ތެޔޮބޯޓެއްގައި ރޯވި އަލިފާން ފެތުރި ޕެޓްރީލްޝެޑާ ހަމައަށް

ފ.ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެ ހާދިސާގެ ޚަބަރު ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރު ކަމަށެވެ. އަލިފާން ރޯވުމާއެކު އަލިފާންގަނޑު ނިއްވާލުމަށް ފުލުހުންނާއި ކަމާގުޅުން ހުރި އިދާރާތަކުން ވަނީ މަސައްކަތްކޮށް އަލިފާން ނިއްވާލާއިފައެވެ. އަލިފާން ނިއްވާލެވިފައިވަނީ މިއަދު މެންދުރު ބާރަ ޖަހަން އުޅެނިކޮށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަލިފާނުގެ މި ހާދިސާގައި ބިދޭސީއަކު ވަނީ ފިހިފައެވެ. ފ. ފީއަލީ ސިއްހީ މަރުކަޒަށް އޭނާ ގެންގޮސް […]
އުދަރެސްބޯޓު ފަރަކަށް އަރައިފި، އެކަކު ގެއްލިގެން ހޯދަންފަށައިފި

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުންދިޔަ ”އުދަރެސް“ ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައިފިއެވެ. އެފަރަށް ބޯޓުއަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ބޯޓުގައި ޖުމްލަ 13 މީހަކު ދަތުރުކުރިއެވެ. ހާދިސާ ހިނގުމާއެކު ބިދޭސީއަކު ވަނީ ފަތާފައިގޮސް ލ. އޮޅުވެއްޔަށް އަރާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ […]
ފާރިސްކަރައަކީ އެއްވެސް ބަޔަކަށް އަޅުވެތި ކުރެވުނު ގައުމެއްނޫން!

ތާރީޚް ހެކިދޭ ގޮތުގައި، އީރާނު ނުވަތަ ފާރިސްކަރައަކީ، މިހައިތަނަށް އެއްވެސް ބަޔަކަށް އަޅުވެތިކުރެވުނުތަނެއް ނޫނެވެ. އޭގެ ބަދަލުގައި، އެޤައުމު އަޅުވެތިކުރަން އުޅުނު ކޮންމެ ބަޔަކު ވަނީ ބަލިވެފަ އެވެ. އެކަމަށް މަސައްކަތްކުރަން އުޅުނު ޝަހެންޝާހީ ބާރުތައް ވަނީ ކުދިކުދިވެގެން ވެއްޓިފައެވެ. ތާރީޚުން ފެންނަން އޮތް ގޮތުގައި ފާރިސްކަރައާ އެންމެ ފުރަތަމަ ދިމާކުރީ އެލެގްޒެންޑަރ ދަ ގްރޭޓް 334 ބީސީ ގައެވެ. ޓެކްނިކަލްގޮތުން އޭނާ ފާރިސްކަރައިގެމައްޗަށް ގަދަވެގަތެވެ. ނަމަވެސް 4 އަހަރުފަހުން، އޭނާ މަރުވެ، މެސެޑޯނިއަން އެމްޕަޔަރ ވެއްޓި، […]
