މިޔަރެއް ދަތް އެޅުމުގެ ސަބަބުން ފަތުރުވެރިއެއްގެ ފައި ބުރިކޮށްލައިފި

ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީފިއެވެ. މިމައްސަލަށް ފުލުހަސް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 11 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންގެ ފިރިހެން ފަތުރުވެރިއަކަށެވެ. މިޔަރުގެ ހަމަލާއަށްފަހު އޭނާއަށް ފަރުވާދިނީ ގއ. އަތޮޅު ހޮސްޕިޓަލުގެ އައި.ސީ.ޔޫގައެވެ. އިތުރު ފަރުވާއަށް އޭނާ ވަނީ މާލެ ގެނެސްފައެވެ. މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށްވެސް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ދެ […]
އިޒްރޭލުން ގެންދަނީ ބައިނަލްއަގުވާމީ ނިޒާމަށް ފުރައްސާރަ ކުރަމުން: އދ

އިޒޭލުން އަމިއްލަ ދިފާއުގެ ނަމުގައި ލުބުނާނަށް ދެމުންގެންދާ ބޮމުގެ ހަމަލާތައް އދ.ގެ ތަޖުރިބާކާރުންގެ ޓީމަކުން ކުށްވެރިކޮށްފި އެވެ. އެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން އެމަލާތައް ދެމުންގެންދަނީ އަމިއްލަ ދިފާއުގައި ކަމަށް ނުބެލެވޭ ކަމަށެވެ. ޔަހޫދީ ގައުމުނން ގެންދަނީ އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފުވަމުން ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ. ”މިއީ އަމިއްލަ ދިފާއުގައި ކުރާ ކަމެއް ނޫން. އެއީ އދ.ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފުވެ، ސުލްހައިގެ އުއްމީދުތައް ގަސްދުގައި ހަލާކުކޮށްލައި، މަލްޓިލޭޓަރަލިޒަމާއި […]
ލުބުނާނުން މަރުވި މީހުންގެ އަދަދު ދެހާހުން މަތީގައި

ޔަހޫދީ އިޒްރޭލުން ލުބްނާނަށް ދެމުންގެންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2،167 އަށް އަރައިފިއެވެ. އެގައުގެ ހެލްތު މިނިސްޓްރީން ބުނީ މިއީ މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން އިޒްރޭލުން ލުބްނާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ކަމަށެވެ. އެ މުއްދަތުގައި ޒަޚަމްވެފައިވަނީ 7،061 މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. މިއީ ޔަގީންވާ އަދަދު ކަމަށްވިޔަސް މިއަށްވު ގިނަ މީހުން މަރުވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ […]
ޗީފް ސްޕޯކްސްޕާސަން ކަމަށް މުޙައްމަދު ޙުސައިން ޝަރީފް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ބޭފުޅަކު އައްތަން ކުރައްވައިފިއެވެ. މިނިސްޓަރުންގެ ފެންވަރުގައި، އެމަގާމަށް އައްޔަން ކުރެއްވީ ކުރީގެ ސަފީރު، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ. އޭނާ މިޤާމަށް އައްޔަން ކުރެއްވީ މިއަދުއެވެ. މީގެ ކުރިން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ. މީގެ އިތުރުން މުޙައްމަދު […]
ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަކީ ޗައިނާ އުފާކުރާ ކަމެއް: ޓްރަމްޕް

ޗައިނާ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ. ޓްރަމްޕާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމުގެ ވާހަކަވެސް ދެކެވޭ ކަމަށެވެ. އެތަން ހުޅުވުމަކީ ޗައިނާއިން ވެސް އުފާކުރާ ކަމެއް ކަމަށް ޓްރަމްޕާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. ”ހޮރްމޫޒް ކަނޑުއޮޅި ދާއިމީކޮށް ހުޅުވުމަކީ ޗައިނާ އަށް ލިބޭ ވަރަށްބޮޑު އުފަލެއް. ޗައިނާއަށް ވެސް އަދި މުޅި ދުނިޔެއަށްޓަކައި އަހަރެން މިކުރަނީ […]
ޑިފެންސް މިނިސްޓަރަކަށް ޙަސަން ރަޝީދު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ”މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް“ ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. އެމަގާމަށް މިއަދު އައްޔަން ކުރެއްވީ ޙަސަން ރަޝީދެވެ. ޙަސަން ރަޝީދަށް ވަޒީރުކަމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި […]
ތަހުގީގަށް ބޭނުންވެ ޗިޓު ހަވާލުނުކުރެވިފައިވާ މީހަކު ހޯދަންފަށައިފި

