ޣައްޒާއަށް ނިއުކްލިއަރ ބޮމެއް އެޅުމަށް އެމެރިކާގެ ސެނެޓަރު ލިންޑްސޭ ގްރަހަމް ގޮވާލައިފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 17, 2026

އިޒްރޭލުގައި ވާހަކަ ދައްކަމުން އެމެރިކާގެ ޒަޔަނިސްޓް ސެނެޓަރު ލިންޑްސޭ ގްރަހަމް ވަނީ ހޮރޮޝިމާއާއި ނަގާސާކީއަށް ވައްޓާލި ގޮތަށް ޣައްޒާއަށް ދެ ނިއުކްލިއަރ ބޮން އަޅައި ޣައްޒާގެ މައްސަލަ އެއްފަހަރާ ހައްލު ކޮށްލުމަށެވެ.

ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިޒްރޭލާ ދެމެދު އޮތް ގާތް ގުޅުމަށް އެމެރިކާގެ  ގްރަހަމް ވަނީ ތައުރީފު ކޮށްފައެވެ.

ޣައްޒާއަށް ބޮން އެޅުމަށް ގޮވާލި ނޫސްކޮންފަރެންސްގައި އިޒްރޭލުގެ ތަލް އަވީވްގައި ހުންނަވައިގެން ޔޫއޭއީއަށް ފުރާވަޑައިގަތުމުގެ ކުރިން ވާހަކަދައްކަވަމުން ގްރަހަމް ވިދާޅުވީ، ޔޫއޭއީ އާއި އިޒްރޭލާ ދެމެދު އޮތް އެއްބާރުލުން އޮތް މިންވަރާއި އެ ގުޅުމުގެ މުހިންމުކަމާ މެދު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުންނެވީ ވަރަށް ބޮޑަށް ހައިރާންވެ، އުފާވެފައި ކަމަށެވެ.

ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން (އެމްބީޒެޑް) އަށް ނިސްބަތްކުރައްވައި ގްރަހަމް ވިދާޅުވީ، ބިން ޒާއިދު ކުރިއަށް ގެންދާ މަސައްކަތްތަކަކީ ”އެދޭ މިންވަރަށް ވުރެ ވެސް ފުރިހަމަ“ މަސައްކަތްތަކެއް ކަމަށެވެ. އަދި އުނދަގޫ ހާލަތްތަކުގައި ޔޫއޭއީއަކީ އިތުބާރު ހުރި އަދި ވަރުގަދަ ބައިވެރިއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ގްރަހަމް އިތުރަށް ވިދާޅުވީ، ޖެހިގެން އައި ދުވަހު އޭނާ ޔޫއޭއީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެމްބީޒެޑްގެ ލީޑަޝިޕް ބަލައިގަތުމަށާއި، ޔޫއޭއީއަށާއި އެ ސަރަހައްދަށް އެމެރިކާގެ ދިފާއީ އެހީތެރިކަން އިތުރަށް ބޭނުންވާ ކަމަށް ވަކާލާތު ކުރެއްވުމަށް ކަމަށެވެ.

ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ގްރަހަމްގެ މި ތައުރީފަކީ ސިޔާސީ ގޮތުން ޔޫއޭއީއަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.

ސެނެޓަރު ގްރަހަމް ވަނީ ގަލްފުގެ ގައުމުތަކުގެ މެދުގައި އޮތް ނުތަނަވަސްކަމާ ބެހޭ ގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން އީރާނުގެ ނުފޫޒު ގަދަވިޔަ ނުދިނުމަށްޓަކައި، ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއާ ދެމެދު ހުރި މައްސަލަތައް ހައްލުކުރުމަށް އޭނާ ބާރުއެޅުއްވިއެވެ. ތަލް އަވީވްގައި އޭނާ ދެއްކެވި ވާހަކަތަކުން ހާމަވަނީ، އީރާނާ ދެކޮޅަށް އިޒްރޭލާއި ގަލްފުގެ ބައިވެރިން ހިމެނޭ ވަރުގަދަ އިއްތިހާދެއް ބިނާކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކެވެ.

 

 

 

މި ލިޔުމާ ގުޅޭ