އިސްރާއީލުން ލުބްނާނާއާއެކު ސީދާ މަޝްވަރާތައް ފަށަނީ

ލުބުނާނުގެ ހިޒްބުﷲ އާއެކު ސީދާ މަޝްވަރަތައް ވީހާވެސް އަވަހަކަށް ފެށުމަށް ކެބިނެޓަށް އަންގަވައިފި ކަމަށް އިޒާރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިޒްރޭލާ އެކު ސީދާ މަޝްވަރާތައް ފެށުމަށް ލުބްނާނުން ތަކުރާރުކޮށް އެދެމުންދާ ކަމަށެވެ. އެފަދަ ފުރުސަތެއްގައި ވީހާވެސް އަވަހަކަށް ލުބްނާނާ އެކު ސީދާ މަޝްވަރާތައް ފެށުމަށް ކެބިނެޓަށް އަންގަވާފައިވާނޭ ކަމަށެވެ. ނަތަންޔާހޫ ވިދާޅުވީ މި މަޝްވަރާތަކުގެ މައިގަނޑު މަގްސަދަކީ ހިޒްބުالله  އިން ބޭނުންކުރަމުންދާ ހަތިޔާރު ނައްތާލައި، އިޒްރޭލާއި ލުބްނާނާ ދެމެދު […]

’އިޤުތިޞާދީ ހައިރާންކަމުގެ‘ އަވާމެންދުރާއި، އިންފްލޭޝަންގެ ސުނާމީ!

މި ލިޔުންކޮޅުގައި އަލިއަޅުވާލާނީ، އެމެރިކާގެ އިޤުތިޞާދުގެ ބޭރުފުށުން ފެންނަ ވިދުމުގެ ފަހަތުގައި ފޮރުވިފައިވާ ’ސްޓެގްފުލޭޝަން‘ ގެ ދަންތުރައިގެ ވާހަކައެވެ! ސްޓެގްފުލޭޝަން އަކީ އިޤުތިޞާދީ ޚާއްޞަ ޙާލަތަކާއި ގުޅިގެން ބޭނުންކުރެވޭ ލަފުޒެކެވެ. އެއީ އެއްވަގުތެއްގައި އިޤުތިޞާދަށް ކުރިމަތިވާ ތިން މައްސަލައެއް ބަޔާންކޮށް ދިނުމަށް ބޭނުންކުރެވޭ ލަފުޒެކެވެ. އެގޮތުން ވިޔަފާރި ދަށްވުމާއި، ވަޒީފާ ނެތުމާއި، އަދި ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވުން ނުވަތަ އިންފްލޭޝަން މަތިވުން ހިމެނެއެވެ. ’ޔޫއެސް އިކޮނޮމިކް ސަޕްރައިޒް އިންޑެކްސް‘ 0.338 އަށް މަތިވުމާއި ގުޅިގެން އެމެރިކާގެ […]

ވެނެޒުއޭލާގެ އަސްކަރިއްޔާއާއި، އީރާނުގެ އިންޤިލާބީ ގާޑުންގެ ތަފާތު!

ނިކޮލަސް މަޑޫރޯއަށް ޚިޔާނާތްތެރިވެ އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަށް، މަޑޫރޯ ވިއްކައިލީ، އޭނާގެ ޤައުމުގެ އަސްކަރިއްޔާއާއި، ސަލާމަތީ ޓީމުންނެވެ. އޭނާ ހައްޔަރުކުރުމުގެ ތިން މަސް ކުރިން، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ، ސީ.އައި.އޭ އިން އޭނާގެ ވެރިކަމުގެ ފަށަލަތަކުގެ ތެރެއަށް ވަދެފައިވާއިރު އެއީ މުޅި ވެނެޒުއެލާގައި އެންމެންނަށްވެސް އެނގޭ ފާޅުކަން ބޮޑު ސިއްރެކެވެ. އެމެރިކާއަށް އޮމާންކަމާއެކު މަޑޫރޯ އަތުލައިގަނެވޭނޭ މަގު، އޭނާގެ ވެރިކަމުގެ މަތީ ފަންތީގައި ހިމެނޭ ބައެއް ފަރާތްތަކުން ކަށަވަރުކޮށްދީފިނަމަ ބޮޑެތި ޢަދަދުތަކުން ޑޮލަރު […]

ގެއެއްގެ ދިހަވަނަ ބުރީން ވެއްޓުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

ގެއެއްގެ ދިހަވަނަ ފަންގިފިލާއިން ވެއްޓުނު މީހަކު ޖެހިގެންހުރި ގޭގެ ފުރާޅުގައި ޖެހި އަނިޔާ ވެއްޖެއެވެ. ވެއްޓިފައިވަނީ ބަނގަލްދޭޝްގެ ފިރިހެނެކެވެ. އޭނާގެ އުމުރަކީ ތިރީސް އަހަރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ވެއްޓިފައިވަނީ މާފަންނު، ސަބުދެލިމަގުގައި ހުރި ގެއަކުންނެވެ. މި ހާދިސާ ހިނގާފައިވ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު އިރުއޮއްސި 18:20 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. މި މައްސަލަ ބަލަމުންދާ ކަމަށް […]

އޮޕަރޭޝަން އަލިމަގު: ހަތަރު މީހަކަށް ދައުވާ ކުރަން އެދި ފޮނުވައިފި

”އޮޕަރޭޝަން އަލިމަގު“ގެ ދަށުން މިއަހަރު ޖެނުއަރީ އެގާރަވަނަ ދުވަހު މާލެ އާއި ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމައި، އެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފިއެވެ. އެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިއަދު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވާ ހަތަރު މީހުންނަކީ ގއ. ވިލިނގިލީ، ޝެވޯނާ، ޝައްފާޙް ލަޠީފާއި، އެރަށު، މިޔުޒިކީގޭ، އަޙުމަދު މަދީހުއާއި، ހަމަ […]

