އިޒްރޭލުގެ ހަ މަލާ ތަކުގައި ލުބުނާނުން މަރުވި މީހުންގެ އަދަދު ދެހާހުން މަތީގައި

އަހުމަދު މުހައްމަދު
އޭޕްރިލް 15, 2026

ޔަހޫދީ އިޒްރޭލުން ލުބްނާނަށް ދެމުންގެންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2،167 އަށް އަރައިފިއެވެ.

އެގައުގެ ހެލްތު މިނިސްޓްރީން ބުނީ މިއީ މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން އިޒްރޭލުން ލުބްނާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ކަމަށެވެ. އެ މުއްދަތުގައި ޒަޚަމްވެފައިވަނީ 7،061 މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. މިއީ ޔަގީންވާ އަދަދު ކަމަށްވިޔަސް މިއަށްވު ގިނަ މީހުން މަރުވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ.

އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ އެކިގައުމުތަކުންދަނީ ގޮވާލަމުންނެވެ. އެހެންނަމަވެސް އިޒްރޭލަށް މީގެ އަޑެއް އިވޭކަމަށް ނުވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *