ޔަހޫދީ ބޮޑުވަޒީރު އައުވާނުންނާއެކު ބިންގަރާހަށް ވަދެ ފިލައިފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތައްންޔާހޫއާއި އޭނާގެ އައުވާނުން (ވަޒީރުން) އީރާނުގެ މިސައިލް ތަކުން ރައްކާތެރިވުމަށްޓަކައި ބިންގަރާސްތަކަށް ވަދެ ފިލައިފިއެވެ. ބޭރުގެ މީޑިއާއިން ބުނެފައިވަނީ އިރާނުގެ ހަމަލާތައް ވަރުގަދަވެ ބިރު ބޮޑުވެފައިވާ މިވަގުތު ސަލާމަތި ސަބަބު ތަކަށްޓަކައި ނަތަންޔާހޫ ވަނީ އިޒްރޭލުގެ މަސްއޫލުވެރިންނަސް ސީދާ މުއާމަލާތް ކުރުމް ހުއްޓާލައިފައެވެ. ނުވަތަ މަދުކޮށްފައެވެ. ހަނގުރާމައާ ބެހޭގޮތުން މަސްއޫލުވެރިންނާ މުވާސަލާތު ކުރަމުންދަނީ ވީޑިއޯއާއި އޯޑިއޯ މެދުވެރިކޮށް ކަމަށް ވެސް ޚަބަރު ލިބިފައިވެއެވެ. އިޒްރޭލުން އިސްވެ އީރާނަށްދިން އުދުވާނީ ހަމަލާގެ ހޫނުކަން ބޮޑުވެ […]

ޝަހީދު ޚާމަނާއީ އަކީ އީމާންތެރިކަމާއި ކެތްތެރިކަމުގެ ނަމޫނާއެއް: މުޖުތަބާ ޚާމަނާއީ

ޝަހީދުވި ބައްޕާފުޅުގެ ހަށިކޮޅު ދެކެވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް، އީރާނުގެ އައު ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ. ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ދެއްވި ފުރަތަމަ ބަޔާނުގައި ވިދާޅުވީ ޝަހީދު ޢަލީ ޚާމަނާއީ ފެނިވަޑައިގެންނެވުމުން ސިފަވީ ސާބިތުކަމުގެ ފަރުބަދައެއް ފަދަ ގޮތަކަށް ކަމަށެވެ. މުޖުތަބާ ޚާމަނާއީ އެ މަންޒަރު ސިފަކުރައްވާފައިވަނީ އީމާންތެރިކަމާއި ކެތްތެރިކަމުގެ ނުހަނު ވަރުގަދަ ނަމޫނާއެއްގެ ގޮތުގައެވެ. އިސްލާމީ އުއްމަތުގެ ހައްގުގައި މަތިވެރި ގުރުބާނީއެއް ވެވަޑައިގެންނެވި ލީޑަރެއްގެ ސާބިތުކަން، އެމަނިކުފާނުގެ ފަހު މަންޒަރުންވެސް ހާމަވެގެންދިޔަކަން މުޖުތަބާގެ […]

ހުރުމޫޒު ކަނޑުއޮޅި ބަންދުކުރުމުން އެންމެ ބޮޑަށް އަސަރުކުރާނެ ޤައުމުތައް

އެމެރިކާއާއި އިޒުރޭލުން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާނުން ހުރުމޫޒު ކަނޑުއޮޅި ވަނީ ބަންދުކޮށްފައެވެ. (ނޯޓު: ސްޓްރެއިޓް އޮފް ހޮރްމޫޒަށް ކުރީ ޒަމާނުގައި ދިވެހީން ކިޔަމުން އައީ ހުރުމޫޒު ކަނޑު ނުވަތަ ހުރުމޫޒު ކަނޑުއޮޅި އެވެ.) ހުރުމޫޒު ކަނޑުއޮޅި އަކީ ފާރިސީ ކަނޑު (ޕާޝިއަން ގަލްފް) އާއި އަރަބި ކަނޑަށް ހުޅުވިފައި އޮންނަ އޮމާން ކަނޑު (ގަލްފް އޮފް އޮމާން) އާ ދެމެދުގައި އޮންނަ ކަނޑުއޮޅިއެކެވެ. ދުނިޔޭގައި އިސްތިރާޖީ ގޮތުން އެންމެ މުހިންމު އެއް ޗޯކް […]

