އައިސީއާރުސީ އެހީގެ ފުރަތަމަ ޝިޕްމެންޓް އީރާނަށް

އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް ފެށުނު ފަހުން އައިސީއާރުސީން އީރާނަށް ފުރަތަމަ ފަހަރަށް އެހީ ފޯރުކޮށްދީފިއެވެ. އެތަނުންވަނީ އީރާނަށް 14 ޓްރަކްގެ އެހީގެ ސާމާނު ފޮނނުވައިފައެވެ. އޭގެ ތެރޭގައި 25،000 މީހުންނަށް ބޭނުންވާވަރަށް ގޭތެރޭގެ ސާމާނާއި އެހެނިގެން ޒަރޫރީ ސާމާނުތައް ވެސް ހިމެނޭ ކަމަށް އިރުނާއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ރަޖާ، ފެން، ކައްކާ ކައިބޯ ހެދުމަށް ބޭނުންކުރާ ސާމާނު، ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. އަދި ސޯލާ އިން ދިއްލޭ ބައްތިއާއި، ބާލިދީއާއި އެނދުވެސް ހިމެނެއެވެ. […]

ޒަޔަނިސްޓުނާ ދެކޮޅުހެދި ހަ ގައުމަކަށް ޕެޒެޝްކިއަންގެ ޝުކުރު

މެދުއިރުމަތީގައި ޒަޔަނިސްޓު ދައުލަތުން ހިންގަމުން ގެންދާ އިންސާނިއްޔަތު ކަމާ ޚިލާފު އަމަލުތަކަށް ދެކޮޅުހެދި 6 ގައުމަކަށް އީރާމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ޝުކުރު އަދާ ކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ މީހުންގެ ތަހުޒީބުކަން ފެނިގެންދަނީ ތާރީޚީ ނާޒުކު ވަގުތުތަކުގައި ކަމަށެވެ. ޔަހޫދީ ދައުލަތުގެ އަނިޔާވެރިކަމާ ދެކޮޅު ހަދާފައިވާ ގައުމުތަކުގެ ތެރޭގައި ސްޕެއިނާއި، ޗައީނާއި، ރަޝިޔާއި، ތުރުކީ ވިލާތާއި އިޓަލީ ވިލާތާއި، މިސްރު ހިމެނެއެވެ. އިޒްރޭލޭ ދެކޮޅަށް މިގައުމުތަކުން ”ގެންގުޅުނު ސިޔާސަތުތަކަކީ އެ ޤައުމުތަކުގެ ސަގާފީ […]

އީރާނާއި ޕާކިސްތާނުން މެސެޖުތަކެއް ބަދަލުކުރަން ފަށައިފި

އެމެރިކާއާއި އީރާނުގެ މެދުގައި އުފެދިފައްވާ މައްސަލަ ހައްލުކުރުމަށް ޕާކިސްތާނުގައި ބޭއްވި މަޝްވަރާތަކަށްފަހު އީރާނާއި ޕާކިސްތާނާ ދެމެދު މެސެޖުތަކެއް ބަދަލު ކުރަމުންދާ ކަމަށް ބައެއް މަސްދަރުތަކުން ބުނފިއެވެ. ޑިޕްލޮމެޓިކަކާ ހަވާލާދީ އިރުނާއިން ބުނެފައިވަނީ ޕާކިސްތާނުން އަބަދުވެސް މަސައްކަތް ކުރައްވާނީ އީރާނާއި އެމެރިކާ ކުރަމުން އަންނަ ހަނގުރާމަ ހުއްޓުވައި ސުލްހަ ގާއިމް ކުރުމަށް ކަމަށެވެ. އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތަކާ ބެހޭ ގޮތުން ޕާކިސްތާނުގެ ބައެއް މީޑިއާތަކާއި ހުޅަނގުގެ މީޑިއާތަކުން ބުނާ ވާހަކަތަކަށް ރައްދު ދެމުން އީރާނުން ބުނެފައިވަނީ އެމެރިކާއާ އެކު […]

ރައްޔިޔުންނަށް ކަންކަން ކޮށްދެނީ ދޭ ވޯޓަށް ބަލައިގެންނޫން: މުއްތަލިބު

މިސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެއްވަނީ ރައްޔިތުން ސަރުކާރަށްދޭ ވޯޓަކަށް ބަލައިގެންނޫން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިގެންވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބެއްގައެވެ. މެންބަރު ސުވާލު ކުރެއްވީ އެޕްރިލް 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓޫންނަށް ވޯޓުދެއްވި ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ކުރިއަށްދޭތޯއެވެ. މިނިސްޓަރ ވިދާޅުވީ މިސަރުކާރުން އަބަދުވެސް މަސައްކަތް […]

އީޖާދީ މުސްތަގުބަލަކަށް ވަޒީރު އިޙްސާން ގޮވާލައްވައިފި

ދިވެހި މަސައްކަތްކަތްރީންގެ ހައްގުތައް ކަށަވަރު ކޮށްދެއްވައި ބާރުވެރިކުރުވުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރެއްވުމަށްވެސް މަސައްކަތް ކުރައްވާނޭ ކަމަށް އިޙްސާން ވިދާޅުވެފައިވެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޙަމަދު މުޢިއްޒު އަލުން އެކުލާވާލެއްވި ވަޒީރުންގެ މަޖިލީހުގައި ހިމެނުއްވުމުން އުފަލާއެކު އެކަންބަލައިގަންނަވާ ކަމަށެވެ. އެމަނިކުފާނާއެކު މިނިސްޓްރީގައި މަސައްކަތް ކުރައްވާ ހިވާގި ޓީމާއެކު […]

ފިޝަރީޒް މިނިސްޓަރަކަށް ޝިޔާމް އައްޔަން ކުރައްވައިފި

މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މަގާމަށް އަޙްމަދު ޝިޔާމް މިއަދު ޢައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އޭނާ މިމަގާމަށް އައްޔަން  ކުރެއްވީ މިއަދުއެވެ. އައްޔަން ކުރެއްވުމަށްފަހު ޝިޔާމްވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަޒީރު ކަމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ކުރެއްވުމަށް ރައީސް ވަނީ ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވައްވައިފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ […]