީ ތައުރީފު ކޮށްފައެވެ. ޣައްޒާއަށް ބޮން އެޅުމަށް ގޮވާލި ނޫސްކޮންފަރެންސްގައި އިޒްރޭލުގެ ތަލް އަވީވްގައި ހުންނަވައިގެން ޔޫއޭއީއަށް ފުރާވަޑައިގަތުމުގެ ކުރިން ވާހަކަދައްކަވަމުން ގްރަހަމް ވިދާޅުވީ، ޔޫއޭއީ އާއި […]
އިންޑިއާގެ ބޮޑުވަޒީރު މޮދީ އެޤައުމުގެ ބޮޑު މުފްތީއާ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ، އެޤައުމުގެ ބޮޑު މުފްތީ ޝައިޚް އަބޫބަކުރު އަޙްމަދުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. ނިއުދިއްލީގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ އެކުވެރި މާޙައުލެއްގައި ކުރިއަށްދިޔަ ބައްދަލުކުރެއްވުމެކެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެފަރާތުން އިސްކަންދޭ ތަފާތު އެކި ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ޚިޔާލު ބަދަލުކުރައްވާފައެވެ. ބޮޑުވަޒީރު މޮދީ ވަނީ ޝައިޚް އަބޫބަކުރު އަޙްމަދު އިންޑިއާގެ އިޖުތިމާޢީ އެއްބައިވަންތަކަމާއި، އަޚުވަންތަކަން ޤާއިމުކުރުމަށާއި، އަދި މުޅި ޤައުމުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުންދާ މުހިންމު […]
ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކެތެލެން ސޫސާ އިސްލާމްވެއްޖެ

ސައުދީ ވުމަންސް ޕްރިމިއަރ ލީގުގެ އަލް ނަޞްރު އަންހެން ޓީމުގެ ކެޕްޓަން އަދި ބްރެޒިލްގެ ގައުމީ ޓީމުގެ ޑިފެންޑަރު ކެތެލެން ސޫސާ އިސްލާމްދީން ގަބޫލުކޮށްފިއެވެ. އުމުރުން 29 އަހަރުގެ ސޫސާ އިސްލާމްވިކަން އިއުލާންކޮށްފައިވަނީ އިއްޔެ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. ސޫސާ އިސްލާމްވުމާ ގުޅިގެން އަލް ނަޞްރުގެ ޓީމުގެ ކުޅުންތެރިން ވަނީ އޭނާއަށް ސަޕްރައިޒް ސެލެބްރޭޝަނެއް ބާއްވައި، އެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި އުފާވެރި ޚަބަރާއެކު ސޫސާ […]
ޔޫއޭއީގެ ރައީސް އަވަހާރަވިކަމަށް ބުނެ ޚަބަރު ފަތުރަނީ

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާން އަވަހާރަވެއްޖެ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު މަޢުލޫމާތުތަކެއް ކަން ހާމަވެއްޖެއެވެ. މިދިޔަ ފެބްރުއަރީ މަހުގެ 16 އާއި 17 އާ ދެމެދު މީސްމީޑިއާގެ އެކި މަންސަތަކުގައި، ޚާއްޞަކޮށް ’އެކްސް‘ ގައާއި ބައެއް ތުރުކީގެ މީޑިއާގައި ވަނީ ރައީސް މުޙައްމަދު ބިން ޒާއިދަށް ސިއްޙީ ބޮޑު މައްސަލައެއް ދިމާވެވަޑައިގެން، ސިކުނޑިގައި ލޭ ގަނޑުވުން ފަދަ […]