ހަނގުރާމައިގައި އީރާނުގެ އާސާރީ ތަންތަނަށް ގެއްލުންވަނީ

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން އަދި ދެމުންދާ ހަމަލާތަކުގެ ސަބަބުން އެގައުގެ ސަގާފީ އަދި ތާރީޚީ ހަތަރު ސަރަހައްދަކަށް ވަނީ ގެއްލުން ލިބިފައެވެ. އާސާރުތަކަށް ގެއްލުން ވަމުންދާ ކަމަށްވާނަމަ ހިމާޔަތްކޮށްފައިވާ ތަންތަނަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނޭ ކަަމަށް ބެލެވެއެވެ. ޔުނެސްކޯ އިން ބުނީ އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ގައުސްތާން ގަނޑުވަރާއި 17 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ޗެހެލް ސޮތޫން ގަނޑުވަރާއި އިސްފަހާންގައި ހުންނަ އެންމެ ދުވަސްވީ ހުކުރު މިސްކިތް ކަމަށްވާ ”މަސްޖިދު ޖާމީ“ […]

ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ޓޭންކަރުތައް ގެންދަން އެމެރިކާ ތައްޔާރެއް ނޫން

އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ޓޭންކަރުތައް ގެންދަން އެމެރިކާ ތައްޔާރު ނޫންކަމަށް އެގައުމުން ބުނެފިއެވެ. އެމެރިކާގެ ހަކަތައާ ބެހޭ ބެހޭ ވަޒީރު ކްރިސް ރައިޓާ ހަވާލާދީ ބޭރުގެ މީޑިއާއިން ބުނެފައިވަނީ އެމެރިކާއަށް އަދި އެކަން ކުރެވެންނެތް ކަމަށެވެ. އެހެންނަމަވެސް ”ވަރަށް އަވަހަށް އެކަން ވާނެ،“ ސީއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ރައިޓް ވިދާޅުވެފައިވަނީ ކަނޑުއޮޅި ހުޅުވައި ދަތުރުފަތުރު ކުރެވޭނޭގޮތް ހެދުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންނޫންނަމަ ”އީރާނުން ބޭނުންވެއްޖެ ހިނދެއްގައި) […]

މަސައްކަތް މިކުރަނީ ހަނގުރާމަ ހުއްޓުވައިި ރައްޔިތުން އަނބުރާ ގެނެވޭތޯ: ލުބްނާން

އިޒްރޭލާއި ހިޒްބުالله އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ކަމަށް ލުބްނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ލުބްނާނުން ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ބަދަލުގައި މަސައްކަތްކުރަނީ ހަނގުރާމަ ހުއްޓުވަން ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އެގައުމަކީ އެހެން މީހުންގެ ހަނގުރާމަތަކަށް ހުޅުވާލެވިފައިވާ ގައުމެއްނޫން ކަމަށެވެ. އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ބެއިރޫތުގެ އަވަށްތަކުން ގެދޮރު ދޫކޮށް ހިޖުރަ ކުރަން މަޖުބޫރުވެފައިވާ އެތައް ހާސް ރައްޔިތުންނަށް އެހީތެރިކަންދީ ހިމާޔަތް ކުރަން […]

ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ހުޅުމާލޭ ޕޮލިސް ސްޓޭޝަން

ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި ކަމަށެވެ.“ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގު ކުރަމުން،“ ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ފުލުސް މީހާ އަށް އަނިޔާކޮށް ޒަޚަމްކޮށްފައިވަނީ އޭނާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫން ކަމަށެވެ. މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް […]

ކޮންމެ ޝަހީދެއްގެ ބަދަލު ވަކިވަކީން ހިފާނަން: އީރާން

އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން އުދުވާނީ ހަމަލާގައި އެގައުމުން ޝަހީދުވި ކޮންމެ ޝަހީދެއްގެ ބަދަލު ވޭންދެނިވި ގޮތަކަށް ހިފާނޭ ކަމުގެ އިންޒާރު އީރާނުގެ މަސްއޫލުވެރިން އެމެރިކާއާއި އިޒްރޭލަށް ދީފިއެވެ. ފިރިހެންވަންތަ މި އިންޒާރާއެކު މުޅިދުނިޔެއަށް ވަނީ ސިހުން ލިބިފައެވެ. ޚާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ވެސް އެމެރިކާއާއި އިޒްރޭލުގެ ތައްޕާހުން އުޅޭ ގައުމުތައް ވަނީ ބިރުން ފިތްކަނޑައިގެން ގޮސްފައެވެ. އީރާނުން އިންޒާރު ދީފައިވަނީ މާތްވެގެންވާ އިސްލާމްދީނާއި ގައުމުގެ ހައްގުގައި ގުރުބާންވި ކޮންމެ ޝަހީދެއްގެ ބަދަލު ވަކިވަކިން […]