މުސްލިމުންގެމައްޗަށް ޔަހޫދީން ހަސަދަވެރިވުން:2

ހިޖްރައިން 5 ވަނަ އަހަރުގެ ޛިލްޤައިދާމަހު (މީލާދީން 627 ވަނަ އަހަރުގެ ޖަނަވަރީމަހު) ޙިޖާޒުކަރައިގެ މަދީނާގައި ވަރުގަދަ ޝަރީޢަތެއް ކުރެވުނެވެ. ދަޢުވާ ހުށަހެޅުއްވީ، މުސްލިމުންގެ ނަބިއްޔާ މުޙައްމަދުގެފާނެވެ. ދަޢުވާ ރައްދުވީ، ޔަހޫދީންގެ ގަބީލާއެއް ކަމުގައިވާ ބަނޫ ޤުރައިޟާ އަށެވެ. ދަޢުވާގެ ބާވަތަކީ، ވަޢުދު އުވައި ޣަދަރުވެރި ވުމެވެ. ފަނޑިޔާރަކަށް އިންނެވީ، ޖިހާދުގެ މައިދާނުގައި ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންފައި ހުންނެވި، އަންޞާރިއްޔަ ބޭކަލެއް ކަމުގައިވާ ސަޢުދު އިބްނު މުޢާޛުގެފާނެވެ. އެއީ ދަޢުވާކުރާ ފަރާތުން ކަނޑައެޅި ފަނޑިޔާރެއް ނޫނެވެ. ދަޢުވާ […]
މުސްލިމުންގެމައްޗަށް ޔަހޫދީން ހަސަދަވެރިވުން: 1

މުސްލިމުންގެމައްޗަށް ޔަހޫދީން ހަސަދަވެރިވި ގޮތުގެ ވާހަކަ ކިޔައިދެންޏާ އެ ވާހަކަ ފަށަންޖެހެނީ، މި ޒަމާނުގެ ތާރީޚަކުން ނޫނެވެ. އެ ވާހަކައިގެ ފެށެނީ، ސަލާމްލެއްވި އިބްރާހީމްގެފާނުގެ ދޮށީ އަނބިކަނބަލުން، ސަރާއާއި، ހަނގު އަނބިކަނބަލުން ހާޖަރާ ހިސާބުންނެވެ. ސާރާއަކީ އިބްރާހީމްގެފާނާއި ތިމާގެފުޅުބޭފުޅެކެވެ. ހާޖަރަކީ، ސާރާ ގެންގުޅުއްވި ޚާދިމާއެކެވެ. މިޞްރުގެ އަންހެނެކެވެ. އިބްރާހީމްގެފާނާއި ސާރާއާ ދެކަނބަލުންގެ ކައިވެނިފުޅަށް އެތައް އަހަރެއް ވީއިރުވެސް ބޭފުޅަކު ލިބިވަޑައެއް ނުގަނެއެވެ. އެކަލޭގެފާނުގެ އުމުރުފުޅުން 75 އަހަރުފުޅުގައި އޫރު ނަމަކަށްކިޔާ ރަށުން ނިކުމެވަޑައިގެން ކަންޢާނުގެ ރަށްތަކުގެތެރެއިން ޝެޚަމަށް […]
ހަނގުރާމަ ހުއްޓުވުމުގެ ފަންނީ ތަޖުރިބާ ޓްރަމްޕުގެ ސަރުކާރުގައިނެތް: ރޮސް

މެދުއިރުމަތީގައި އެމެރިކާ-އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ބޭނުންވިޔަސް އެކަމުގެ ފަންނީ ތަޖުރިބާ ޓްރަމްޕުގެ ސަރުކާރުގައި ނެތްކަމަށް މިޑްލް އީސްޓް އިންސްޓިޓިއުޓްގެ ސީނިއަރ ބޭފުޅެއް ކަމަށްވާ ރޮސް ހެރިސަން ވިދާޅުވެއްޖެއެވެ. އަލްޖާޒީރާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައިވަނީ ޓްރަމްޕް ވަނީ މުޅިއެތި އޮޅުވާލައިފައި ކަމަށެވެ. އޭނާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތި މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް ”އަޅުގަނޑަކަށް ނުފެނޭ ޓްރަމްޕް ސަރުކާރުގެ މުޅި ޓީމުގައި ވެސް […]
