އެމެރިކާ-އިޒްރޭލް: ވާހަކައާ މަންޒަރާ ދިމައެއްނުވޭ!

އެމެރިކާ އާއި އިޒްރޭލުން ބުނާއެއްޗަކާ މަންޒަރަކާ ދިމައެއްނުވެއެވެ. އެމީހުން ބުނަނީ އެ ދެގައުމުގެ އަސްކަރިއްޔާގެ ވަރުގަދަ ހަމަލާތަކަށްފަހު އީރާނުގެ އަސްކަރީ ގާބިލްކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެތައް މިސައިލް ސިޓީއެއް ހަލާކުކޮށްލައިފި ކަމަށެވެ. އެތައް މަނަވަރެއް ފައްތައިފި ކަމަށެވެ. ޑިފެންސް ސިސްޓަމްތައް ކުދިކުދި ކޮށްފިކަމަށެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތުގެ ވެސް ވާހަކަހުރި ގޮތެވެ. އެމީހުން ބުނަނީ ކެނޑިނޭޅީ ދިން ބޮމުގެ ހަމަލާތަކުގައި އީރާނުގެ ކޮމާންޑް އޮނިގަނޑުވެސް […]
ހިޔާރޯދިގޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި

2026 މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާ ހައްޔަރު ކޮށްފައިވަނީ ކޯޓުއަމުރެއް ހޯދައިގެން ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން ކަމަށެވެ. އޭނާއަކީ ޢުމުރުން 29 އަހަރުގެ މީހެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭނާ ހައްޔަރު ކުރީ މާރިޗު 22 ވަނަ ދުވަހުގެ ރޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭނާގެ ބަންދާމެދު […]
އެއްވެސް ހަނގުރާމައަކަށް ރާއްޖޭގެ ސަރަހައްދެއް ނުލިބޭނެ: ރައީސް

އެއްވެސް ހަނގުރާމައެއްގައި ބޭނުންކުރުމަށް ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުވަތަ އެއަރޕޯޓެއް އެއްވެސް ބަޔަކަށް ނުދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ތަނެއް ބޭނުން ކުރުމަށް އެއްވެސް ގައުމަކުން މިހާތަނަށް އެދިފައިވާ ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެދުނަސް އެފަދަ ފުރުސަތެއް އެއްވެސް ބަޔަކަށް ނުދެއްވާނޭ ކަމަށް ވިދާޅުވިއެވެ. ”ރާއްޖޭގެ އެއްވެސް […]
މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނަށް ޚާއްސަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްސަ ކުރައްވަން ވިސްނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ އޭގެ ތެރެއިން ވަކި އިންސައްތައެއް އަންހެނުންނަށް ވެސް ޚާއްސަކުރައްވަން ވިސްނަވާ ކަމަށެވެ. މިކަންކަމުގެ ދިރާސާތައް މިހާރުދަނީ ކުރިއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަން މިގޮތަށް ކުރައްވާނީ ރައީސް ވިދާޅުވީ މިކަން ކުރައްވާނީ އެޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ އިންތިޚާބުގެ ނަތީޖާއަށް ރިއާޔަތްކުރެއްވުމަށްފަހު ކަމަށެވެ. […]
މަރުގެޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަބިލު، މި ދައުރުގައި ހުށަހަޅާނަން: ރައީސް

މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލު، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މަރުގެ ޙުކުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިޚުތިޔާރެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ، ޤާނޫނީ އޮނިގަނޑުގެ ތެރެއިން، […]
ކުރިއެރުންތަކަށް ހުރަސްއެޅުމަކީ ރައްޔިތުންނަށް ތަހައްމަލް ކުރެވޭ ކަމެއްނޫން: ރައީސް

ސިޔާސީ ވިސްނުން އިސްކުރެވުމުގެ ސަބަބުން ރައްޔިތުންނަށް އަންނަންހުރި ކުރިއެރުންތަކަށް ހުރަސްތައް ކުރިމަތިވާ ކަމަށާއި އެއީ ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވަޢުދަކީވެސް ފުއްދަވައިދެއްވުމުގެ ހެޔި ނިޔަތުގައި ވެވަޑައިގެންފައިވާ ވަޢުދު ކަމަށެވެ. ވަޢުތައް ފުއްދެވުމަށް ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވިއެވެ. އެފަދަކަންކަން ކޮށްދެއްވަން ބޭނުންފުޅުވަނީ […]
ޕާކިސްތާނު ޑޭ ގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

”ޕާކިސްތާނު ޑޭ“ ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށާއި، އެޤައުމުގެ އުޚުއްވަތްތެރި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ވިދާޅުވެފައިވަނީ ”ޕާކިސްތާނުގެ ރައީސް ޢަލީ ޒަރްދާރީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދެޤައުމާއި ސަރަޙައްދުގެ ތަރައްޤީއަށް އިސްކަންދެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުގެ ދެމެދުގައްޔާއި، ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ […]
އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ނުދެން ޓްރަމްޕް ނިންމައިފި

ދުނިޔޭގައި ބޮޑެތި ގަދަބަސްތައް ބުނަމުން އައި ޑޮނަލްޑް ޓްރަމްޕުގެ ހަގީގީ ސައިޒު މިއަދު އިރާނުން މިވަނީ މުޅި ދުނިޔެއަށް ދައްކުވާލާފައެވެ. އިރާނުން ދިން ވަރުގަދަ އަދި ސީދާ އިންޒާރުތަކާއެކު، ޓްރަމްޕް މިވަނީ މުޅިން ފަހަތަށް ޖެހިފައެވެ. އިރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ ދެއްކި ބިރުވެރި ވާހަކަތައް ހުއްޓާލައި، އެފަދަ ހަމަލާއެއް ނުދިނުމަށް އޭނާ މިވަނީ ނިންމާފައެވެ. މިއީ އިރާނުގެ ވަރުގަދަ އަސްކަރީ ގާބިލުކަމާއި ސާބިތުކަމުގެ ކުރިމަތީގައި ޓްރަމްޕް ބިރުގަނެ، އޭނާގެ ”ގަދަކަން“ ފެނަށްވީ […]
އީރާނުން ކްލަސްޓަރ ބޮން ބޭނުންކުރާތީ އިޒުރޭލުން ޝަކުވާކުރަނީ

އީރާނުން، އިޒުރޭލަށްދޭ ކްލަސްޓަރ ބޮމުގެ ޙަމަލާތައް ހުއްޓުވައި ދިނުމަށް އެދި އިޒުރޭލުން އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގައި އެދިފިއެވެ. މިހާތަނަށް ބަލާއިރު، އެއްވެސް ހަތިޔާރެއް ނެތް ފަލަސްޠީނުގެ މަޢުޞޫމް ކުޑަކުދިންނާއި، މުސްކުޅިންނާއި، އަދި އެހެން ޢުމުރުފުރާތަކުގެ މީހުންގެ ބޮލަށް އެންމެ ގިނައިން ކްލަސްޓަރ ބޮން އެޅީ އިޒުރޭލުންނެވެ. އަދި ބެއިރޫތަށް އެންމެ ގިނައިން ކްލަސްޓަރ ބޮން އެޅީވެސް އިޒުރޭލުންނެވެ. އެކަމަކު، ދުނިޔޭގައި އެންމެ ގިނައިން ކްލަސްޓަރ ބޮން އެޅި މީހުން، މިއަދު ތިމާމެންގެ ބޮލަށް އީރާނުން ދެތިން ކްލަސްޓަރ […]