މާރިޗު މަހު މީރާއިން 4.03 ބިލިއަން ރުފިޔާ ބަލައިގަނެފި

މާރިޗު 2026 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 4.03 ބިލިއަން ރުފިޔާ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ. މީރާއިން ވިދާޅުވެފައިވަނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %17.0 އިތުރު އަދަދެއް ކަމަށެވެ. އަދި މާރިޗު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 26.8% އިތުރު އަދަދެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މީރާއިން މައުލޫމާތުދެއްވި ގޮތުގައި، މާރިޗު 2025 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މާރިޗު 2026 ގައި ލިބިފައިވާ އާމްދަނީ […]

އެސްޓީއޯ ރަމަޒާން ބާޒާރު ނަސީބުވެރިއަކަށް އަމްޖަދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ރަމަޒާން ބާޒާރު 2026 ގެ ނަސީބުވެރިން ހޮވައިފިއެވެ. މި ނަސީބުވެރިން ހޮވަން ގުރު ނެގުން ބާއްވާފައިވަނީ 31 މާރިޗު 2026 ވީ އަންގާރަ ދުވަހު، އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އައުޓްލެޓްގައެވެ. މި ލަކީ ޑްރޯގައި އެސްޓޯއީ ރަމަޒާން ބާޒާރު ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ 100،000 ރުފިޔާގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ ހުސައިން އަމްޖަދެވެ. އެސްޓީއޯ އިން މި އަހަރުގެ ރަމަޟާން މަހާ ގުޅިގެން ބޭއްވި ރަމަޒާން ބާޒާރު ކުރިއަށް ދިޔައީ 15 ޑިސެމްބަރު […]

އިޒްރޭލުގެ ޖާސޫސީ ސްކޮޑުގެ ނަވާވީސް ސިފައިން ޙިޒުބުﷲ އަށް އަމާންދީފި

އިޒުރޭލުގެ ޖާސޫސީ ސްކޮޑުގެ 29 ސިފައިން ކްލެސިފައިޑް ޑޮކިއުމަންޓްތަކާއެކު ޙިޒުބު الله ގެ ސިފައިންނަށް އަމާންދީ ހަތިޔާރު ބަހައްޓައިފިއެވެ. ޙިޒުބު الله އަށް މިވަގުތު ވަނީ ވަރަށް ނާޒުކު ޑޭޓާތަކެއް ލިބިފައެވެ. ޙިޒުބު الله އާއި ހަވާލުކޮށްފައިވާ ތަކެތީގެ ތެރޭގައި ލެޕްޓޮޕްތަކާއި، ޗާޓްތަކާއި، ސިއްރު ލިޔެކިޔުންތައް ހިމެނެއެވެ. މިއީ މިހާރު ލުބުނާނުގައި އިޒުރޭލުން ހިންގަމުންދާ ހަމަނުޖެހުމުގައި ލައިވް ޑޭޓާއާއެކު ޙަރަކާތްތެރިވި ޖާސޫސީ ޔުނިޓަކުން އަމާންދިން ފުރަތަމަ ފަހަރެވެ. އަދި، ޑްރޯން ކޮންޓްރޯލް ސްޓޭޝަނާއެކު އިޒުރޭލުގެ 67 އިންޖިނިއަރުންނާއި، […]

އީރާނުގެ އެންމެފަހުގެ އިންޒާރު: އެމެރިކާއަށް އޮތީ ދެގޮތުން އެއްގޮތް

ހަނގުރާމަ ހުއްޓާލުމަށްފަހު ވެސް އިޒްރޭލުން ލުބުނާނަށް ހަމަލާ ދެމުންގެންދާތީ އީރާނު ހިތްހަމަ ނުޖެހިއްހެއެވެ. މި ހިތްހަމަ ނުޖެހުމާއެކު އެގައުމުން ވަނީ ފަހުގެ އިންޒާރު އެމެރިކާއާއި އިޒްރޭލަށް ދީފައެވެ. އީރާނުން ބުނަނީ ލުބުނާނަށް ހަމަލާދިނުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ. އެހެންވެ އީރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު ޢައްބާސް ޢަރަގްޗީ ވަނީ، އެމެރިކާގެ ރައީސް ޓުރަމްޕާއި، އޭނާގެ އެކުވެރިޔާ ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް އެންމެ ފަހުގެ އިންޒާރު ދެއްވައިފިއެވެ. ”އެމެރިކާގެ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތައް […]

އުދަރެސް ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުންދިޔަ ”އުދަރެސް“ ބޯޓު ފަރަކަށް އަރައި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހާ ސަލާމަތުން އޮއްވާ ކަނޑުމަތިން ފެނިއްޖެއެވެ. އެ މީހާ ފެނިފައިވަނީ އޮޔާދިޔަ ލަކުޑި ޕެލެޓެއް މަތީގައި އޮއްވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ފެނިފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށެވެ. އެމީހާ ފެނިފައިވަނީ 2026 އޭޕްރީލް 9 ވަނަ ދުވަހުގެ ހެނދުނު 10:15 އެހައިކަންހާއިރުއެވެ. ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެމީހާއަށް މިހާރު ދަނީ ފަރުވާދެމުން ކަމަށް […]