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ހޯދަމުންދަނީ ހެންވޭރު، ލަދުމާގޭ، އަޙްމަދު ނަޢީމެވެ. އޭނާއަކީ އުމުރުން އެކާޅީސް އަހަރުގެ ދިވެއްސެކެވެ. ފުލުހުންގެ މުއައްސަސާއިން މައުލޫމާތުދޭ ގޮތުގައި އޭނާ ހޯދަނީ ކުޅުދުއްފުށި ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށެވެ. ފުލުހުން ވިދާޅުވީ އޭނާ އުޅޭ ވަކިތަނެއް ނޭނގޭ ކަމަށެވެ. އެހެންވުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި […]
ނަންބަރު ލިސްޓަށް ރައީސް ބަދަލު ގެންނަވައިފި

ސަރުކާރުގެ އިދާރީ އޮނިގަނޑަށް، ބައެއް ބަދަލުގެންނެވުމާ ގުޅިގެން، ދައުލަތުގެ އިދާރާތަކަށް ލިޔުއްވާ ސިޓީގައި ނަންބަރުޖެހުމަށް މިހާރު ކަނޑައަޅުއްވާފައިވާ ނަންބަރު ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބަދަލު ގެންނަވައިފިއެވެ. އެގޮތުން، ދައުލަތުގެ އިދާރާތަކަށް ލިޔުއްވާ ސިޓީގައި ނަންބަރުޖެހުމަށް ގެންނަވާފައިވާ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/9، ދެންނެވުމުން މިހާރު ވަނީ އާންމުކޮށް އިޢުލާންކުރައްވާފައެވެ. އެގޮތުން ގެންނެވި ބަދަލުތައް ތިރީގައި އެވަނީއެވެ. 1139 މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ 10 މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، […]
ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނޭ ނަންތައް ހަމަޖައްސަވައިފި

2026 އެޕްރީލު 14ވަނަ ދުވަހާއި، 15ވަނަ ދުވަހު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަވައިފައިވާ ބަދަލުތަކުގެ ތެރޭގައި، އައު ވުޒާރާއެއް އުފައްދަވައި، ބައެއް ވުޒާރާތަކުގެ ނަމަށް ބަދަލުގެންނެވުމާ ގުޅިގެން، އެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ. އެގޮތުން، ނަމަށް ބަދަލުގެންނެވި ވުޒާރާތަކަށް ދިވެހިބަހުން ނަން ކިޔުމަށް ހަމަޖެއްސެވި ގޮތް ތިރީގައި އެވަނީއެވެ. 1. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ: ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ […]
ސަރުކާރުގެ އިދާރީ އޮނިގަނޑަށް ރައީސް ބަދަލު ގެންނަވައިފި

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަދަލު ގެންނަވައިފިއެވެ. މި ބަދަލާއެކު ބައެއް ވުޒާރާތައް ވަނީ އުވައިލައްވާފައެވެ. އޭގެ ބަދަލުގައި މުޅީން އަލަށް ވުޒާރާއެއް އުފައްދަވައިފައިވެއެވެ. އަދި ބައެއް ވުޒާރާތަކުގެ ނަން ބަދަލުކުރައްވައި، ބައެއް އިދާރާތަކުގެ ބެލެނިވެރިކަން ބަދަލުކުރައްވާފައިވެއެވެ. މުޅީން އަލަށް އުފައްދަވާފައިވަނީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއެވެ. އުވައިލައްވާފައިވާ ވުޒާރާތަކަކީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ […]
