އިޒޭލުން އަމިއްލަ ދިފާއުގެ ނަމުގައި ލުބުނާނަށް ދެމުންގެންދާ ބޮމުގެ ހަމަލާތައް އދ.ގެ ތަޖުރިބާކާރުންގެ ޓީމަކުން ކުށްވެރިކޮށްފި އެވެ. އެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން އެމަލާތައް ދެމުންގެންދަނީ އަމިއްލަ ދިފާއުގައި ކަމަށް ނުބެލެވޭ ކަމަށެވެ. ޔަހޫދީ ގައުމުނން ގެންދަނީ އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފުވަމުން ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.
”މިއީ އަމިއްލަ ދިފާއުގައި ކުރާ ކަމެއް ނޫން. އެއީ އދ.ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފުވެ، ސުލްހައިގެ އުއްމީދުތައް ގަސްދުގައި ހަލާކުކޮށްލައި، މަލްޓިލޭޓަރަލިޒަމާއި އދ.ގެ ބައިނަލްއަގުވާމީ ނިޒާމަށް ފުރައްސާރަ ކުރުން،“ ތަޖުރިބާކާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މި އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އިޒްރޭލުން ލުބުނާނަށްދިން ހަމަލާގައި ވަނީ 250 އަށް ވުރެ ގިނަ މީހުން މަރާލައިފައެވެ. އަދާ ހަމައަށް އައިއިރު އެއަދަދު ވަނީ 2،161 އަށް އަރައިފައެވެ.






